Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕީޕީއެމް އަށް ނުވަ އަހަރު ފުރުން

ޕީޕީއެމަށް 9 އަހަރު: އެންމެ އިސް ވާޖިބަކީ ޔާމީން މިނިވަންކޮށް، ރައީސް ކަމަށް ގެނައުން

27 އޮކްޓޯބަރު 2020 | އަންގާރަ 08:56

އިދިކޮޅު ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ދަނީ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލަމުން

އަލީ ސަމާޚް
އަލީ ސަމާޚް | 27 އޮކްޓޯބަރު 2020 | އަންގާރަ 08:56
ރައީސް ޔާމީން، ޕީޕީއެމް ލީޑަރޝިޕްގެ ބޭފުޅުންނާއި އެކު

ރައީސް ޔާމީން، ޕީޕީއެމް ލީޑަރޝިޕްގެ ބޭފުޅުންނާއި އެކު

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ އެންމެ އިސް ވާޖިބަކީ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އެ ޕާޓީގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންކޮށް، 2023 ވަނަ އަހަރު ގައުމުގެ ރިޔާސަތަށް އިސްކުރެއްވުން ކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕީޕީއެމަށް 9 އަހަރު ފުރުމުގެ މުނާސަބަތުގައި ޕާޓީން ނެރުނު ބަޔާނުގައި، ޔާމީން ނުޙައްގުން ޖަލުގައި ގައިދުކޮށް، މިސަރުކާރުން ދެމުންގެންދާ ލާއިންސާނީ އަނިޔާ ކުށްވެރިކުރާ ކަމަށާއި، މިހާރުން މިހާރަށް އެމަނިކުފާނު މިނިވަންކުރަން ޖެހޭ ކަމަށް ބުނެފައި ވެ އެވެ. ޕިޕީއެމް އިން މިހެން ބުނެފައިވާއިރު، ރައީސް ޔާމީންގެ ފަސް އަހަރަކީ ބިރުވެރި ނާމާން ފަސް އަހަރުގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރެ އެވެ. ސިޔާސީ އެތައް ލީޑަރުންނެއް ނުހައްގުން ޖަލަށްލާ އެތައް އަނިޔާތަކެއްދީފައި ވެއެވެ.

Advertisement - newsAdvertisement

ޔާމީންގެ ވެރިކަމުގެ ފަސް އަހަރަކީ ރާއްޖެ އަށް ބޮޑެތި ބަދަލުތަކެއް ގެނައި، އިގްތިސާދީ ގޮތުން ރާއްޖެ ނުދެކޭފަދަ ޒަމާނަކަށް ރާއްޖެ ވާސިލުވި އަދި ރައްޔިތުންނަށް ލާބައާއި މަންފާ ލިބިގެންދިޔަ ފަސް އަހަރު ކަމަށް އެ ޕާޓީން ބުންޏެވެ.

އަދި ޕީޕީއެމް އަކީ ކުރު މުއްދަތެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާ ޕާޓީއެއް ކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ. މިހާރު އިދިކޮޅުގައި އެންމެ ބޮޑަށް ހަރަކާތްތެރިވަމުން އަންނަ ޕީީޕީއެމުން ބުނީ، ޔާމީންގެ މޭސްތިރި ކަމުގެ ދަށުން އުފެއްދެވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއިއެކު، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ގޮތުގައި ސިޔާސީ މައިދާނުގައި ޙަރަކާތްތެރިވަނީ ސަރުކާރު ޖަވާބުދާރީކޮށް ޒިންމާދާރު ކުރުމުގެ އިތުރުން ރައްޔިތުންގެ އަޑު އެހުމަށް ކަމަށެވެ.

ޕީޕީއެމުން އޮތީ އެ ޕާޓީގެ އަހަރީ ދުވަސް ކުލަގަދަ ގޮތެއްގައި ފާހަގަކުރަން ރާވާފައެވެ. ނަމަވެސް ކޮވިޑް-19 ގެ ސަބަބުން ހަރަކާތްތައް ވަނީ ފަސްކޮށްފައެވެ. އެކަމަކު ވަރަށް އަވަހަށް ޕީޕީއެމްގެ އަހަރީ ދުވަސް މުޅި ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ޙަރަކާތްތައް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

ޕީޕީއެމް އަށް ނުވަ އަހަރު ފުރުން ފާހަގަކުރަމުންދާއިރު، އެ ޕާޓީ އަކީ ދެވަނަ އަށް މެމްބަރުން އެންމެ ގިނަ ސިޔާސީ ޕާޓީއެވެ. އެ ޕާޓީގެ މެމްބަރުންގެ އަަދަދަކީ 37،144 އެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ ހުންނަވާ އުފެއްދެވި ދެވަނަ ޕާޓީ ޕީޕީއެމް ރަޖިސްޓްރީ ކޮށްފައިވަނީ 2011 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުއެވެ.

ޕާޓީ އުފެއްދުމަށް ފަހު ބޭއްވި ރިޔާސީ އިންތިހާބު 2013 ވަނަ އަހަރު ޕީޕީއެމުން ކާމިޔާބުކޮށް ރައީސް ކަމަށްް ޔާމީން އިންތިހާބުވެވެޑައިގަތެެވެ. ޖެހިގެން އައި އަހަރު ބޭއްވި ރައްޔިިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމުން ވަނީ 33 ގޮނޑިވެސް ކާމިޔާބު ކޮށްފައެވެ. ޕާޓީގެ ތެރޭގައި ޔާމީންއާއި މައުމޫންއާއި ދެ ބޭފުޅުންގެ ދެމެދުގައި ކޯޅުން ބޮޑުވެ ރައީސް މައުމޫން އެ ޕާޓީން ވަކިކުރެއްވި އެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

4

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

5

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

އިތުރަށް ކިޔާލަން

09 ޖެނުއަރީ 2017

އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު

09 ޖެނުއަރީ 2017
އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން އިސްތިއުފާދެއްވަންޖެހޭ: އަލީ ޒާހިރު
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް