Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަބްދުއްރަހީމްއަށް ދައުވާ ކުރުން

އަދުރޭ ހަޑިހުތުރު އެއްޗެހި ގޮވި މައްސަލާގައި ދައުވާ އުފުލައިފި

ދައުވާ ކުރަން ފޮނުވިކަން ޕީޖީ އޮފީހުން ކަށަވަރުކޮށްދެއްވި

އަމްނާ އިމާދު
އަމްނާ އިމާދު | 26 އޮކްޓޯބަރު 2020 | ހޯމަ 16:51
ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފުވެގެން ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ، އެދުވަހު ވެސް ވަނީ ބޭއަދަބީ ބަސް ބޭނުން ކުރައްވާފައި

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، އެޗްޕީއޭގެ ގައިޑްލައިންއާއި ހިލާފުވެގެން ފުލުހަށް ހާޒިރުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ، އެދުވަހު ވެސް ވަނީ ބޭއަދަބީ ބަސް ބޭނުން ކުރައްވާފައި

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ހަޑިހުތުރު އެއްޗެހި ގޮވި ކަމުގެ މައްސަލައެއްގައި ކްރިމިނަލް ކޯޓަށް ދައުވާ ކުރަން ފޮނުވައިފިއެވެ.

ދައުވާ ކުރަން ފޮނުވިކަން ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ދައުވާ ކުރަން ފޮނުވާފައިވަނީ ހޯމަ ދުވަހުއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އަބްދުއްރަހީމްއަށް ދައުވާ ކުރަން ފޮނުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމްކުރި ދުވަހު ކްރިމިނަލް ކޯޓު ކައިރީގައި ހުންނަވާ ދެއްކެވި ވާހަކަތަކާ ގުޅިގެންނެވެ.

ދައުވާކުރަން ފޮނުވާފައިވަނީ ގާނޫނުލްއުގޫބާތުގެ 615 ވަނަ މާއްދާގެ ދަށުން ހަޑިހުތުރު އެއްޗެހި ކިއުމާއި ހަޑިހުތުރު ބަސް ބޭނުން ކުރުމުގެ ދައުވާއެވެ.

ކުރީގެ ރައީސް ޔާމީނަށް ހުކުމް ސާބިތުވާ ކަމަށް ނިންމާ ފަސްއަހަރަށް ފަސްމިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހަމަސް ދުވަހުގެ ތެރޭގައި ފައިސާ މީރާއަށް ދައްކަން ޖެހޭ ގޮތަށް ހުކުމް އިއްވީ 28 ނޮވެންބަރު 2019 ގައެވެ. އެދުވަހު ކްރިމިނަލް ކޯޓު ސަރަހައްދުގައި އެމަނިކުފާނުގެ ސަޕޯޓަރުން މުޒަހާރަކޮށްފައި ވެސް ވެއެވެ.

އަބްދުއްރަހީމްއަށް ދައުވާ އުފުލާފައިވާއިރު، މިފަހުން ބާއްވާ މުޒާހަރާތަކާއި، ބާއްވާ ނޫސްވެރިންގެ ބައްދަލުވުންތަކުގައި ބޭއަދަބީ ބަސް ބޭނުން ކުރައްވާ ކަމަށް ބައެއް ފަރާތްތަކުން ދަނީ ތުހުމަތު ކުރަމުންނެވެ.

އެގޮތުން 26 ސެޕްޓެންބަރު 2020 ވީ ހޮނިހިރު ދުވަހުގެ ރޭ އަބްދުއްރަހީމް ވަނީ ލައިވް ޓީވީގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަށް ނިސްބަތްކޮށް އައުގުރާނަ ވެސް ގޮވާފައެވެ.

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ

21 ފެބުރުއަރީ 2017
ސުޕްރީމް ކޯޓުގެ ނިންމުމަކީ ފަހުގެ ނިންމުން، ގާޒީ މަރިޔަމްގެ މައްސަލާގައި އަޅަންޖެހޭ ފިޔަވަޅެއް ނެތް: ޖޭއެސްސީ
02 ފެބުރުއަރީ 2017

ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި

02 ފެބުރުއަރީ 2017
ފްލެޓްގެ މައްސަލާގައި ހައުސިން މިނިސްޓްރީއާ ދެކޮޅަށް ލުތުފީ ދައުވާކޮށްފި
30 ޖެނުއަރީ 2017

ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު

30 ޖެނުއަރީ 2017
ކާނަލް ނާޒިމް މައްސަލާގައި އދ. ގެ ނިންމުން ބަލައެއް ނުގަންނަން: ސަރުކާރު
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
26 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް

26 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އެމްޑީޕީން ހުށަހެޅި މައްސަލަ ހައިކޯޓަކަށް ނުބެލޭނެ: ދައުލަތް
24 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި

24 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސްއާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލަ ފަސްކޮށްފި
23 ޖެނުއަރީ 2017

ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ

23 ޖެނުއަރީ 2017
ކެންޑިޑޭޓުންގެ މައްސަލާގައި އިލެކްޝަންސް ކޮމިޝަނާ ދެކޮޅަށް އެމްޑީޕީން ހުށަހެޅި މައްސަލައިގެ އަޑުއެހުން މާދަމާ
14 ޖެނުއަރީ 2017

ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ

14 ޖެނުއަރީ 2017
ރިޔާސީ އިންތިހާބު ރައީސް ޔާމީނަށް ކާމިޔާބުކޮށްދިނުން ލާޒިމް: އަދުރޭ
13 ޖެނުއަރީ 2017

ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު

13 ޖެނުއަރީ 2017
ހާޑްޑިސްކުގެ މައްސަލާގައި ރައީސް މައުމޫނާ ސުވާލު ކުރަން ޖެހޭ ގާނޫނީ ހުއްޖަތެއް ނެތް: މައުމޫން ހަމީދު
07 ޖެނުއަރީ 2017

ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި

07 ޖެނުއަރީ 2017
ކެމިކަލް ޖެހި މައްސަލާގައި ހައްޔަރު ކުރި ދެމީހުންގެ ތެރެއިން އެކަކު ދޫކޮށްލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު