Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދައުލަތުގެ ދަރަނި ދެއްކުން

ދައުލަތުގެ އެތެރޭގެ ދަރަނި ދެއްކުން ފަސްކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދެނީ

އަންނަ އަހަރު ދައްކަން ހުރި ދަރަނީގެ 62.7 އިންސައްތަ ދަރަންޏަކީ އެތެރޭގެ ދަރަނި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 އޮކްޓޯބަރު 2020 | އާދީއްތަ 16:02
ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން ކުރިޔަށްގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން ކުރިޔަށްގެންދިޔަ މުޅި މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

2021 ވަނަ އަހަރުގައި ދައްކަންޖެހޭ ދައުލަތުގެ އެތެރޭގެ ދަރަނި ރޯލް-އޯވަރކޮށް، އެ ދަރަނި ދެއްކުން ފަސް ކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދުމަށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމައިފިއެވެ.

ދިވެހި ދައުލަތުގެ ދަރަނި އަނބުރާ ދެއްކުމާއި ގުޅޭ ގޮތުން މުޅި މަޖިލީހުގެ ކޮމިޓީގައި ވަނީ އެކަން ދިރާސާ ކޮށްފައެވެ. އެ ކޮމިޓީގެ ރިޕޯޓް އެކުލަވާލާފައިވާ އިރު ހޯމަ ދުވަހުގެ ޖަލްސާއަށް އެ ރިޕޯޓް ހުށަހެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

މި ރިޕޯޓަކީ 2013 ވަނަ އަހަރާއި 2018 ވަނަ އަހަރާ ދެމެދު ދައުލަތް ދަރަނިވެރިވެފައިވާ މިންވަރާއި އެދަރަނި ބެހެއްޓިފައިވާ ގޮތާއި އަދި ކުރިޔަށް އޮތް ތިން އަހަރުގައި އެ ދަރަނި އަނބުރާ ދެއްކުމަށް ދައުލަތުގެ އާމްދަނީ ޖާގަ ދޭނެ މިންވަރު ދެނެގަތުމުގައި އަމަލު ކުރާނެ ގޮތުގެ އިރުޝާދަކަށް ހުށަހެޅި މައްސަލައަކާއި ގުޅިގެން މުޅި މަޖިލީހުގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެކެވެ. މިމައްސަލަ ހުށަހަޅުއްވާފައި ވަނީ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

މި ރިޕޯޓްގައި ކޮމިޓީއަށް ފާހަގަވެފައިވާ މައިގަނޑު 15 ކަމަކާއި އަދި އިތުރަށް ކޮމިޓީއަށް ފާހަގަކުރެވުނު 11 ކަމަކާއެކު ޖުމްލަ 26 ކަމެއް ވަނީ ފާހަގަކޮށްފައެވެ. އެންމެ މުހިއްމު ކަމެއްގެ ގޮތުގައި ދައުލަތުގެ ދަރަނި މިހާރު ހުރީ 172 ބިލިއަން ރުފިޔާ ގައި ކަމެވެ.

އޭގެ އިތުރުން، ދޭދޭ ގައުމުތަކުން ނަގާފައިވާ ދަރަންޏާއި، ބައިނަލްއަގްވާމީ ޖަމިއްޔާ ޖަމާއަތްތަކުން ނަގާފައިވާ ދަރަންޏާއި ސަރުކާރު ހިއްސާސާ ކުންފުނިތަކާއި ދައުލަތުގެ ނަމުގައި ދޫކޮށްފައިވާ ގެރެންޓީގެ ދަރަނި ހިމެނެއެވެ. އަދި ސަރުކާރާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ނުދައްކާ ހުރި ބިލްތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އޯވަރޑްރާފްޓް އަދަދާއި އެމްއެމްއޭއިން ނަގާފައިވާ ލޯނާއި ގަނެފައިވާ ބޮންޑާއި އަދި ޓްރަޝަރީ ބިލުގެ އިތުރުން ސަރުކާރުން އެހެން ފަރާތްތަކަށް ވިއްކާފައިވާ ޓީ-ބިލް އަދި ބޮންޑުވެސް މީގެތެރޭގައި ހިމެނެއެވެ.

އާމްދަނީގެ ނިސްބަތުން ދަރަނި ދައްކަންޖެހޭ ގޮތުގެ ތަފްސީލަށް ބަލާއިރު 2021 ވަނަ އަހަރު އެ އަހަރަށް އަންދާޒާ ކޮށްފައިވާ އާމްދަނީއަށް ވުރެ އެ އަހަރު ދަރަނި އަނބުރާ ދައްކަން ބޭނުންވާ ޖުމްލަ އަދަދު 2،482.3 މިލިއަން ރުފިޔާ އިތުރުވާކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ. އަދި އަންނަ އަހަރު ދައްކަން ހުރި ދަރަނީގެ 62.7 އިންސައްތަ ދަރަންޏަކީ އެތެރޭގެ ދަރަނިކަން ވެސް ފާހަގަކޮށްފައި ވެއެވެ.

މިކަންކަމުގެ މައްޗަށް ރިއާޔަތްކޮށް ކޮމިޓީން ވަނީ 17 ހުށަހެޅުމެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި އަންނަ އަހަރު ދައްކަން ޖެހޭ އެތެރޭގެ ދަރަނި ރޯލް-އޯވަރކޮށް ދަރަނި ދެއްކުން ފަސްކުރުމަށް ފިނޭންސް މިނިސްޓްރީގައި އެދުމަށް ވަނީ ހުށަހަޅާފައެވެ.

އިތުރަށް ކިޔާލަން

11 މާރިޗު 2017

ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ

11 މާރިޗު 2017
ދިވެހި ދިދަ އަކީ ސަރުކާރުގެ ރަމްޒެއް ނޫން، ދައުލަތުގެ ރަމްޒެއް: އަދާލަތު ޕާޓީ
08 މާރިޗު 2017

ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!

08 މާރިޗު 2017
ރާއްޖެ ޓީވީގެ ރައްދު: ބްރޯޑްކޮމްގެ ނިންމުން އިންސާފުން ބޭރު، އެއީ ބިރު ދެއްކުން!
03 މާރިޗު 2017

ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި

03 މާރިޗު 2017
ދައުލަތުގެ ލިޔެކިޔުންތަކާއި ރިކޯޑްތައް ނައްތާލުމުގައި އަމަލު ކުރަންޖެހޭ ގޮތުގެ ގަވާއިދެއް އެކުލަވާލައިފި
14 ފެބުރުއަރީ 2017

ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް

14 ފެބުރުއަރީ 2017
ދައުލަތުގެ ތިޖޫރީ ޖުމްހޫރީ މައިދާނުގައި މީހުންނަށް ފެންނަ ގޮތަށް ބެހެއްޓުމަށް ގޮވާލަން: އަރީފް
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
01 ފެބުރުއަރީ 2017

މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ

01 ފެބުރުއަރީ 2017
މަސް ނިމުނުއިރު ދައުލަތުގެ ގިނަ މުވައްޒަފުންނަށް މުސާރައެއް ނުދޭ
31 ޖެނުއަރީ 2017

ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް

31 ޖެނުއަރީ 2017
ދައުލަތުގެ ވެރިން ޒިންމާދާރުކުރަން ކުރަންޖެހޭ ކޮންމެ ކަމެއް ފަސްޖެހުމެއްނެތި ރާއްޖެޓީވީން ކުރާނެ:ފިޔާޒް
29 ޖެނުއަރީ 2017

ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި

29 ޖެނުއަރީ 2017
ފިޔާޒުގެ ޝަރީއަތް: ދައުލަތުގެ ހެކިންގެ ހެކިބަސް ނަގައި ނިންމައިފި
26 ޖެނުއަރީ 2017

އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!

26 ޖެނުއަރީ 2017
އިބްތިހާލު މަރުގެ މައްސަލާގައި އިހުމާލުވި ދައުލަތުގެ ފަސް މުވައްޒަފުންގެ ޝަރީއަތް އާދިއްތަ ދުވަހު!
24 ޖެނުއަރީ 2017

އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ

24 ޖެނުއަރީ 2017
އައިހެވެން އަށް ޕްރޮޕޯސަލެއް ނުލިބޭ، ދަރަނި ކޮންޓްރޯލް ކުރާނަން:ޑރ ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް