Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެރާއްޖެއަށް ހިމޮއިންސާ ޖަނެރޭޓަރު ތަޢާރަފް ކުރުން

ޕްރައިމް ޕަވަރ އިން ރާއްޖެއަށް ހިމޮއިންސާ ޖަނެރޭޓަރު ތަޢާރަފްކޮށްފި

ހިމޮއިންސާ އަކީ ވަރަށް ބޮޑު ރޭންޖެއްގެ އިކިއުޕްމަންޓް ހިމެނޭ ބްރޭންޑެއް

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 27 އޮކްޓޯބަރު 2020 | އަންގާރަ 08:12
ޕްރައިމް އެންޓަރޕްރައިޒެސް އިން އަލަށް ހުޅުވި ޕްރައިމް ޕަވަރ

ޕްރައިމް އެންޓަރޕްރައިޒެސް އިން އަލަށް ހުޅުވި ޕްރައިމް ޕަވަރ

ޕްރައިމް އެންޓަރޕްރައިޒެސް އިން އަލަށް ހުޅުވި ޕްރައިމް ޕަވަރ އިން ރާއްޖެއަށް ހިމޮއިންސާ ޖަނެރޭޓަރު ތަޢާރަފްކޮށްފި އެވެ.

ހޯމަ ދުވަހު ޕްރައިމް އެންޓަރޕްރައިޒެސް ފަސްވަނަ ފިހާރަ ހުޅުވާފައިވާއިރު، އެކުންފުނީގެ އެހެނިހެން ފިހާރަތަކާއި ހިލާފަށް ޕްރައިމް ޕަވަރ ފިހާރަ ހާއްސަ ކޮށްފައިވަނީ ހިމޮއިންސާ ބްރޭންޑްގެ މަލްޓި ޕާރޕޮސް ޕަވަރ ޖެނެރޭޝަން އިކުއިޕްމެންޓްސްއަށެވެ.

Advertisement - newsAdvertisement

"ރާއްޖެއެމްވީ" އާއި ވާހަކަދައްކަވަމުން ޕްރައިމް އެންޓަރޕްރައިޒެސްގެ ޑައިރެކްޓަރ ނިޔާޒް އިބްރާހިމް ވިދާޅުވީ ހިމޮއިންސާ އަކީ ދުނިޔޭގެ ނަން މަޝްހޫރު ސްޕެއިންގެ ބްރޭންޑެއް ކަމަށެވެ. ނިޔާޒް ވިދާޅުވީ ހިމޮއިންސާ އަކީ ވަރަށް ބޮޑު ރޭންޖެއްގެ އިކިއުޕްމަންޓް ހިމެނޭ ބްރޭންޑަކަށްވާއިރު، އަލަށް ހުޅުވި ފިހާރައިން މިވަގުތު ހާއްސަކޮށްފައިވަނީ ހަމައެކަނި އިންޑަސްޓްރިއަލް ރޭންޖްގެ ޕަވަރ ޖަނަރޭޓަރ އިކުއިޕްމެންޓްއަށް ކަމަށެވެ.

އިންޑަސްޓްރިއަލް ރޭންޖްގެ ޕަވަރ ޖަނަރޭޓަރ ތަކަކީ ރާއްޖޭގެ އުޅަނދު ފަހަރަށާއި ކުދި ސްކޭލުގައި ޕަަވަރ ޖަނެރޭޓަރ ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށްފައިވާ ޖަނެރޭޓަރަކަށްވާއިރު، ކުރިއަށް އޮތް ދުވަސްތަކުގައި މިބްރޭންޑްގެ އިތުރު އިކިއުޕްމަންޓްތައް ރާއްޖެއަށް ތަޢާރަފްކުރާނެ ކަމަށް ނިޔާޒް ވިދާޅުވި އެވެ.

ނިޔާޒް ވިދާޅުވީ ހިމޮއިންސާ ޖަނަރޭޓަރގައި ބޭނުންކޮށްފައިވަނީ ދިވެހިންގެ ތެރޭގައި ނަން މަޝްހޫރު ބްރޭންޑް ކަމުގައިވާ ޔައްމާ ބްރޭންޑްގެ އިންޖީނު ކަމަށެވެ. އެހެންކަމުން މި ބްރޭންޑްގެ ޖަނަރޭޓަރ ތަކާއިމެދު ސުވާލު އުފައްދާނެ ޖާގައެއްވެސް ނެތްކަމަށެވެ.

ނިޔާޒް އިތުރަށް ވިދާޅުވީ މިބްރޭންޑްގެ އިކުއިޕްމެންޓްސްގެ އަގުތައް ރާއްޖޭގެ މިފަދަ އެހެނިހެން އިކުއިޕްމެންޓްސްތަކާއި އަޅާބަލާއިރު އަގު ހެޔޮވާނެ ކަމަށެވެ. އަދި މިޕްރޮޑަކްޓްސްތަށް ގަންނަ ފަރާތްތަކަށް އެއް އަހަރު ދުވަހުގެ ވޮރަންޓީއެއް ވެސް ލިބޭނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

ހިމޮއިންސާގެ ސޯލް ޑިސްޓރިބިއުޓަރ އަކީ ޕްރައިމް އެންޓަރޕްރައިޒެސްއެވެ.

އިތުރަށް ކިޔާލަން

04 އެޕްރީލު 2017

ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން

04 އެޕްރީލު 2017
ދުވަސްވީ ބޭފުޅުންގެ ވެރިކަން ރާއްޖެއަށް ބޭނުމެއް ނޫން: ރައީސް ޔާމީން
08 މާރިޗު 2017

ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު

08 މާރިޗު 2017
ދިވެހިރާއްޖެއަށް ދިރުންދޭ ބަޔަކީ ދިވެހި އަންހެނުން: ރައީސް ނަޝީދު
03 މާރިޗު 2017

މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް

03 މާރިޗު 2017
މިހާރު ރާއްޖެއަށް ކުރާ ވިއްސާރައަކީ ލޯ ޕްރެޝަރ ޓްރަފްއަކާ ގުޅިގެން ކުރާ ވިއްސާރައެއް: މެޓް
25 ފެބުރުއަރީ 2017

އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!

25 ފެބުރުއަރީ 2017
އިންޑިޔާ އިން ރާއްޖެއަށް ތައުރީފު ކުރުމުގައި ގެންގުޅެނީ ވަކި މިންގަނޑެއް!
21 ފެބުރުއަރީ 2017

އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު

21 ފެބުރުއަރީ 2017
އަލުން އަނބުރާ ރާއްޖެއަށް ދާނަން، އުންމީދު ކަނޑައެއް ނުލަން: ރައީސް ނަޝީދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު