Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޯރަފުށީ އެއާޕޯޓް ތަރައްޤީކުރުން

ހޯރަފުށީ އެއާޕޯޓަށް ކަރަންޓް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް ކަރަންޓް ބޭނުން ކުރަން ފަށައިފި

30 އޮކްޓޯބަރު 2020 | ހުކުރު 04:30

ނޮވެމްބަރު 8 ގައި ނިންމައި 11 ވަނަ ދުވަހު ހުޅުވުމަށްދަނީ މަސައްކަތްކުރަމުން

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 30 އޮކްޓޯބަރު 2020 | ހުކުރު 04:30
ހޯރަފުށީ އެއާޕޯޓްގެ މަަސައްކަތް ކުރިއަށްދާ ގޮތް ބަލަނީ

ހޯރަފުށީ އެއާޕޯޓްގެ މަަސައްކަތް ކުރިއަށްދާ ގޮތް ބަލަނީ

ހޯރަފުށީ އެއާޕޯޓަށް ކަރަންޓް ފޯރުކޮށްދެވޭނެ ނިޒާމެއް ޤާއިމުކޮށް ކަރަންޓް ބޭނުން ކުރަން ފަށައިފިއެވެ.

ހއ. ހޯރަފުށީގައި ސަރުކާރުން ތަރައްޤީ ކުރަމުން ގެންދާ އެއާޕޯޓަށް ބޭނުންވާނޭ ކަރަންޓް ފޯރުކޮށްދެވޭނެ ނިޒާމެއް ފެނަކައިން ޤާއިމުކޮށް ކަރަންޓްގެ ހިދުމަތް ދޭން ފަށާފައިވާއިރު، މި ޚިދުމަތް ފެއްޓެވުމަށް ބުރާސްފަތި ދުވަހު ބޭއްވި ރަސްމިއްޔާތުގައި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު ސައީދު އާއި ހޯރަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.

ހޯރަފުށީ އެއާޕޯޓް ނޮވެމްބަރު 8 ގައި ނިންމައި 11 ވަނަ ދުވަހު ހުޅުވުމަށްޓަކައި އެމްޓީސީސީން ދަނީ 24 ގަޑީއިރުގައި މެދުނުކެނޑި މަސައްކަތް ކުރަމުންނެވެ. 24 ގަޑީއިރު މަސައްކަތް ކުރިއަށް ގެންދާ އިރު މުވައްޒަފުންގެ މަސައްކަތްތައް ރާވާފައި ހުރީ، މަސައްކަތް ބުރަ ނުވާނެހެން ކަމަށް އެމްޓީސީސީ އިން ވަނީ ބުނެފައެވެ.

އެ އެއާޕޯޓުގެ ޕެސެންޖާ ޓާމިނަލާއި ފަޔާ ބިލްޑިން ގާއިމުކުރުމުގެ މަސައްކަތްވެސް ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެކަމުގެ އެއްބަސްވުމުގައި މިދިޔަ އޯގަސްޓް މަހު ސޮއި ކޮށްފައިވާއިރު މި މަސައްކަތް ނިންމަން ޓްރާންސްޕޯޓު މިނިސްޓްރީން ވަނީ އެމްޓީސީސީއަށް 80 ދުވަހުގެ މުއްދަތެއް ދީފައެވެ.

ހޯރަފުށީ އެއާޕޯޓްގެ ރަންވޭއާއި ޓެކްސީވޭ އަދި އޭޕްރަން ތަރައްގީ ކުރުމުގެ މަޝްރޫއުގެ އަގު 198 މިލިއަނަށް އަރާ އިރު އެއަރޕޯޓް ޓާމިނަލް އަދި ފަޔަރ ބިލްޑިން ތަރައްގީ ކުރުމަށް 13.8 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް އެމްޓީސީސީއިން ވަނީ ބުނެފައެވެ.

ހޯރަފުށީ އެއާޕޯޓް ހަދަނީ ހޯރަފުށީގެ ފަޅުން ބައެއް ހިއްކައިގެންނެވެ. މި އެއާޕޯޓުގައި ހަދަނީ 1200 މީޓަރު ދިގު، 35 މީޓަރު ފުޅާ ރަންވޭއެކެވެ.

މީގެ އިތުރުން ޓެކްސީވޭ އަކާއި، ޓާމިނަލް ކުރިމަތީގެ މަގުތައް ތަރައްގީ ކުރުމާއި 9473 އަކަމީޓަރުގެ ޕާކިން އޭރިއާއަކާއި، 1718 އަކަމީޓަރުގެ ފަޔާ އެކްސެސް މަގެއްގެ އިތުރުން 720 މީޓަރުގެ އެއާޕޯޓް ސެކިއުރިޓީ އަދި ބީޗް ފެންސްގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫއު އެމްޓީސީސީއާ ހަވާލު ކުރެވި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 25 ގައެވެ. އަދި އެ މަސައްކަތް އެ އަހަރުގެ މާރޗް 31 ގައި ފައްޓަވައިދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއެވެ.

ހޯރަފުށީގައި އަޅަން ނިންމި އެއާޕޯޓަކީ ނިމިދިޔަ ސަރުކާރުން މާފިނޮޅުގައި އަޅަން ނިންމި އެއާޕޯޓެކެވެ. ހޯރަފުށީގައި އެއާޕޯޓް އެޅުމާ އެކު ރާއްޖޭގެ އެންމެ އުތުރަށް ދަތުރު ކުރުމަށް ލުއި ފަސޭހަކަން ލިބިގެންދާނެއެވެ.

އާބާދީގައި 3،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީވެފައިވާ ހޯރަފުށީގައި އެއާޕޯޓް އެޅުމުން، އެ ރަށާ ކައިރީގައި އޮތް އިހަވަންދޫއަށް ވެސް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އެގޮތުން ލޯންޗުގައި ތިން މިނެޓުން ފަސޭހަކަމާ އެކު އިހަވަންދޫއިން ހޯރަފުށީ އެއާޕޯޓަށް އާދެވޭނެއެވެ.

އިތުރަށް ކިޔާލަން

30 މާރިޗު 2017

މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ

30 މާރިޗު 2017
މުޅި ހުޅުމާލެއިން ކަރަންޓް ކެނޑިއްޖެ
25 މާރިޗު 2017

މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ

25 މާރިޗު 2017
މ މަޑުއްވަރީން ކަރަންޓް ކެނޑޭތީ ރައްޔިތުން މުޒާހަރާ ކުރަނީ
25 މާރިޗު 2017

މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ

25 މާރިޗު 2017
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ދިޔަކީ ކޭބަލް ހަލާކުވެގެން: ސްޓެލްކޯ
24 މާރިޗު 2017

ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!

24 މާރިޗު 2017
ފޮނަދޫ ކަރަންޓްގެ މައްސަލަ ބޮޑުވެ، ޕީޕީއެމްގެ ކައުންސިލް މެމްބަރު އިހްތިޖާޖަށް!
18 މާރިޗު 2017

ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ

18 މާރިޗު 2017
ރާއްޖެ ޓީވީއަށް އެހީވުމަށް ހޯރަފުށީގައި ވެސް ފަންޑު ފޮށި ބަހައްޓަނީ
06 މާރިޗު 2017

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ
06 މާރިޗު 2017

މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ

06 މާރިޗު 2017
މުޅި މާލެއިން ކަރަންޓް ކަނޑައިގެން ދިޔަ މައްސަލަ މިދަނީ ތަހުގީގު ކުރަމުން: ސްޓެލްކޯ
05 މާރިޗު 2017

ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި

05 މާރިޗު 2017
ފަސް ގަޑިއިރަށް ފަހު ކަރަންޓް ދީފި
27 ފެބުރުއަރީ 2017

ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި

27 ފެބުރުއަރީ 2017
ވަގަށްނަގާ ނުވަތަ ގެއްލޭ ފޯނު ޓެކްނޮލޮޖީގެ އެހީގައި ހޯދޭނެ ނިޒާމެއް ގާއިމުކޮށްފި
05 ފެބުރުއަރީ 2017

ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި

05 ފެބުރުއަރީ 2017
ފްލެޓް ލިބުނު ފަރާތްތަކަށް ފައިސާ ދެއްކޭނެ ނިޒާމެއް ގާއިމް ކުރުމަށް މައުމޫން ފެކްޝަނުން ގޮވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް