Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކުރެހުންތެރިޔާ ނީމާ ޢިސްމާޢިލް

ނީމާގެ ޑޫޑްލް-އާރޓްސްއާއި އެކު ސައިކަލްތަކަށް އިތުރު ފުރިހަމަކަމެއް!

ކުރެހުމަކީ އަބަދުވެސް ވަރަށް ކުރާހިތްވާ ކަމެއް

އައިޝަތު ޝަރުފާ
އައިޝަތު ޝަރުފާ, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2020 | އަންގާރަ 13:09
ކުރެހުންތެރިޔާ ޢާއިޝަތު ނީމާ އިސްމާޢިލް

ކުރެހުންތެރިޔާ ޢާއިޝަތު ނީމާ އިސްމާޢިލް

އަޅުގަނޑުމެންގެ މި ކުޑަ ކުޑަ ދިވެހި ރާއްޖޭގައިވެސް ތަފާތު ދާއިރާތަކުން ފާހަގަކޮށްލެވޭފަދަ ކުޅަދާނަ ހުނަރުވެރިން ފެނިގެންދެއެވެ. ލަވަ ކިޔުމާއި، ކެއްކުމާއި، ނެށުމާއި ކުރެހުމުގެ ދާއިރާގައިވެސް ކުޅަދާނަ ހުނަރުވެރިންގެ މަސައްކަތްތަކަކީ، އަޅުގަނޑުމެން އަންތަރީސްކުރުވާފަދަ މަސައްކަތްތަކެވެ.

ޢުމުރުން އެންމެ 6 އަހަރުން ފެށިގެން ކުރެހުމަށް ޚާއްސަ ޝަޢުޤުވެރިކަމެއް ހުންނަ ޢާއިޝަތު ނީމާ އިސްމާޢިލް (ނިންނި) އަކީ އާދަޔާ ޚިލާފު ހުނަރުވެރި ކުއްޖެކެވެ. ކުރެހުމުގެ ތެރެއިން ޚާއްސަކޮށް ޑޫޑްލް އާރޓްސްއަކީ ނީމާ އެންމެ ޝަޢުޤުވެރިކަމާއެކުކުރާ މަސައްކަތެވެ. ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލްގެ ގްރޭޑް 8 ގައި ތަޢުލީމް ޙާސިލްކުރަމުންދާ ނީމާ ބުނިގޮތުގައި، ތަފާތު ކުރެހުންތަކުގެ ތެރެއިން އަބަދުވެސް އެންމެ ޝައުޤުވެރިކަން ހުންނަނީ ޑޫޑްލް އާރޓްސްއަށެވެ.

ބޭބެ ކައިރިން ކުރަހަން ދަސްކުރުމުގެ އިތުރުން ޔޫޓިއުބް އަދި އިންސްޓަގްރާމް މެދުވެރިކޮށް އިތުރަށް ކުރެހުމުގެ ކަންކަން ދަސްކުރަމުންދިޔަކަމަށް ނީމާ ބުންޏެވެ. ޚާއްސަ ތަމްރީނަކާއި ނުލައި، އަމިއްލަ މަސައްކަތުން، ދަސްކޮށް ހުނަރު ތަރައްޤީ ކުރަމުންގޮސް، ޢުމުރުން އެންމެ 13 އަހަރުގެ ނީމާގެ މަސައްކަތް މިހާރު ވަނީ އިތުރު ހަރުފަތަކަށް ގެންގޮސްފައެވެ. އެގޮތުން ސައިކަލްފަދަ ވެހިކަލްތަކުގެ ކަވަރުގައި ޕެއިންޓްކޮށް، ކުރެހުމަކީ އާންމުންގެ ތެރެއިން ގިނަ ބަޔަކަށް ނީމާގެ ހުނަރުވެރިކަން ހާމަވެގެންދިޔަ ކަމެކެވެ.

ރައްޓެހިިންނާއި ޢާއިލާގެ މީހުންގެ އެދުމުގެމަތިން މި މަސައްކަތް ފެށި ނަމަވެސް ކުރިޔަށްއޮތްތާނގައި، ވިޔަފާރިއެއްގެ ގޮތުގައި މި މަސައްކަތް ފުޅާ ކުރުމަށް ނިންމާފައިވާކަމަށް ނީމާ ބުންޏެވެ.

މި މަސައްކަތްކުރަންފެށި ފަހުން މި ވީ އެއްމަސް ދުވަހުގެ ކުރު މުއްދަތުގެ ތެރޭގައި 6 ސައިކަލެއްގެ ކަވަރުގައި ކުރަހާފައިވާއިރު، އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ ބޭބެގެ ފަރާތުންކަމުގައި ނީމާ ބުނެއެވެ. އެގޮތުން ކްލިއަރ ސްޕަރޭ ޕެއިންޓްކުރުންފަދަ ކަންތައްކުރުމުގައި ބޭބެގެ އެހީތެރިކަން އަބަދުވެސް ލިބެމުންދާކަމަށް ނީމާ ފާހަގަކުރެއެވެ. ސައިކަލުގައި ޕެއިންޓް ކުރުމުގެ މަސައްކަތްފެށި ފުރަތަމަ ދުވަސްކޮޅު ދަތިތަކަކާއި ކުރިމަތިވެ ގިނަ ވަޤުތު ހޭދަވި ކަމުގައިވީނަމަވެސް، މިހާރު 5 ވަރަކަށް ގަޑިއިރު ތެރޭގައި ޕެއިންޓިންގ އެއްކޮށް ނިންމާލެވޭ ކަމުގައި ނީމާ ބުންޏެވެ.

ނީމާ ފާހަގަކުރި ގޮތުގައި އެންމެ ބޮޑު ދަތި ކަމަކީ ކުރެހުމަށް ބޭނުންކުރާ ޚާއްސަ މާރކަރ (މެޓަލިކް ޕެއިންޓް މާރކަރ) ބޭރުން ގެންނަން ޖެހުމެވެ.

ނީމާގެ މި ހުނަރުން ފުރިގެންވާ މަސައްކަތަކީ ޒުވާނުންނަށް ޚާއްސަކޮށް، ކުރެހުމަށް ލޯބިކުރާ ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު މަސައްކަތެކެވެ. ވެރިފަރާތުން ބޭނުންވާ ގޮތަކަށް ބޭނުން ޑިޒައިނަކަށް ކުރަހައިދޭއިރު، އާންމުންގެ ފަރާތުން ވަރަށްބޮޑު ތަރުޙީބެއް ލިބެމުންދާކަމަށާއި، ވަރަށް ގިނަ އޯރޑަރުތައް ލިބެމުންދާ ކަމަށް ނީމާ ފާހަގަ ކުރެއެވެ.

ނީމާގެ ކުރެހުންތަކާއި މަސައްކަތްތައް އާންމުންނަށް ޙިއްސާ ކުރުމަށްޓަކައި އިންސްޓަގްރާމް އެކައުންޓެއްވަނީ ހުޅުވާފައެވެ. ninni5336 މިއެކައުންޓް މެދުވެރިކޮށް ކޮންމެ ބޭފުޅަކަށްވެސް ނީމާގެ މަސައްކަތްތައް ބަލާލެވޭއިރު، ޑައިރެކްޓް މެސެޖް މެދުވެރިކޮށް އަދި 9516940/ 7414146 މި ނަމްބަރުތަކަށް ގުޅާލުމުން އޯރޑަރ ދިނުމުގެ ކަންކަން ހަމަޖެހިގެންދާނެކަމަށް ނީމާ ބުނެއެވެ.

ކުރެހުމުގެ މަސައްކަތަށް އާއިލާއާއި އެކުވެރިންގެ ފަރާތުންވެސް ވަރަށް ބޮޑު އެއްބާރުލުމެއް ލިބޭކަން ފާހަގަކޮށް ނީމާ އިތުރަށް ބުނީ، މިއަދު މި ލިބޭ ކާމިޔާބީގެ އެންމެ ބޮޑު އެއް ޙިއްސާދާރަކީ ނީމާގެ ބޭބެ ކަމުގައެވެ. އެގޮތުން ކުރެހުމުގެ ކަންކަން އުނގަންނައި ދިނުމުގެ އިތުރުން، މަސައްކަތްތައް އިތުރަށް ފުޅާކޮށް، އިތުރު ޙަރުފަތްތަކަށް ވާޞިލްކޮށްދިނުމުގެ އަަސްލަކީވެސް ބޭބެ ކަމުގައި ނީމާ ދެކެއެވެ.

މުސްތަޤްބަލުގައި އެއަރ-ކްރާފްޓް އިންޖިނިއަރަކަށްވުމުގެ ޝަޢުޤުވެރިކަންހުރިކަމުގައި ވީނަމަވެސް، ދިރިއުޅުމުގެ އެއްވެސް ހިސާބަކުން ކުރެހުމުގެ "ހޮބީ" ދޫކޮށްނުލާނެކަމުގައި ނީމާ ބުުނެއެވެ. އެހެން ހުނަރުތައްފަދައިން، ކުރެހުމުގެ ހުނަރަކީވެސް، ފަރިތަކުރުންތައް ލިބި، ގިނައިން ކުރެހި ވަރަކަށް ތަރައްޤީވާނެ ހުނަރެއްކަމުގައި ނީމާ ފާހަގަކުރެއެވެ.

ކުރެހުމުގެ ހުނަރު ލިބި، މި ދާއިރާއިން ކުރިޔަށްދާން ބޭނުންވާ އެހެންކުދިންނަށްވެސް ނީމާ ދޭން ބޭނުންވާ މެސެޖަކީ، އެންމެ ބޭނުންވާގޮތަށް ނުކުރެހުނުކަމުގައި ވީނަމަވެސް، އުންމީދު ގެއްުލުވައިނުލައި، ހެދޭ ގޯސްތަކުން އިތުރު ކަންތައްތައް ދަސްކޮށް ކުރިޔަށް ދިޔުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

އަނެއްކާވެސް ރަހުމު ކުޑަ އިތުރު މަރެއް – ދެން ކާކުބާ؟

23 އެޕްރީލު 2017
މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

މިއަޑާއެކު އެ އަޑު ކެނޑިއްޖެއެވެ

16 އެޕްރީލު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

ޗައިނާގެ އެހީ: އެކުވެރިކަން ބާ؟ ނޫނީ އިގްތިސާދީ ގޮތުން އަޅުވެތި ކުރުން ބާ؟

23 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު