Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޖަރުމަން ލީގު

ލެވަންޑޯސްކީގެ ހެޓްރިކާއެކު ބަޔާނަށް ބޮޑު މޮޅެއް

24 އޮކްޓޯބަރު 2020 | ހޮނިހިރު 16:47

ފްރެންކްފަޓް އަތުން ބަޔާން މޮޅުވީ 5-0 ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 24 އޮކްޓޯބަރު 2020 | ހޮނިހިރު 16:47
ބަޔާނާއި ފްރެންކްފަޓް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 5-0 ން

ބަޔާނާއި ފްރެންކްފަޓް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ބަޔާން މޮޅުވީ 5-0 ން

ޖަރުމަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އެއިންޓްރެކްޓް ފްރެންކްފަޓް އަތުން އެންމެ ފަހުން ޗެމްޕިއަން ބަޔާން މިއުނިކް ބޮޑު މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބަޔާން މޮޅުވީ 5-0 ނަތީޖާއަކުންނެވެ.

ބަޔާނުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެ ޓީމުން ލީޑު ނަގާފައިވަނީ މެޗު ފަށައިގެން 10 ވަނަ މިނެޓުގައެވެ. ކިންގްސްލީ ކޯމަނުގެ އެހީއާއެކު މި ލަނޑު ބަޔާނަށް ކާމިޔާބުކޮށްދިނީ ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ފޯވާޑް ރޮބަޓް ލެވަންޑޯސްކީއެވެ. އަދި މެޗުގެ 26 ވަނަ މިނެޓުގައި ޖޯޝުއާ ކިމިޗުގެ އެހީއާއެކު ލެވަންޑޯސްކީ ވަނީ ބަޔާނަށް ލީޑު ފުޅާކޮށްދީފައެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް ބަޔާނުން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 60 ވަނަ މިނެޓުގައި ޑަގްލަަސް ކޮސްޓާގެ އެހީއާއެކު ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ އޭނާގެ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. މިއީ މި ސީޒަނުގެ ޖަރުމަން ލީގުގައި މިހާތަނަށް ކުޅުނު ފަސް މެޗުގައި ލެވަންޑޯސްކީ ކާމިޔާބުކުރި 10 ވަނަ ލަނޑެވެ.

މި މެޗުގައި ބަޔާނުން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު މެޗުގެ 72 ވަނަ މިނެޓުގައި ލެރޯއި ސާނޭ ކާމިޔާބުކޮށްދިންއިރު، އެ ޓީމުގެ ފަސްވަނަ ލަނޑު އިތުރު ވަގުތުގައި ޖަހައިދިނީ ޖަމާލް މުސިއާލާއެވެ.

މި މޮޅާއެކު ތާވަލުގެ ދެވަނައިގައި އޮތް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން އާއި ތިންވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑަށްވެސް ވަނީ ކުޅުނު ފަސް މެޗުން 12 ޕޮއިންޓް ލިބިފައެވެ. ހޮނިހިރު ދުވަހުގެރޭ ޑޯޓްމުންޑުން ވަނީ އަމިއްލަ ދަނޑުގައި ޝާލްކާ އަތުން 3-0 ން މޮޅުވެފައެވެ.

މީގެ އިތުރުން ޖަރުމަން ލީގުގެ ތާވަލުގެ އެއްވަނައިގައި އޮތީ ހޮނިހިރު ދުވަހުގެރޭ ހާތާ ބާލިން އަތުން 2-1 ން މޮޅުވީ އާރްބީ ލެއިޕްޒީގެވެ. އެ ޓީމަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފައެވެ.

އިތުރަށް ކިޔާލަން

08 ފެބުރުއަރީ 2017

ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް

08 ފެބުރުއަރީ 2017
ފްރެންޗް ލީގް: ލޫކަސްގެ ލަނޑުން ޕީއެސްޖީ މޮޅުވިއިރު، މޮނާކޯ އަށްވެސް މޮޅެއް
06 ފެބުރުއަރީ 2017

ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް

06 ފެބުރުއަރީ 2017
ޕްރިމިއާ ލީގު: ސިޓީ ތިންވަނަ އަށް ޖެހުނުއިރު، ޔުނައިޓެޑަށް ބޮޑު މޮޅެއް
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް