Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުކުރު ޚުތުބާ

ކުޅަދާނަވީ މިންވަރަކުން ދީނާއި މާތް ނަބިއްޔާ މުހައްމަދުﷺ ދިފާއު ކުރުމަށް ޚުތުބާގައި ގޮވާލައިފި

30 އޮކްޓޯބަރު 2020 | ހުކުރު 08:18

އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ

އަމްނާ އިމާދު
އަމްނާ އިމާދު | 30 އޮކްޓޯބަރު 2020 | ހުކުރު 08:18
މިއަދުގެ ޚުތުބާ އިއްވާފައިވަނީ \'\'ކީރިތި މާތް ނަބިއްޔާ މުހައްމަދުﷺ ދެކެ ލޯބިވުން\'\' މިމައުޟޫއަށް

މިއަދުގެ ޚުތުބާ އިއްވާފައިވަނީ \'\'ކީރިތި މާތް ނަބިއްޔާ މުހައްމަދުﷺ ދެކެ ލޯބިވުން\'\' މިމައުޟޫއަށް

ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމް ދީނާއި މާތް ނަބިއްޔާ މުހައްމަދުﷺ ދިފާއު ކުރުމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

ކީރިތި މާތް ނަބިއްޔާ މުހައްމަދުﷺ ދެކެ ލޯބިވުން މިމައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކަށް އިއްވި ހުކުރު ޚުތުބާގައި ބުނީ ކައުއިތުރު މާތް ނަބިއްޔާއަށް އީމާންވުމަކީ، އީމާންކަމުގެ ރުކުނެއް ކަމަށާއި، އެކަލޭގެފާނަށް ކިޔަމަންގަތުމާއި، އެކަލޭފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް، އިހްތިރާމްކޮށް، އަދަބު ތަޢުޡީމް އަދާކޮށް، އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރީންނަށް ވުރެ ބޮޑަށް، އެކަލޭގެފާނު ދެކެ ލޯބިވެ، އެކަލޭގެފާނަށް ނަޞްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ނުވާނެ ކަމަށެވެ.

Advertisement - newsAdvertisement

ހުތުބާގައި ބުނީ މުސްލިމުންގެ ހިތްތައް ދިރިގެން ވަނީ އެކަލޭގެފާނު ދެކެ ލޯބިވުމާއި އެ ކަލޭގެފާނު މަތިވެރި ކުރުމުގައި ކަމަށެވެ. އެއީ ފަނޑުވުމެއް ނެތް މަތިވެރި ލޯތްބެއް ކަމަށާއި، އެބައިމީހުންގެ ލޭގައި ހިނގާ ތާޒާ މުޤައްދަސް ލޯބި ކަމަށެވެ. އެހެންކަމުން އެކަލޭގެފާނުގެ މަގާމުގެ ކަރާމަތަށް އުނިކަމެއް ލިބޭފަދަ ކޮންމެ އަމަލަކީ، މުސްލިމުންނަށް ބަރުދާސްތު ނުކުރެވޭހާ ފުންއަސަރުތަކެއް ކުރުވާނޭ ކަމެއް ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެކަލޭގެފާނަށް އީމާންވާ، އެކަލޭގެފާނު ދެކެ ލޯބިވާ މީހުންގެ އަދަދު ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ގިޔާމަތާ ޖެހެންދެން އެކަލޭގެފާނުގެ ޛިކުރާ އާވެ، ހުންނާނެ ކަމަށެވެ. ޚުތުބާގައި ބުނީ ނަބީބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ އާ ކަމެއް ނޫން ކަމަށާއި، މީސްތަކުންގެ ގާތަށް މާތް ﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަކުރި ބަޔަކު އުޅުނު ކަމަށެވެ.

ނަމަވެސް އިސްލާމް ދީނާއި މާތް ނަބިއްޔާ ދިފާއު ކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށާއި، ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމް ދީނާއި މާތް ނަބިއްޔާ މުހައްމަދުﷺ ދިފާއު ކުރަން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

ޚުތުބާގައި ބުނީ މާތް ނަބިއްޔާ މުހައްމަދުﷺ އަށް ލޯބިކުރުމުގެ އެންމެ މުހިއްމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުން ކަމަށާއި، އެކަލޭގެފާނުގެ މަތިވެރި ސީރަތުން، ނަމޫނާ ލިބިގަތުން ކަމަށެވެ. އަދި އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި އަހުލާގީ މިންގަނޑުތަކަށް ތަބާވުމާއި، ތެދުބަސް ބުނުމާއި، ކެތްތެރިވުމާއި، އަދުލުވެރިވުމާއި، އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމް ކުރުމާއި، މަޑުމޮޅިވުމާއި، މިނޫން ވެސް އެކަލޭގެފާނު ގެނެސްދެއްވި އަހުލާގީ އެންމެހައި ސިފަތަކުން ޒީނަތްތެރިވުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

16 ނޮވެމްބަރު 2017

ގެއްލުނު ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދޭ: ޑރ ޖަމީލް

16 ނޮވެމްބަރު 2017
ގެއްލުނު ފައިސާގެ އަލާމާތްތައް މާލެތެރެއިންނާއި މާލޭގެ މަލަމަތިން ފެންނަމުންދޭ: ޑރ ޖަމީލް
13 ނޮވެމްބަރު 2017

އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން

13 ނޮވެމްބަރު 2017
އުންމީދަކީ ކަރެކްޝަނަލް ސާރވިސް އޮފިސަރުން ރިޝްވަތަށް ހުށަނޭޅޭ، ކަރާމާތްތެރި ބަޔަކަށްވުން: މިނިސްޓަރ އަޒްލީން
17 ސެޕްޓެމްބަރު 2017

ފްލެޓްތަކުގެ މައްސަލައިގައި އިދިކޮޅު މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީން މަލާމާތް ކޮށްފި!

17 ސެޕްޓެމްބަރު 2017
ފްލެޓްތަކުގެ މައްސަލައިގައި އިދިކޮޅު މެމްބަރުންނާއި މާލޭ ސިޓީ ކައުންސިލަށް ހައުސިންގ މިނިސްޓްރީން މަލާމާތް ކޮށްފި!
14 ސެޕްޓެމްބަރު 2017

ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް

14 ސެޕްޓެމްބަރު 2017
ނިހާނުގެ މަލާމާތް ރައީސް މައުމޫނަށް، ޕިންކް ޓީމްގެ ކޯޗަކަށްލީމަ ކޯޗްކޮށްދިނީ އިދިކޮޅު ޓީމަށް
14 ސެޕްޓެމްބަރު 2017

އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތް ދަނީ ފެންނަމުން: ރައީސް މައުމޫން

14 ސެޕްޓެމްބަރު 2017
އިސްލާހީ މަސައްކަތް ވަރަށް އަވަހަށް ކާމިޔާބު ވާނެ ކަމުގެ އަލާމާތް ދަނީ ފެންނަމުން: ރައީސް މައުމޫން
15 ޖުލައި 2017

ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރައްްވަމުން:ޝިދާތާ

15 ޖުލައި 2017
ރައީސް ޔާމިން ގެންދަވަނީ ރައްޔިތުންނަށް މަލާމާތް ކުރައްްވަމުން:ޝިދާތާ
13 ޖުލައި 2017

ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު

13 ޖުލައި 2017
ގޮނޑިއެއް ގެއްލިއްޖެއްޔާ މާތް ﷲ ގެ އިރާދަފުޅާއެކު އެ ގޮނޑިއެއް ނަގައިދޭނަން: ރައީސް ނަޝީދު
04 ޖުލައި 2017

ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް

04 ޖުލައި 2017
ވޯލްޑް ސްކޯލާސް ކަޕްގައި ޣިޔާސުއްދީނާއި ބިލަބޮންގ އަށް ފަހްރުވެރި ކާމިޔާބީއެއް
12 އެޕްރީލު 2017

ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް

12 އެޕްރީލު 2017
ހައްގުގޮތުގައި ސާބިތުވެ ތިބިހާ ހިނދަކު މާތް ﷲ ނިކަމެތި ނުކުރައްވާނެ: ޝެއިޚް އިލްޔާސް
14 މާރިޗު 2017

އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް

14 މާރިޗު 2017
އޭސީސީން ތުހުމަތެއް ނުކުރޭ، މި ފެންނަނީ މަސީހު ބޭރުކުރެވޭނެ ކަމުގެ އަލާމާތްތައް: ފާރިސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް