Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުމެސީއަށް ކޫމަން ތާރީފުކުރުން

މެސީއާއެކު މަސައްކަތް ކުރަން އުނދަގޫ ކަމެއް ނެތް: ކޫމަން

4 ނޮވެމްބަރު 2020 | ބުދަ 10:38

ސެޓިއެން ވަނީ މެސީ އަކީ ކޯޗުންގެ ބަސް ގަބޫލުނުކުރާ ކުޅުންތެރިއެއް ކަމަށް ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 4 ނޮވެމްބަރު 2020 | ބުދަ 10:38
ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ އާއި އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީއާއެކު މަސައްކަތް ކުރުމަށް އެއްވެސް އުނދަގޫ ކަމެއް ނެތް ކަމަށް އެ ޓީމުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

ކޫމަން މިހެން ބުނެފައިވަނީ ބާސާއަށް މީގެ ކުރިން ކޯޗުކަން ކޮށްދިން ކިކޭ ސެޓިއެން މެސީއާ ގުޅުވައިގެން ދެއްކި ވާހަކަތަކަށް ރައްދު ދެމުންނެވެ. ދާދި ފަހުން ސެޓިއެން ވަނީ މެސީ އަކީ ކޯޗުންގެ ބަސް ގަބޫލުނުކުރާ ކުޅުންތެރިއެއް ކަމަށާއި، އޭނާއާއެކު މަސައްކަތް ކުރަން އުނދަގޫވި ކަމަށް ބުނެފައެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ޑީނަމޯ ކިއެވްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މެސީ ދިފާއުކޮށް ކޫމަން ބުނީ އެހެން މީހުންގެ ވިސްނުން ތަފާތުވި ނަމަވެސް، އޭނާ އެކަމަށް އިހުތިރާމުކުރާ ކަމަށާއި، އޭނާއަށް މެސީއާއެކު މަސައްކަތް ކުރުމަށް އެއްވެސް ދަތިކަމެއް ނެތް ކަމަށެވެ. އަދި ކޮންމެ މެޗެއްގެ ކުރިންވެސް ކެޕްޓަން މެސީއާ ވާހަކަދައްކާ ހިޔާލު ބަދަލުކުރާ ކަމަށްވެސް ކޫމަން ވަނީ ބުނެފައެވެ.

މީގެ ކުރިން ކޫމަން ވަނީ މެސީއަށް ތާރީފުކޮށް ވާހަކަދައްކާފައެވެ. އެގޮތުން މީގެ ކުރިން ކޫމަން ބުނީ ޓްރާންސްފާގެ މައްސަލަ ނިމި ފުރަތަމަ ދުވަހުން ފަށައިގެން ޓީމަށާއި ޓީމުގެ ހުރިހާ ކުޅުންތެރިންނަށްވެސް މެސީ އެންމެ ފުރިހަމައަށް އެއްބާރުލުން ދެމުން އަންނަ ކަމަށެވެ. އަދި އެކަން ދަނޑުމަތީގައިވެސް އޭނާ ސާބިތުކޮށްދެމުން އަންނަ ކަމަށާއި، މިހާތަނަށް މެސީއާ މެދު އެއްވެސް ޝަކުވާއެއްވެސް ނެތް ކަމަށްވެސް ކޫމަން ވަނީ ބުނެފައެވެ. އެކަމަކު އޭގެ ފަހުން ކޫމަން ވަނީ މި ދަނޑިވަޅުގައި މެސީގެ ކުޅުން އަދި އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށްވެސް ބުނެފައެވެ.

މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި މެސީ ބާސާ ދޫކޮށްލަން ނިންމި ނަމަވެސް، އޭނާގެ އެއްބަސްވުމަށް ލުއި ދިނުމަށް ބާސާގެ މެނޭޖުމަންޓުން އެއްބަސްނުވުމާ ގުޅިގެން، މެސީ ވަނީ ނިންމުން ބަދަލުކޮށް މި ސީޒަނުގައި ބާސާގައި މަޑުކުރުމަށް ނިންމާފައެވެ. މި ސީޒަނުގައި މެސީއަށް އަދި މިހާތަނަށް އެންމެ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، އޭނާއަށް މިހާތަނަށް ކުޅުނު އަށް މެޗުގައި ޖެހިފައިވަނީ އެންމެ ތިން ލަނޑެވެ. އެ ތިން ލަނޑުވެސް މެސީ ޖެހީ ޕެނަލްޓީތަކުންނެވެ.

ޗެމްޕިއަންސް ލީގުގެ ގްރޫޕް ޖީގައި ހިމެނޭ ބާސާއިން މިހާތަނަށް ކުޅުނު ދެ މެޗުންވެސް މޮޅުވެފައިވާއިރު، އެ ޓީމު އޮތީ ގްރޫޕުގެ އެއްވަނައިގައި ހަ ޕޮއިންޓާއެކުއެވެ. ދެވަނައިގައި އޮތް ޔުވެންޓަސްއަށް ދެ މެޗުން ލިބިފައިިވަނީ ތިން ޕޮއިންޓެވެ. އަދި ތިންވަނައިގައި އޮތް ޑީނަމޯ ކިއެވް އާއި ފުލުގައި އޮތް ފެރެންސްވަރޯސް އަށް ލިބިފައިވަނީ ދެ މެޗުން އެންމެ ޕޮއިންޓެވެ.

ބާސާގެ ދަނޑުގައި ބުދަ ދުވަހުގެރޭ ޑީނަމޯ ކިއެވްއާ ދެކޮޅަށް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

4

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

11 ފެބުރުއަރީ 2017

އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ

11 ފެބުރުއަރީ 2017
އެހެން ކްލަބުތަކުން ދެކޭނީ ސީރިއަސްކޮށް، މަސައްކަތް ދެގުނައަށް: ނިޒާމްބެ
10 ފެބުރުއަރީ 2017

ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ

10 ފެބުރުއަރީ 2017
ހަމޭސް ހޯދުމަށް ޗެލްސީން ކުރާ މަސައްކަތް އަދިވެސް ނުހުއްޓާ
05 ފެބުރުއަރީ 2017

ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި

05 ފެބުރުއަރީ 2017
ކޮންޓޭ ހޯދުމުގެ މަސައްކަތް އިންޓަމިލާނުން ފަށައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ

02 ފެބުރުއަރީ 2017
ޗެމްޕިއަންސް ލީގުގެ ޖާގައަކަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް މަސައްކަތްކުރާނަން: ގާޑިއޯލާ
31 ޖެނުއަރީ 2017

ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ

31 ޖެނުއަރީ 2017
ކުރިއަށް އޮތް ދެ މެޗުން ޗެލްސީ މޮޅުވެއްޖެ ނަމަ އަތުލަން އުނދަގޫވާނެ: ޕޮޗީޓޯ
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް