Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
4.2 މިލިއަން ރުފިޔާ މަގުމަތިން ފޭރެން އުޅުން

ރޫޓްގެ ފައިސާ ފޭރެން އުޅުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

އާދިއްތަ ދުވަހުގެ ރޭ 20 އަހަރުގެ މީހަކު ހައްޔަރު ކޮށްފައިވާއިރު، ބުދަ ދުވަހު މިވަނީ 21 އަހަރުގެ މީހަކު ހައްޔަރު ކޮށްފައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން, ރާއްޖެ އެމްވީ | 28 އޮކްޓޯބަރު 2020 | ބުދަ 17:33
އާދިއްތަ ދުވަހު ބޭންކް އޮފް ސިލޯން ކުރިމަތިން 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނު އެ ހާދިސާގެ ވީޑިއޯގެ ބައެއް މަންޒަރުތައް

އާދިއްތަ ދުވަހު ބޭންކް އޮފް ސިލޯން ކުރިމަތިން 4.2 މިލިއަން ރުފިޔާ ފޭރެން އުޅުނު އެ ހާދިސާގެ ވީޑިއޯގެ ބައެއް މަންޒަރުތައް

ދުންފަތުގެ ބާވަތްތަކުގެ ވިޔަފާރިކުރާ "ރޫޓް" ފިހާރައިން ބޭންކް އޮފް ސިލޯނަށް ޖަމާ ކުރަން ގެންދިޔަ 4.2 މިލިއަން ރުފިޔާ ފޭރެން މަސައްކަތް ކުރި މީހުންގެ ތެރެއިން ދެވަނަ މީހަކު ބުދަ ދުވަހު ހައްޔަރުކޮށްފިއެވެ.

މިދިޔަ އާދިއްތަ ދުވަހު ފައިސާތައް ފޭރިގަންނަން އުޅުނު މައްސަލައިގައި އަންގާރަ ދުވަހުގެ ރޭ ވެސް ވަނީ މީހަކު ހައްޔަރުކޮށްފައެވެ. އެއީ 20 އަހަރުގެ ޒުވާނެކެވެ.

ބުދަ ދުވަހު ފުލުހުން ބުނެފައިވާ ގޮތުގައި، ބުދަ ދުވަހު އެ މައްސަލައިގައި ހައްޔަރު ކުރީ 21 އަހަރުގެ މީހެއް ކަމަށެވެ. އޭނާ ހައްޔަރު ކުރީ ކޯޓު އަމުރެއްގެ ދަށުންނެވެ. ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއިން ފެންނަ ގޮތުގައި "ރޫޓް" ފިހާރައިގެ ގިނަ އަދަދެއްގެ ފައިސާ ކަރުދާސް ބޮޑު ފޮށިގަނޑަކަށް އަޅާއިގެން އައި ވޭން، ބޭންކް އޮފް ސިލޯން ކުރިމައްޗަށް މަޑު ކުރުމާއެކު، ދެ ސައިކަލެއްގައި އައި ހަތަރު މީހަކު ވަނީ އެފައިސާ ފޮށިގަނޑު ފޭރެން މަސައްކަތްކޮށްފައެވެ.

ނަމަވެސް އެމީހުންނަށް އެކަން ކާމިޔާބު ނުވީ، ބޭންކް އޮފް ސިލޯންގެ ސެކިއުޓީ ބަލަހައްޓާ، އެބްސޮލިއުޓް ސެކިއުރިޓީ އެންޑް އެޑްވާންސް ޕްރޮޓެކްޝަން ޕްރައިވެޓް ލިމިޑެޓް (އޭއެސްއޭޕީ) ގެ ސެކިއުރިޓީގެ އޮފިޝަލްގެ ބޭންކުން ނުކުމެ، އެ ފައިސާ ފޮށިގަނޑު އެމީހުންގެ އަތުން އަތުލައިގަތުމުގެ ސަބަބުންނެވެ.

އޭއެސްއޭޕީގެ އެ ސެކިއުރިޓީ އޮފިޝަލްގެ ކުޅާދާނަކަން ފާހަގަ ކޮށް، ވަރަށް ގިނަ ބަޔަކު ވަނީ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅު ކޮށްފައެވެ. އަދި ބޭންކް އޮފް ސިލޯނުންނާއި އަދި "ރޫޓް" ފިހާރައިން ވެސް އޭއެސްއޭޕީގެ އެ ސެކިއުރިޓީ އޮފިޝަލްގެ ކުޅާދާނަކަން ފާހަގަކޮށް، އޭއެސްއޭޕީގެ ވެރިންނަށް ޝުކުރު އަދާ ކޮށްފައި ވެއެވެ.

ސައިކަލުގައި ދިޔަ 4 މީހުންގެ ތެރެއިން 3 މީހަކު ތިބީ ހެލްމެޓް އަޅައިގެންނެވެ. އަނެކަކު ހުރީ މާސްކެއް އަޅައިގެންނެވެ. ފައިސާ ފޭރެން މަސައްކަތް ކުރި އެ ވަގުތަކީ، އެ ސަރަހައްދުގެ ކާރުބާރު ބޮޑު، އަދި މީހުން ގިނަ އަދަދަކަށް ތިބި ވަގުތެއް ނަމަވެސް، ވީޑިއޯއިން ފެންނަ މަންޒަރުން، އާންމުންގެ ގިނަ ބަޔަކު އެކަމަށް މާބޮޑު ސަމާލުކަމެއް ނުދިން އިރު އަނެއްބަޔަކު އުޅުނީ، އެ ސަރަހައްދު ދޫކޮށް ދިއުމުގައެވެ.

ފޭރެން އުޅުނު މީހުން އައީ ދެ ސައިކަލްގައި "ރޫޓް" ފިހާރައިގެން ވޭނަށް ފާރަލައިގެންނެވެ. ފޭރެން އުޅުނު މީހުން ވަނީީ "ރޫޓް" ފިހާރައިގެ ވޭނުގައި އައި މީހުންގެ ލޮލަށް ބޮޑީ ސްޕްރޭ ވެސް ޖަހާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

ހާޑް ޑިސްކްގެ މައްސަލައިގައި ފުލުހުން ރައީސް މައުމޫނާ ސުވާލުކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

15 އެޕްރީލު
އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

އިގްތިޞާދު ބިނާކުރެވެނީ ޓިކްޓޮކް ކުޅެގެންތޯއެވެ.

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕްރެޝަރު ބޮޑުވެ، ސަރުކާރުން މަގޫދޫ ރައްޔިތުން "ގުނބޯ" ހައްދަން މަސައްކަތް ކުރަނީ!

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"
20233 އަހަރު ކުރިން
ރިޕޯޓު

އާމިލާ - "ބިޒީ މަންމަ އެއް، ހުށަހެޅުމާއި މަދަހަކިޔުމަށް ރަނގަޅު ފުރުސަތެއްގެ އުންމީދުގައި"

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް
20224 އަހަރު ކުރިން
ދުނިޔެ

ޔޫކްރެއިންގެ 3،000 ސިފައިން މަރުވެއްޖެ، ރައީސް އެދިވަޑައިގަންނަވަނީ ރަޝިޔާއަކީ ޓެރަރިޒަމަށް ވާގިވެރިވާ ގައުމެއްގެގޮތުގައި ކަނޑައެޅުމަށް

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!
20215 އަހަރު ކުރިން
ރިޕޯޓު

މާލެ ރައްޔިތުންގެ 24 އިންސައްތަ ލިބުމުން އެއީ ޕާޓީކުރަންވީ ސަބަބެއް ނޫން!

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

ހަނގާ ކުރުން ހުއްޓުވަން ލަސްވެއްޖެ

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު
20188 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީންގެ ދަނޑިމާރު ސަރުކާރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު