Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަސޫލާގެ ކާޓޫން ކުރެހި މައްސަލަ

ރަސޫލާގެ ކާޓޫން ކުރެހި މައްސަލަ ސައުދީން ކުށްވެރިކޮށްފި

27 އޮކްޓޯބަރު 2020 | އަންގާރަ 13:11

މުސްލިމު ގައުމުތަކުގައި މުޒާހަރާތައް ދަނީ ކުރަމުން

އަލީ ސަމާޚް
އަލީ ސަމާޚް | 27 އޮކްޓޯބަރު 2020 | އަންގާރަ 13:11
އިސްލާމް ދީނަށް އިހާނެތިކޮށް ވާހަކަ ދެއްކި މައްސަލާ ގައި މެކްރޯން އަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އިސްލާމް ދީނަށް އިހާނެތިކޮށް ވާހަކަ ދެއްކި މައްސަލާ ގައި މެކްރޯން އަށް ފާޑުކިޔުންތައް ވަނީ އަމާޒުވެފައި

އިސްލާމް ދީނާއި ޓެރަރިޒަމް އާ ގުޅުވާތީވެ ސައުދީ އަރަބިޔާ އިން ކަންބޮޑުވުން ފާޅުކޮށް، ފުރާންސުން ރަސޫލާގެ ކާޓޫން ކުރެހި މައްސަލަ ކުށްވެރި ކޮށްފިއެވެ.

އަންގާރަ ދުވަހު ސައުދީގެ ދައުލަތުގެ މީޑިއާ އަށް ދެއްވި އިންޓަވިއުއެއްގައި ސައުދީގެ ފޮރިން މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ، ބަސް ބުނުމުގެ މިނިވަން ކަމަށް ތާއިދު ކުރާ ކަމަށާއި، ނަމަވެސް ނަފްރަތު އުފެދޭ ގޮތަށް އަދި ހަރުކަށި ކަންތައްތަކަށް ތާއިދެއް ނެތް ކަމަށެވެ.

އޮފިޝަލް ވިދާޅުވީ، ވަކި ބަޔަކަށް ނުބަލައި ޓެރަރިޒަމްގެ ހުރިހާ އަމަލުތަކެއް ސައުދީން ކުށްވެރި ކުރައްވާ ކަމަށެވެ. އޮފިޝަލް އިޝާރާތް ކުރެއްވީ ފްރާންސުގެ ޕެރިހުގެ ޓީޗަރަކު ކްލާހުގެ ދަރިވަރުންނަށް ކާޓޫން ދެއްކުމުން ލާއިންސާނީ ގޮތަކަށް ޓީޗަރުގެ ކަރުބުރިކޮށްލި ހާދިސާ އަށެވެ.

އެ ކާޓޫންގެ މައްސަލާ ގައި މުސްލިމް ގައުމުތަކުން ވަނީ ރުޅިގަދަވެފައެވެ.

އެކަމާއި ގުޅިގެން ފްރާންސުގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ތުރުކީގެ ރައީސް ތައްޔިބް އުރުދުއާން ގޮވާލައްވާފައިވާއިރު ފްރާންސް ގައި ހުރި ޕާކިސްތާނުގެ އެންވޯއި އަނބުރާ ގެންދަން ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުން ވަނީ ފާސްކޮށްފައެވެ.

އަރަބި ޓްރޭޑް އެސޯސިއޭޝަނުން ވެސް ވަނީ ފްރާންސްގެ އުފެއްދުންތައް ބޮއިކޮޓް ކުރަން ގޮވާލާފައެވެ.

އިރާގު އަދި ތުރުކީގެ އިތުރުން ގާޒާ ގައި ދަނީ ރަސޫލާގެ ކާޓުން ކުރެހި މައްސަލާ ގައި މުޒާހަރާ ކުރަމުންނެވެ. އިރާގުގެ ބަގްދާދުގައި ކުރަމުންދާ މުޒާހަރާގައި ފްރާންސްގެ ރައީސް އެމެނައުލަ މެކްރޯންގެ ފޮޓޯ އަންދާއި ފޮޓޯ އަށް އިހާނެތިކޮށް ހިތާފައިވެއެވެ.

ހޯމަ ދުވަހު ތުރުކީގެ ރައީސް އުރުދުއާން ވިދާޅުވީ މެކްރޯންގެ ނަފްސާނީ ހާލަތު ބަލަން ޗެކްއަޕެއް ހެއްދެވުން މުހިއްމު ކަމަށް ވިދާޅުވެފައެވެ. އުރުދުއާން އެހެން ވިދާޅުވީ، އިސްލާމްދީނަކީ މުޅި ދުނިޔޭގައި ބައިބައިވުން އުފައްދާ ދީން ކަމަށް ވިދާޅުވެ އިސްލާމް ދީނަށް ކުޑައީމިސްކޮށް ވާހަކަފުޅު ދައްކަވާފައިވާތި އެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

އީރާނުގެ އެންމެ މަތީ ލީޑަރާއެކު ބޭއްވެވި ހަތް ގަޑިއިރުގެ ދިގު ބައްދަލުވުމުގެ ތަފްސީލުތައް ރައީސް ޕެޒެޝްކިއަން ދެއްވައިފި

އިތުރަށް ކިޔާލަން

07 މާރިޗު 2017

ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި

07 މާރިޗު 2017
ސިހުރުހަދަން ކުޑަކުއްޖަކު މެރި މައްސަލައިގައި ތިން މީހުން ހައްޔަރުކޮށްފި
03 މާރިޗު 2017

މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި

03 މާރިޗު 2017
މުޒާހިރީން މެރި މައްސަލަ މުބާރަކްގެ މައްޗަށް ސާބިތެއް ނުވި
28 ފެބުރުއަރީ 2017

ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި

28 ފެބުރުއަރީ 2017
ރަހީނެއްގެ ބޯ ބުރިކުރި މައްސަލައިގައި ރައީސް ޑުޓާޓޭ މަޢާފަށް އެދިވަޑައިގެންފި
25 ފެބުރުއަރީ 2017

ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ

25 ފެބުރުއަރީ 2017
ޕާކިސްތާނު މަތިންދާ ބޯޓަކަށް ގޮނޑިއަށް ވުރެ ގިނައިން ފަސިންޖަރުން އެރުވި މައްސަލަ ބަލަނީ
24 ފެބުރުއަރީ 2017

ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި

24 ފެބުރުއަރީ 2017
ޑްރަގް ހަނގުރާމަ އާއި ދެކޮޅު ސެނެޓަރު ވެސް ޑްރަގް މައްސަލައިގައި ހައްޔަރުކޮށްފި
23 ފެބުރުއަރީ 2017

ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި

23 ފެބުރުއަރީ 2017
ކިމްގެ މަރުގެ މައްސަލައިގައި މެލޭޝިއާގެ މައްޗަށް އުތުރުކޮރެއާއިން ތުހުމަތުކޮށްފި
22 ފެބުރުއަރީ 2017

ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ

22 ފެބުރުއަރީ 2017
ނަމްގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެެވޭ އެކަކީ އެމްބްސީގެ އޮފިޝަލެއް:މެލޭޝިއާ
18 ފެބުރުއަރީ 2017

ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި

18 ފެބުރުއަރީ 2017
  ކިމް ޖޮންގ ނަމްގެ މަރުގެ މައްސަލައިގައި އިތުރު ފިރެހެނަކު ހައްޔަރުކޮށްފި
16 ފެބުރުއަރީ 2017

ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު

16 ފެބުރުއަރީ 2017
ފްލިންގެ މައްސަލަ ބެލުމަށް ރިޕަބްލިކަން ޕާޓީގެ އިސްބޭފުޅުން ވެސް ތާއީދު
01 ފެބުރުއަރީ 2017

ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް

01 ފެބުރުއަރީ 2017
ފަލަސްތީނާއި އިޒްރޭލުގެ މައްސަލަ ހައްލު ކުރުމަށް ބައިނަލްއަގްވާމީ މުޖުތަަމައުގެ ރޯލް ކުޅެން ޖެހޭ: ބޮޑު ވަޒީރު ނަވާޒް ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް