Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުބާޓޮމެއޫ އިސްތިއުފާ ދެއްވުން

ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދެއްވައިފި

27 އޮކްޓޯބަރު 2020 | އަންގާރަ 19:50

ބާޓޮމެއޫ އާއި އެ ކުލަބުގެ ހުރިހާ ބޯޑު މެންބަރުން ވަނީ މަގާމުން އިސްތިއުފާ ދެއްވާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 27 އޮކްޓޯބަރު 2020 | އަންގާރަ 19:50
ބާސެލޯނާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ޖޯސެފް މާރިއާ ބާޓޮމެއޫ

ބާސެލޯނާގެ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވި ޖޯސެފް މާރިއާ ބާޓޮމެއޫ

އިތުބާރު ނެތްކަމުގެ ވޯޓުނަގަން ނިންމާފައިވަނިކޮށް ބާސެލޯނާގެ ރައީސްގެ މަގާމުން ޖޯސެފް މާރިއާ ބާޓޮމެއޫ އިސްތިއުފާ ދެއްވައިފިއެވެ.

ބާޓޮމެއޫ އާއި އެ ކުލަބުގެ ހުރިހާ ބޯޑު މެންބަރުން މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމެވީ އަންގާރަ ދުވަހުގެރޭ ބޭއްވި ބޯޑު މެންބަރުންގެ ބައްދަލުވުމުގައެވެ.

ބާޓޮމެއޫ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހު ބާސާގެ މެންބަރުން 20,687 މީހުންގެ ސޮޔާއެކު ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ހުށަހަޅާފައި ވަނިކޮށެވެ. ބާސާގެ ގަވާއިދު ބުނާ ގޮތުން އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ބޭނުންވަނީ 16,520 މީހުންގެ ސޮޔެވެ. އެހެންކަމުން ބާޓޮމެއޫގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަން ބޭނުންވާ ވަރަށް ސޮއި ހަމަވިކަން ބާސާއިން މީގެ ކުރިން ހާމަކުރިއެވެ.

އަންގާރަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމަށްފަހު ބާޓޮމެއޫ އިސްތިއުފާ ދެއްވި ނަމަވެސް، މިދިޔަ ހޯމަ ދުވަހު އޮތް ބާސާގެ ބޯޑު މެންބަރުންގެ ބައްދަލުވުމަށްފަހު ބާޓޮމެއޫ ވަނީ އިސްތިއުފާ ނުދެއްވާނެ ކަމަށް ބުނެފައެވެ. އެ ދުވަހު ބާޓޮމެއޫ ވިދާޅުވީ ބާސާގައި ވަރަށް ޝައުގުވެރިވާ މަޝްރޫއުތަކެއް އެބަހުރި ކަމަށާއި، އެ މަޝްރޫއުތައް ހުއްޓައި އިސްތިއުފާ ދިނުމަށް އޭނާގެ ހިޔާލަށްވެސް ނާންނަ ކަމަށެވެ. އެކަމަކު އިތުބާރު ނެތް މައްސަލައިގެ ވޯޓުގައި ނިންމާ ނިންމުމަކަށް މަރުހަބާ ކިޔާނެ ކަމަށް ވިދާޅުވިއެވެ.

އެހެން ވިދާޅުވުމަށްފަހު ބާޓޮމެއޫ މަގާމުން އިސްތިއުފާ ދެއްވިއިރު، އޭނާއަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އޭގެ ތެރޭގައި ބާސާގެ ކެޕްޓަން ލިއޮނެލް މެސީ އާއި މީގެ ކުރިން ބާސާއަށް ކުރިން ކުޅުނު ގިނަ ކުޅުންތެރިންތަކެއްވެސް ހިމެނެއެވެ. އެގޮތުން ކުރީގެ ކޯޗު ޕެޕް ގާޑިއޯލާ އާއި ޒަވީ ހެނާންޑޭޒް އަދި އަންދްރެސް އިނިއެސްޓާވެސް ވަނީ މީގެ ކުރިން ބާޓޮމެއޫއަށް ފާޑުކިޔާފައެވެ. އަދި ރިޕޯޓުތައް ބުނާގޮތުން ޖެނުއަރީ މަހު ބާސާގެ ކޯޗުކަމާ ހަވާލުވާން ޒަވީއަށް ލިބުނު ފުރުސަތު އޭނާ ދޫކޮށްލީވެސް ބާޓޮމެއުއާ މެދު ހިތްހަމަނުޖެހޭތީއެވެ.

ބާސާގެ ރައީސްގެ މަގާމުން ބާޓޮމެއޫ އިސްތިއުފާ ދެއްވުމާ ގުޅިގެން އެ ކުލަބުގެ އައު އިންތިޚާބު ކުރިއަށް އޮތް 40 ދުވަހާއި ތިން މަހުގެ މުއްދަތުގެ ތެރޭގައި ބާއްވަން ޖެހޭނެއެވެ. އެހެންކަމުން ބާސާގެ އިންތިޚާބު އަންނަ އަހަރުގެ ޖެނުއަރީ މަހު ބާއްވާނެ ކަމަށް މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ބާޓޮމެއޫ އިސްތިއުފާ ދެއްވިއިރު، މީގެ ކުރިން ބާޓޮމެއޫ ކުލަބު ހިންގާ ގޮތާ މެދު ހިތްހަމަނުޖުން ފާޅުކޮށް، ބާސާގެ ޑިރެކްޓަރުންގެ ބޯޑުގެ ހަ މެންބަރަކު ވަނީ މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.

ބާޓޮމެއޫ އަކީ އެ ކުލަބުގެ 40 ވަނަ ރައީސެވެ. އޭނާ އެންމެ ފުރަތަމަ ބާސާގެ ރައީސްގެ މަގާމާ ހަވާލުވީ 2014 ވަނަ އަހަރު އޭރުގެ ރައީސް ސަންޑްރޯ ރޮސެލް މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. އޭގެ ފަހުން 2015 ވަނަ އަހަރު ބޭއްވި އިންތިޚާބު ބާޓޮމެއޫ ކާމިޔާބުކުރެއްވިއެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި

11 އެޕްރީލު 2017
އާޖެންޓީނާގެ ކޯޗު އެޑްގާޑޯ ބައުޒާ މަގާމުން ވަކިކޮށްފި
03 އެޕްރީލު 2017

ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި

03 އެޕްރީލު 2017
ނައިބު ރައީސް ކަމުގެ މަގާމުން އިއްޒަތު ވަހީދު ވަކިކޮށްފި
22 މާރިޗު 2017

ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި

22 މާރިޗު 2017
ޔޫވީގެ ކާމިޔާބު ކޯޗު އާތީ އިސްތިއުފާ ދީފި
08 މާރިޗު 2017

އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި

08 މާރިޗު 2017
އާސެނަލްގެ ސަޕޯޓަރުން ވެންގާގެ އިސްތިއުފާއަށް ގޮވާލައިފި
11 ފެބުރުއަރީ 2017

ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު

11 ފެބުރުއަރީ 2017
ޔޫއެފާގެ ރައީސްގެ މަގާމުގައި ހުރެވޭނީ ގިނަވެގެން 12 އަހަރު
05 ފެބުރުއަރީ 2017

ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު

05 ފެބުރުއަރީ 2017
ލަތީފަކީ ގޭންގްސްޓާރެއް، އަޅުގަނޑު މަގާމުން ވަކިނުކުރެވޭނެ: ކާނަލް ނަޝީދު
05 ފެބުރުއަރީ 2017

ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ

05 ފެބުރުއަރީ 2017
ކްލަބުން ވަކިކުރުމުން ވޮލީބޯލް އެސޯޝިއެންގެ ރައީސްގެ މަގާމާ މެދު ސުވާލު އުފެދިއްޖެ
02 ފެބުރުއަރީ 2017

ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް

02 ފެބުރުއަރީ 2017
ކްލަބުން ބޭރު ކުރިއަސް، އެސޯސިއޭޝަންގެ ރައީސްގެ މަގާމެއް ނުގެއްލޭނެ: ލަތީފް
07 ޖެނުއަރީ 2017

އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި

07 ޖެނުއަރީ 2017
އެފްއޭއެމްގެ ނައިބު ރައީސް އިސްތިއުފާ ދެއްވައިފި
06 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި

06 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ބާސާގެ މައްޗަށް އެތުލެޓިކް ކްލަބް ކުރިހޯދާ ކުއާޓާގެ އުންމީދު އާކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް