Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދެމެހެއްޓެނެވި ތަރައްގީގެ މުހިންމުކަން

ދެމެހެއްޓެނެވި ގޮތަށް ތަރައްގީ ނުކުރެވިއްޖެނަމަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ: އީޕީއޭ

2 ނޮވެމްބަރު 2020 | ހޯމަ 19:16

ގުދުރަތީ ކާރިސާތަކުގެ ސަބަބުން ރަށްތަކުގެ ރައްކާތެރިކަން ވަރަށް ފަސޭހައިން ނެތިގެންދޭ

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ނޮވެމްބަރު 2020 | ހޯމަ 19:16
އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު އަދި އީޕީއޭގެ އިންޖިނިއަރ އަލީ މިޝާލް

އީޕީއޭގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު އަދި އީޕީއޭގެ އިންޖިނިއަރ އަލީ މިޝާލް

ރާއްޖޭގެ ތަރައްގީގެ ކަންތައްތައް ދެމެހެއްޓެނެވި ގޮތަކަށް ކުރިއަށް ނުގެންގޮސްފިނަމަ ގިނަ ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހޭނެ ކަމަށް އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) ގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ޑރ. އިބްރާހިމް މުހައްމަދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ޖަޒީރާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮވެ، ތިމާވެށީގެ ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަަކާއި ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޑރ. އިބްރާހިމް ވަނީ ރާއްޖޭގެ ޖަޒީރާ ރަށްތައް އުފެދިފައި ވަނީ ވަރަށް ނާޒުކު ނިޒާމެއްގެ ތެރެއިން ކަމަށާއި މި ނިޒާމުގެ ތެރޭގައި އެެތައްހާސް އަހަރެއް ވަންދެން މި ރަށްތައް ދެމި އޮތްކަން ފާހަގަކުރައްވާފައެވެ.

Advertisement - newsAdvertisement

އެގޮތުން ގުތުރަދީ ނިޒާމަށް ކުޑަ ވެސް ބަދަލެއް އައިސްފިނަމަ ނުވަތަ ގުދުރަތީ ކާރިސާތަކުގެ ސަބަބުން މި ރަށްތަކުގެ ރައްކާތެރިކަން ވަރަށް ފަސޭހައިން ނެތިގެން ދާކަން ފާހަގަކޮށް ޑރ. އިބްރާހިމް ވަނީ ރަށްތައް ހިމާޔަތްކުރުމަށް މަސްނޫއީ ނިޒާމެއްގެ ތެރެއިން އަމަލުކުރަން ޖެހުމުން ވަރަށް ބޮޑު ހަރަދެއް ކުރަން ޖެހޭ ކަމަށް ފާހަގަކޮށްފައެވެ. އެގޮތުން ދުރު ވިސްނުމެއްނެތި ހިންގާ ބަނދަރު ހެދުމުގެ މަޝްރޫއުތަކާއި ގުޅިގެން ގޮނޑުދޮށް ގިރުން ފަދަ ކަންތައްތަކުގެ ސަބަބުން ރަށްތައް ރައްކާތެރިކުރަން އެތައް ބިލިއަން ފައިސާއެއް ހަރަދުކުރަން ޖެހޭ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުން، އިންސާނުންގެ އަމަލުތަކުގެ ސަބަބުން މޫސުމަށް އަންނަ ބަދަލު ތަކުގެ ސަބަބުން ވެސް ރާއްޖޭގެ ރަށްތަކަށް ގިނަ ގެއްލުންތަކެއް ވަމުން އަންނަ ކަމަށާއި އެހެންނަމަވެސް މިއީ ދިވެހިންގެ އަތުން ރަށްތަކަށް ލިބޭ ގެއްލުން ނޫން ކަމަށާއި މިއީ ބޮޑެތި ގައުމުތަކުން އެ ގައުމުތަކުގެ ނަފާއަށް ދޫކުރާ ވިހަ ގޭސްތަކުގެ ސަބަބުން ލިބޭ ގެއްލުން ކަމަށް ޑރ. އިބްރާހިމް ވަނީ ފާހަގަކޮށްފައެވެ.

އަދުގެ ޖީލަށް ލިބިފައިވާ ގުދުރަތީ ވަސީލަތްތައް ހަމަހަމަކަން މަތީ ކުރިއަށް އޮތް ޖީލުތަކަށް ގެންގޮސް ދޭން ޖެހޭނެ ކަމަށާާއި މިހާރު ކުރިއަށް ގެންދާ ތަރައްގީގެ ހުރިހާ މަޝްރޫއެއް ވެސް ކުރިއަށް ގެންދަން ޖެހޭނީ ގުދުރަތީ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފޭނެ ގޮތަށް ކަމަށް ވެސް ޑރ. އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން ރާއްޖޭގެ ރަށްތަކުގެ ނާޒުކުކަން ވިސްނުމުގައި ބަހައްޓައިގެން ބިނާވެށި ޕްލޭން އަދި ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދިއުމުގެ މުހިންމު ކަން ޑރ. އިބްރާހިމް ފާހަގަކުރައްވާފައިވާއިރު، އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން ޖެހޭނީ ކަނޑައެޅިފައިވާ މިންގަޑެއްގެ ތެރެއިން ކަމަށް ވެސް ވިދާޅުވިއެވެ.

ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާއިރު، އޭގެ ސަބަބުން ތިމާވެއްޓަށް ކޮށްފާނެ ނޭދެވޭ އަސަރުތައް ދެނެގަންނަން ޖެހޭނެ ކަމަށާއި އެގޮތުން ސްޓްރެޓެޖިކް އެންވަޔަރަމެންޓަލް ޕްލޭނެއް ގެންގުޅުމަކީ މުހިންމު ކަމެއް ކަމަށް ވިދާޅުވިއެވެ. އަދި މަޝްރޫއު ފެށުމުގެ ކުރިން ތިމާވެއްޓަށް އަސަރު ފޯރާ މިންވަރު ދެނެގަތުމަށް ދިރާސާކޮށް ބަލައި ރިޕޯޓް ހަދަން ޖެހޭނެ ކަަމަށް ފާހަގަކުރެއްވިއެވެ.

އެންމެ ހިނގާ

1

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

2

މުޅިރާއްޖެ އަލައްބާރެއްގެ "ދަށަށް", ރަސްމާލެ ހޯދަން އަލައްބާރު "ވަތަށް"

3

"އަހަންނަކީ ޚައިރާތުކުރާ މީހެއް ނޫން" ކަމަށް ބުނެ ޣައްޒާއާ ގުޅޭގޮތުން އަލައްބާރު ދެއްކެވި ވާހަކަތަކަށް ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެއްޖެ

4

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

5

ހޫޘީންނާ ދެކޮޅަށް އެހީވާން އިސްރާއީލުން ހުށަހެޅުމުން ސައުދީ އަރަބިއްޔާއިން ބުނީ ނޫނެކޭ!

އިތުރަށް ކިޔާލަން

13 ފެބުރުއަރީ 2017

އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު

13 ފެބުރުއަރީ 2017
އަމަލުކުރަމުންދާ ސިސްޓާމާ އެއްގޮތަށް ގާނޫނުތައް އައުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން: މެމްބަރު ނަޝީދު
05 ފެބުރުއަރީ 2017

ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި

05 ފެބުރުއަރީ 2017
ޕީޕީއެމްގެ ކެންޑިޑޭޓުންނަށް ޓިކެޓް ހަވާލުކުރުން ވަކި މުއްތަދަތެއް ނެތް ގޮތަށް ފަސްކޮށްފި
27 ޖެނުއަރީ 2017

އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

27 ޖެނުއަރީ 2017
އދ. ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
27 ޖެނުއަރީ 2017

އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި

27 ޖެނުއަރީ 2017
އދ ގެ ވޯކިން ގުރޫޕްގެ ނިންމުމާ އެއްގޮތަށް ނާޒިމް މިނިވަން ކުރުމަށް އެމްޑީޕީން ގޮވާލައިފި
24 ޖެނުއަރީ 2017

ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި

24 ޖެނުއަރީ 2017
ފ. އަތޮޅު ވިއްކާލި ކަމަށް ބުނާ ވާހަކަތަކަށް ބާރުލިބޭ ގޮތަށް ރައީސް ޔާމީން ވާހަކަފުޅު ދައްކަވައިފި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
07 ޖެނުއަރީ 2017

ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް

07 ޖެނުއަރީ 2017
ރަށްރަށް ތަރައްގީ ކުރެވޭނީ ރައްޔިތުންގެ އިހުސާސް އެނގިގެން: ތޯރިގް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް