Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހައިކޯޓުން ޤާނޫނު މާނަ ކުރުން

ކުދި ކުށްތަކުގެ ބަންދުގެ މުއްދަތު 15 ދުވަހަށް ވުރެ އިތުރު ކުރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ގޮތެއް ނިންމަނީ

މިއީ ލޯބިވެރިޔާއާ މާރާމާރީ ހިންގިކަމަށް ތުޙުމަތު ކުރެވޭ މައްސަލައެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 4 ނޮވެމްބަރު 2020 | ބުދަ 07:23
މި މައްސަލައިގައި ބުދަ ދުވަހު ސުޕްރީމް ކޯޓުން ވާރޗުއަލްކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން

މި މައްސަލައިގައި ބުދަ ދުވަހު ސުޕްރީމް ކޯޓުން ވާރޗުއަލްކޮށް ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން

ކުދި ކުށްތަކުގެ ބަންދުގެ މުއްދަތު 15 ދުވަހަށްވުރެ އިތުރުކުރުމަކީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނު ދަންނަ ކަމެއް ނޫން ކަމަށް ހައި ކޯޓުން ކުރި ޙުކުމާ ގުޅޭގޮތުން އިސްތިއުނާފް ކޮށްފައިވާ މައްސަލައިގައި ދެން އޮންނާނީ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ސުޕްރީމް ކޯޓުން ބުނެފިއެވެ.

މި މައްސަލައިގައި ބުދަ ދުވަހު ސުޕްރީމް ކޯޓުން ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ބައިވެރިވެވަޑައިގެން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވީ، ހައިކޯޓުން ނިންމި ނިންމުމުގައި 2 ނުކުތާއެއް ފާހަގަ ކުރެވޭ ކަމަށެވެ. އެގޮތުން ފުރަތަމަ ކަމަކަށް ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) މާނަ ކޮށްފައި އޮތް ގޮތުން އެ މާއްދާގައި ބަޔާން ކޮށްފައިވާ ޙާލަތުގައި ހުންނަ މީހަކު ބަންދުގައި ބަހައްޓަން އަމުރު ކުރުމަކީ ފަނޑިޔާރުގެ މައްޗަށް ލާޒިމުވެގެންވާ (މެންޑޭޓަރީ) ކަމެއް ކަމަށް ކަނޑައަޅާފައި އޮންނަ އޮތުން ޕީޖީ ފާހަގަ ކުރެއްވިއެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ޕީޖީ ވިދާޅުވީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާ (ބަންދާމެދު ގޮތެއް ނިންމުމާ ގުޅޭ މާއްދާ) ގެ (ށ) ގައި ބަޔާން ކޮށްފައިވާ ގޮތުން، ބަންދާމެދު ގޮތެއް ނިންމުމަށް ގެންދެވޭ މީހާއަށް ތުހުމަތު ކުރުމަށް އެކަށީގެންވާ ހެކިހުރެ، އޭނާ ބަންދުން ދޫކޮށްލައިފިނަމަ 4 ޙާލަތެއްގެ ތެރެއިން ޙާލަތެއް މެދުވެރިވެދާނެކަން ފަނޑިޔާރަށް ޤަބޫލު ކުރެވޭ ޙާލަތެއްގައި އޭނާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް "ފަނޑިޔާރު އަމުރު ކުރަން ވާނެ" ކަމަށް ބަޔާން ކޮށްފައިވާ ކަަމަށެވެ. އަދި އެކަން ހައިކޯޓުގެ ގަޟިއްޔާގައިވެސް ބަޔާން ކޮށްފައިވެއެވެ.

އެހެން ނަމަވެސް އެ ގަޟިއްޔާގެ އެހެން ހިސާބެއްގައި ހަމަ އެ މާއްދާ މާނަ ކޮށްފައިވާއިރު، ހައިކޯޓުގެ ގަޟިއްޔާގެ އެއް ނުކުތާގައި "ލާޒިމު ކަމެއް ކަމަށް" އަދި އަނެއް ނުކުތާގައި "އިހުތިޔާރީ ކަމެއް ކަމަށް" ދޭހަވާކަން ޕީޖީ ފާހަގަ ކުރެއްވިއެވެ.

ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) އަކީވެސް ބަންދުގައި ބެހެއްޓިދާނެކަން ބަޔާން ކުރާ މާއްދާއެކެވެ. އެ މާއްދާ ބުނާގޮތުން ކުށް ކުރި ކަމަށް ތުހުމަތު ކުރެވޭ މިންވަރަށް އެކަށީގެންވާ ހެކި ނެތް ނަމަވެސް، މަތީގައި ބަޔާންކުރެވުނު ފަދަ ޙާލަތެއް އޮތް ނަމަ 15 ދުވަހަށްވުރެ އިތުރު ނުވާ ގޮތަށް ބަންދު ކުރެވިދާނެއެވެ.

އެހެން ނަމަވެސް, އެއީ ޖިނާއީ ބޮޑު ކުށެއް ނަމަ، އެކަށީގެންވާ ހެކި ނެތް ނަމަވެސް ފަނޑިޔާރަށް ލިބިދެނީ އިހުތިޔާރެކެވެ.

އޭގެއިތުރުން، "މާނަ ކުރުމުގެ ހަމަތައް ބަޔާން ކުރާ ޤާނޫނު" އަށް އަލިއަޅުވާލައްވާ ޕީޖީ ވިދާޅުވީ، ޤާނޫނުގެ މަޤްސަދަށް ބެލުމުގައި ޤާނޫނުގެ އިބާރަތްތަކާއި ޖުމުލަތައް ބޭނުން ކޮށްފައިވާ ގޮތަށް ބެލުމުގެ ބަދަލުގައި ޤާނޫނު ފާސް ކުރުމުގައި ގެންގުޅެފައިވާ މަޤްސަދު ދިރުވޭނެ ގޮތަކަށް ޤާނޫނު މާނަ ކުރުމަށް ބަޔާން ކޮށްފައިވާ ކަމަށެވެ.

އޭގެ އިތުރުން، ކުދި ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް ބަންދު ނުކުރެވޭނެ ކަމަށާއި، 15 ދުވަހަށްވުރެ ދިގު މުއްދަތަކަށް އެފަދަ ކުށްތަކުގައި ތުހުމަތު ކުރެވޭ މީހުން ބަންދު ކުރުމާ ގުޅޭގޮތުން "ޤާނޫނު ހަނު" ކަމަށް ކަނޑައަޅައި މާނަ ކޮށްފައި އޮތްކަން ޕީޖީ ފާހަގަ ކުރެއްވިއެވެ. އަދި އެއީ އެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ށ) އާ ޚިލާފަށް މާނަ ކޮށްފައި އޮތް އޮތުމެއް ކަމަށްވެސް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، ޖިނާއީ ބޮޑު ކުށެއް ނޫން ނަމަވެސް، ޤާނޫނު "ސައިލެންޓް" ނޫންކަން ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 60 ވަަނަ މާއްދާގެ (ށ) އާއި އެއާ ގުޅިގެން އަންނަ ނުކުތާތަކުން ސާފުކޮށް ދޭހަވާކަމަށެވެ. އެގޮތުން ޖިނާއީ ބޮޑެތި ކުށްތަކާއި ކުދި ކުށްތަކުގައިވެސް ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރިނަމަ ބަންދުގައި ބެހެއްޓިދާނެކަން 60 ވަނަ މާއްދާގެ (ށ) އިން މާނަ ކުރެވެއެވެ.

އޭގެ އިތުރުން، 60 ވަނަ މާއްދާގެ (ބ) ގައި ވަނީ އެވަގުތު އެކަށީގެންވާ ހެކި ނެތް ޙާލަތުގައިވެސް، ކޮންމެސް ވަރަކަށް ހެކި ހުރިނަމަ، އަމަލު ކުރާނެ ގޮތްވެސް ބަޔާންކޮށްފައެވެ. އަދި އެމީހަކު އިތުރު މުއްދަތަކަށް ބަންދުގައި ބެހެއްޓޭނެ ޙާލަތްތައް އެ މާއްދާގެ (ޅ) ގައި ބަޔާން ކޮށްފައިވެއެވެ.

ވުމާއެކު، މިފަދަ ޙާލަތްތަކުގައި ޤާނޫނު "ހަނު ކަމަށް" ދެކިގެން ހައިކޯޓުން މާނަ ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ޕީޖީ ވިދާޅުވިއެވެ.

މި މައްސަލައިގައި ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ފަނޑިޔާރުން ވަނީ މި މައްސަލައިގައި އިތުރު ކަމެއް ސާފު ކުރަން ނެތް ނަމަ ދެން އޮންނާނީ ގޮތެއް ނިންމުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ވިދާޅުވެފައެވެ.

މިއީ ލޯބިވެރިޔާއާ މާރާމާރީ ހިންގިކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން، އެކަމުގައި ތުހުމަތު ކުރެވޭ މީހާ ދޫކޮށްލައިފިނަމަ މުޖުތަމަޢުގެ ސަލާމަތަށް ނުރައްކާވެ، ހެކިންނަށް ނުފޫޒު ފޯރުވާފާނެކަމަށް ބެލެވޭތީ ޝަރީޢަތް ނިމެންދެން އޭނާ 'ކަސްޓޯޑިއަލް' ޖަލެއްގައި ބެހެއްޓުމަށް އެދި ކްރިމިނަލް ކޯޓަށް، ޕީޖީ އޮފީހުން ހުށައެޅި މައްސަލައަކާ ގުޅިގެން ފުރަތަމަ ހައިކޯޓުގައި އިސްތިޢުނާފު ކުރި މައްސަލައެކެވެ.

މި މައްސަލައިގެ އިސްތިޢުނާފުގައި ހައިކޯޓުން ކުރި ޙުކުމުގައި ބުނެފައި ވަނީ، މިއީ ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގައި ބަޔާން ކުރާފަދަ ބޮޑު ކުށްތަކުގެ ތެރޭގައި ހިމެނޭ ކުށަކަށް ނުވާއިރު، އެފަދަ ބޮޑު ކުށެއް ނޫން ނަމަ 15 ދުވަހަށްވުރެ އިތުރަށް ބަންދުގެ މުއްދަތު އިތުރު ނުކުރެވޭނެ ކަމަށެވެ. އަދި ދެވަނަ ފަހަރަށް ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނީ ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ޅ)އާއި، ދިވެހި ރާއްޖޭގެ ހައި ކޯޓުން އެފަދަ މައްސަލަ ތަކާއި ގުޅިގެން ނިންމާފައިވާ ގަޟިއްޔާގެ އުޞޫލުތަކާ ޚިލާފަށް ކަމަށްވެސް ބަޔާން ކޮށްފައި ވެއެވެ.

ހައި ކޯޓުން 2018 ވަނަ އަހަރު ނިންމި މައްސަލައެއްގައި ވަނީ، ޖިނާޢީ އިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ)ގެ ދަށުން ފަނޑިޔާރަށް ލިބިގެންވީ އިޚުތިޔާރީ ބާރުގެ ތެރެއިން މީހަކު ބަންދުގައި ބެހެއްޓޭނީ ގިނަވެގެން 15 ދުވަހުގެ މުއްދަތަށް ކަމަށެވެ. އަދި އެ މުއްދަތު އިތުރު ކުރެވޭނީ އެއީ ޖިނާޢީ ބޮޑު މައްސަލައަކަށް ވާނަމަ ކަންވެސް ހައި ކޯޓުން އޭރު ކުރި ޙުކުމުގައި ޤާއިމުކޮށްފައިވާ އުޞޫލުގައި ބުނެފައި ވެއެވެ.

އޭގެ އިތުރުން، މައްސަލައިގައި ބަންދުގެ މުއްދަތު އިތުރުކޮށްފައިވާ ޙާލަތަށް ބަލާއިރު، ކުށެއްގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހަކަށް ޖިނާޢީ ޢިޖުރާޢަތުގެ ޤާނޫނުގެ 60 ވަނަ މާއްދާގެ (ބ) ގެ ދަށުން ދެވޭ ބަންދުގެ މުއްދަތު 15 ދުވަހަށްވުރެ އިތުރު ކުރުމަކީ ޖިނާޢީ ޢިޖުރާއަތު ދަންނަ ކަމެއް ނޫން ކަމަށާއި، އަދި އެކަމުގައި "ޤާނޫނު ހުރީ ހަނު" ކަން ޙުކުމުގައި ފާހަގަކޮށްފައި ވެއެވެ. އެއާއެކު މިފަދަ ޙާލަތްތަކުގައި ޤާނޫނު "ހަނު ކަމަށް" ދެކިގެން ހައިކޯޓުން މާނަ ކުރީ އެންމެ ރަނގަޅަށް ނޫން ކަމަށް ބުނެ ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓުގައި މި މައްސަލަ އިސްތިއުނާފް ކުރީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް 157 ވަޒީފާ ސަރުކާރުން ހަމަޖައްސާދީފި

30 ޖެނުއަރީ 2017
2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

2016 އޯލެވެލް އިމްތިހާނު: 500 އަށް ވުރެ ގިނަ ކުދިން ވަނީ ޓޮޕް ޓެން އަށް ގޮސްފަ

30 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

ލޯކަލް ކައުންސިލް އިންތިހާބުގެ އޮފިޝަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އަވަސް ކޮށްފި

24 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު