Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޖައިލަމް ޝާކިރުގެ މަރުގެ މައްސަލަ

ޖައިލަމްގެ މަރު: ދިފާއުން އެދުނީ ކޮންޓިނިއަސް ޝަރީއަތަކަށް!

ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2020 | އަންގާރަ 05:32
ޖައިލަމް ޝާކިރުގެ މަރުގެ މައްސަލައިގައި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން

ޖައިލަމް ޝާކިރުގެ މަރުގެ މައްސަލައިގައި އަންގާރަ ދުވަހު ކުރިއަށް ގެންދިޔަ އަޑުއެހުމުގެ ތެރެއިން

ދަރުބާރުގޭގެ ކުރިމަތީ ގޯޅި ތެރޭގައި ހުންނަ، ހ. ހަންޑްރެޑް ފްލާވާސް, ޖައިލަމް އަހުމަދު ޝާކިރުގެ މަރުގެ މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި އަންގާރަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ ދައުވާ ސާބިތު ކުރުމަށް ދައުލަތުން ހުށައަޅާފައިވާ ސިއްރު ހެކިވެރިޔާގެ ހެކިބަސް ނެގުމަށް ތާވަލު ކޮށްފައިވާއިރު، ސިއްރު ހެކިވެރިޔާ ހާޒިރު ނުކުރެވުނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ދައުލަތުން ބުނީ، ސިއްރު ހެކިވެރިޔާ 1 ހުރީ މާލޭގައި ނޫން ކަމަށާއި، އެހެން ތަނަކަށް ހާޒިރު ކޮށްގެންވެސް ހެކި ހާޒިރު ކުރެވޭނެ އިންތިޒާމު ދައުލަތަށް ހަމަޖެހިފައި ނުވާ ކަމަށެވެ. އަދި ހާޒިރު ނުކުރެވުނު ސަބަބު ހާމަ ކޮށްފިނަމަ ސިއްރު ހެކިވެރިޔާގެ މައުލޫމާތު އެނގިދާނެކަން ފާހަގަކޮށް ދައުލަތުން ބުނީ، އެކަން ވަކިން ޝަރީއަތަށް އަންގާނެ ކަމަށެވެ.

އެކަމާ ގުޅޭގޮތުން ދިފާއުން ބުނީ، ސިއްރު ހެކިވެރިޔާ 1 ހާޒިރު ކުރުމަށް މީގެ ކުރިންވެސް މަސައްކަތްކޮށް، އެކަން ނާކާމިޔާބު ވެފައިވާއިރު، ނިމިދިޔަ ޖެނުއަރީ މަހު ބޭއްވި އަޑުއެހުންވެސް ކުރިއަށް ނުގެންދެވުނީ އެކަމާ ގުޅިގެން ކަމަށެވެ. އަދި މައްސަލަ ލަސްވެގެން ދާ ދިއުމަށް ރިއާޔަތްކޮށް ދިފާއުން ބުނީ، ސިއްރު ހެކި 1 ބަލައި ނުގަތުމަށް ދިފާއުން އެދޭ ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލަ ޤާނޫނުގައި ބަޔާން ކޮށްފައިވާ އެކަށީގެންވާ މުއްދަތެއްގައި ނިންމުމަށްވެސް ދިފާއުން ވަނީ އެދިފައެވެ. އެއާއެކު، މި މައްސަލަ މެދުނުކެނޑި ހިނގާ (ކޮންޓިނިއަސް) ޝަރީއަތެއްގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ދިފާއީ ވަކީލު ވަނީ އެދިފައެވެ. އަދި މި މައްސަލައަށް އެތައް އަހަރެއް ވެގެންދާއިރު، ހެކި ހުށައަޅަން ދައުލަތަށް އެކަށީގެންވާ މިންވަރަށް އެތައް ފުރުސަތުތަކެއް ދީފައިވާކަންވެސް ދިފާއުން ފާހަގަ ކުރިއެވެ.

ޖައިލަމްގެ މަރުގެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުން ކޮށްގެން ޤަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލާފައިވަނީ 4 މީހެއްގެ މައްޗަށެވެ. އެއީ ނަސީބު ސައީދު، އިސްމާއިލް އަނީޤު، އަލީ އިރުފާން އަދި މުޙައްމަދު ހުމައިދުއެވެ.

މި މައްސަލައިގައި ދައުވާ ލިބޭ މީހުންގެ ބަންދާމެދު ދައުލަތުން ބުނީ، އެ 4 މީހުންވެސް ބަންދުގައި ބަހައްޓާފައިވާ ސަބަބަށް ބަދަލެއް ނާންނަ ކަމަށާއި، އެއާއެކު ބަންދު ރިވިއު ކުރެވެން ނެތް ކަމަށެވެ.

އޭގެ އިތުރުން، މައްސަލައިގައި ދެ ފަރާތުން ފާހަގަކުރި ކަންކަމަށް ރިއާޔަތް ކުރައްވައި މައްސަލަ ބައްލަވާ ގާޒީ އިސްމާއިލް ރަޝީދު ވަނީ އަންނަ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު ސިއްރު ހެކިވެރިޔާ 1 ހާޒިރު ކުރުމަށް ދައުލަތަށް އިތުރު ފުރުސަތެއް ދެއްވައި ޝަރީއަތުގެ މަޖިލިސް ނިންމަވާފައެވެ.

ކްރިމިނަލް ކޯޓުގެ ޝަރީއަތްތައް އަވަހަށް ނިންމުމަށްޓަކައި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 142 ވަނަ މާއްދާގެ (ށ) ގައި ބަޔާން ކުރާ "މެދު ނުކެނޑި ޝަރީއަތް ކޮށް ނިންމުން" (ކޮންޓިނިއަސް ހިއަރިންގ) މަފްހޫމްގެ ދަށުން ކޯޓުގެ މައްސަލަތައް ކުރިއަށް ގެންދިއުމަށް ކްރިމިނަލް ކޯޓުގެ ގާޒީންގެ އާންމު މަޖިލީހުން މިހާރު ވަނީ ނިންމާފައެވެ. އެގޮތުން ކޮންޓިނިއަސް ޝަރީއަތް ކުރިއަށްދާއިރު، ދައުވާއަށް އިންކާރު ކުރާނަމަ ޚުލާސާ ބަޔާން އިއްވާތާ 30 ދުވަސްތެރޭ ޙުކުމް ކުރާނެއެވެ.

މި މަފްހޫމުގެ ދަށުން ކްރިމިނަލް ކޯޓުން ވަނީ މެދު ނުކެނޑި ހިނގާ ޝަރީއަތްތައް ކުރިއަށް ގެންދަން ފަށާފައެވެ. އެގޮތުން އޮޅުވާލައިގެން "ގްރޫމް" ކޮށްގެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި 8 ގަޑިއިރު ވަންދެން ޝަރީއަތް ކުރިއަށް ގެންގޮސް، 14 ހެކިންގެ ހެކިބަސް ނަގާފައި ވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު