Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ފުލުހުންނާ ޕީޖީ އޮފީހުގެ މަސައްކަތްތައް

ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުން މީހަކު ހައްޔަރު ކުރާ ހިސާބުން ޕީޖީ އޮފީހަށް އެ މައުލޫމާތު ލިބޭނެ ނިޒާމެއް!

ޕީޖީ އޮފީހާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ޕޯރޓަލްއެއް ވަނީ ޤާއިމު ކޮށްފައި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ނޮވެމްބަރު 2020 | ބުރާސްފަތި 06:40
މި އުސޫލު އެކުލަވާލާފައިވަނީ ޤާނޫނުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން

މި އުސޫލު އެކުލަވާލާފައިވަނީ ޤާނޫނުން ޕްރޮސެކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން

ފުލުހުން ތަޙުޤީޤުކުރާ ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހާމެދު މުވާސަލާތުކުރާނެ އުޞޫލެއް އެކުލަވާލައި ޢަމަލުކުރަން ފަށައިފިއެވެ.

ބުރާސްފަތި ދުވަހު ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، 02 ނޮވެންބަރު 2020 ދުވަހުން ފެށިގެން ޢަމަލު ކުރަން ފެށި މި އުޞޫލުގައި، 12 މޭ 2020 ގައި ޕްރޮސިކިއުޓަރ ޖެނެރަލް ނެރުއްވާފައިވާ "ޖިނާއީ ބޮޑެތި މައްސަލަތަކުގައި ޢަމަލުކުރާނެގޮތުގެ އިރުޝާދުގެ 1" ގައި ބަޔާންކޮށްފައިވާ ކަންކަން ތަންފީޛްކުރާނެ ގޮތުގެ ތަފްޞީލް ބަޔާންކޮށްފައި ވާނެ ކަމަށެވެ.

Advertisement - newsAdvertisement

މި އުޞޫލުގެ ދަށުން ޕީޖީ އޮފީހާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ޤާއިމު ކޮށްފައިވާ އޮންލައިން ޕޯޓަލެއް މެދުވެރިކޮށް، ރިއަލް ޓައިމްކޮށް، މަޢުލޫމާތާއި ލަފާ ބަދަލުކުރެވޭނެ ނިޒާމެއް ޤާއިމު ކުރެވިފައިވާ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ. އަދި މި ނިޒާމުގެ ތެރެއިން، ޖިނާއީ ބޮޑެތި މައްސަލަތަކާއި، މުޖުތަމަޢުގެ ޢާންމު މަޞްލަޙަތު މަތީ މިންވަރަކަށް ހިމެނޭ މައްސަލަތަކުގައި، މީހަކު ހައްޔަރުކުރުމާއެކު، އެމަޢުލޫމާތު ފުލުހުންގެ ޕޯޓަލަށް އަޕްޑޭޓް ކުރާ ވަގުތު، ޕީޖީ އޮފީހަށް އެމަޢުލޫމާތު ލިބި، އެކަމުގެ ނޯޓިފިކޭޝަން ލިބޭނެ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

އޭގެ އިތުރުން، އެ މައުލޫމާތުތައް ލިބުމާއެކު ޕީޖީ މިއޮފީހުން އަޅަންޖެހޭ ފިޔަވަޅުތަކާއި، އޭގެ ފަހުން ދެ މުއައްސަސާގެ މެދުގައި މުޢާމަލާތު ކުރެވެމުންދާނެ ގޮތުގެ އިޖުރާއަތްތައްވެސް އުސޫލުގައި ހިމެނިފައިވާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ޕީޖީ އޮފީހުން ބުނީ، މި އުޞޫލަށް ޢަމަލުކުރަން ފެށުމާއެކު ފުލުހުން ތަޙުޤީޤުކުރާ މައްސަލަތަކުގެ ތެރެއިން މި އުޞޫލުގައި ބަޔާންކޮށްފައިވާ މައްސަލަތަކުގެ މަޢުލޫމާތު ޙިއްޞާކުރާތާ 24 ގަޑިއިރު ތެރޭގައި އެ މައްސަލައެއްގައި މަސައްކަތްކުރާނެ ޕްރޮސިކިއުޓަރެއް ނުވަތަ ޕްރޮސިކިއުޓަރުންގެ ޓީމެއް އައްޔަންކުރެވޭނެ ކަމަށެވެ. އަދި މައްސަލައިގެ ތަޙުޤީޤު ޓީމާއި ޕްރޮސިކިއުޓަރުންނާ ދެމެދުގައި ދެކެވޭ ވާހަކަތަކާއި، މައްސަލައިގެ ތަޙުޤީޤަށް ޕްރޮސިކިއުޓަރުން ދެއްވާ ލަފާ ލިޔުމުން ފެންނާން އޮންނާނެ އިންތިޒާމު ހަމަޖެހިގެން ދާނެކަން ވެސް ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

އެކަމުގެ ސަބަބުން، ޖިނާއީ ބޮޑެތި މައްސަލަތަކުގައި ފުލުހުންނާއި ޕްރޮސިކިއުޓަރުން އެއްކޮށް ކުރާ މަސައްކަތް، މިހާރަށްވުރެ އަވަސްވެ، ހަރުދަނާވެ، މުޅި ރާއްޖޭގެ ހުރިހާ ސަރަޙައްދެއްގައި ވެސް އެއްގޮތަކަށް ކުރެވިގެންދާނެ ކަމަށް ޕީޖީ އޮފީހުން މައުލޫމާތު ދެއެވެ.

ޕީޖީ އޮފީހުން މައުލޫމާތު ދޭ ގޮތުގައި މިއީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީގެ ލަފައަކަށް އެކުލަވާލެވުނު ނިޒާމެކެވެ. އެގޮތުން ކޮމިޓީގެ ރިޕޯޓެއްގައި، ޤާނޫނާ އެއްގޮތަށް ތަޙުޤީޤު ހިނގާކަން ކަށަވަރުކުރުމުގެ ގޮތުންނާއި، މައްސަލަތައް ތަޙުޤީޤުކޮށް، ހެކި ހޯދައި، ހެކި ހުށަހެޅުމަށް ޕީޖީ އޮފިހާއި ފުލުހުން ގުޅިގެން މަސައްކަތްކުރާނެ ގޮތުގެ ޕްރޮޓޮކޯލެއް ހަދައި، އެ އުޞޫލު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ ކޮމިޓީއާ ޙިއްސާކުރުމަށް އަންގަވާފައިވެއެވެ. އެހެންކަމުން، އެ އުޞޫލު މިހާރު ރައްޔިތުންގެ މަޖިލީހުގެ އިދާރާއާ ޙިއްޞާކޮށްފައިވާނެކަންވެސް ޕީޖީ އޮފީހުން ފާހަގަ ކުރައްވާފައިވެއެވެ.

މި އުޞޫލަކީ ޤާނޫނުއަސާސީގެ 223 ވަނަ މާއްދާގެ (ރ) އިން ޕްރޮސިކިއުޓަރ ޖެނެރަލްއަށް ލިބިދޭ ބާރުގެ ދަށުން އެކުލަވާލާފައިވާ އުޞޫލެކެވެ. 02 ނޮވެންބަރު 2020 އިން ފެށިގެން މި އުޞޫލަށް ޢަމަލުކުރަމުން ގެންދިއުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޕްރޮސިކިއުޓަރ ޖެނެރަލް ވަނީ އަންގަވާފައެވެ.

ޕީޖީއަށް ލިބިގެންވާ ބާރުގެ ދަށުން މި އުސޫލު އެކުލަވާލައި އަމަލު ކުރަން ފަށާފައިވާއިރު، ޖިނާއީ އަދުލުގެ ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ގުޅުން ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ސޯލިޙު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމްއާއި ޙަވާލު ކުރައްވާފައެވެ.

އެކަމާ ގުޅޭގޮތުން ޕީޖީ ވިދާޅުވީ، ޤާނޫނު އަސާސީގެ 115 ވަނަ މާއްދާއިން ދައުލަތުގެ މުއައްސަސާތައް ހިނގަނީ އެންމެ ރަނގަޅަށްތޯ ކަށަވަރު ކުރުމަށް އަޅުއްވަން ޖެހޭ ފިޔަވަޅުތައް އެޅުއްވުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ކަމަށެވެ. އަދި އެގޮތުގެ މަތިން ރައީސްގެ ސިޓީފުޅެއް ލިބިވަޑައިގެންފައިވާ ކަމަށް ޕީޖީ ޝަމީމް ވިދާޅުވެފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު