Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހުޅުމާލޭ ހެދިކާ ޓެންޓުތަކުގެ މައްސަލަ

ހުޅުމާލޭ ހެދިކާ ޓެންޓުތަކާއި ގުޅޭ ގޮތުން އެޗްޑީސީން އާންމުންނާއި މަޝްވަރާ ކޮށްފި

24 އޮކްޓޯބަރު 2020 | ހޮނިހިރު 08:00

ތިން ސަރަހައްދެއްގައި ސްޓޯލް ގާއިމްކުރާނެ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 24 އޮކްޓޯބަރު 2020 | ހޮނިހިރު 08:00
ހުޅުމާލޭގައި ހެދިކާ ވިއްކަން ބަަހައްޓާފައިވާ ޓެންޓެއް

ހުޅުމާލޭގައި ހެދިކާ ވިއްކަން ބަަހައްޓާފައިވާ ޓެންޓެއް

ހުޅުމާލޭގައި ހުންނަ ހެދިކާ ޓެންޓުތަކާއި ގުޅިގެން އާއްމުންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭ ގޮތުން މަޝްވަރާ ބައްދަލުވުންތަކެއް ބާއްވައިފިއެވެ.

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި 75 ފަރާތަކުން ނަން ނޯޓް ކޮށްފައިވާ އިރު އެޗްޕީއޭގެ އުސޫލުތަކާއި އެއްގޮތަށް މި ފަރާތްތަކާއި އެކު މަޝްވަރާ ބައްދަލުވުންތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

Advertisement - newsAdvertisement

މި ބައްދަލުވުން ކުރިއަށް ދިޔަ ގޮތާއި ގުޅޭގޮތުން އެޗްޑީސީގެ އެސިސްޓަންޓް ޑިރެކްޓަރ ޝަބީން ވިދާޅުވީ ހެދިކާ ވިއްކާ ފަރާތްތަކުގެ ކަންބޮޑުވުންތައް އަޑުއަހާފައި ވާނެ ކަަމަށެވެ. އެގޮތުން ދުރު ހިސާބުތަކަށް ޓެންޓްތައް ބަދަލު ކުރަން ޖެހުމުން ކަންބޮޑުވުންތަކެއް ހުރި ކަމަށާއި އޭގެ ތެރޭގައި ފްލެޓްތައް ކައިރި ޓެންޓް ހުރުމުން ކުޑަކުދިން ކުޅެން ފޮނުވައިގެން ވެސް ހެދިކާ ވިއްކުމުގެ މަސައްކަތްކޮށްލެވޭ ކަމަށް އެ ފަރާތްތަކުން ފާހަގަ ކުރި ކަމަށެވެ.

އެހެންކަމުން ދުރު ހިސާބަށް ބަދަލުވެއްޖެ ނަމަ ކުދިންނާއި ދުރުގައި މި މަސައްކަތް ކުރަން ވުމުން އުނދަގޫތަކާއި ކުރިމަތި ވާނެ ކަމަށް އެ ފަރާތްތަކުން ފާހަގަ ކުރުމުން، އަލަށް ބަހައްޓާ ޓެންޓް ސަރަހައްދުތަކުގައި ކުދިންނަށް ކުޅެލެވޭނެ ސޭފް ޕްލޭ އޭރިއާއެއް ހިމަނަން މިހާރު ނިންމާފައިވާ ކަމަށް ޝަބީން ވިދާޅުވިއެވެ. އަދި މިގޮތަށް ޓެންޓްތައް ދުރު ސަރަހައްދުތަކަށް ބަދަލު ކުރި ނަމަވެސް ދެމެހެއްޓެނިވި ގޮތަކަށް މި މަސައްކަތް ކުރެވޭނީ ޤަވާއިދަތަކަށް ފައްތައިގެން ކަމަށް ޝަބީން ވިދާޅުވިއެވެ.

ހުޅުމާލޭ ފްލެޓް ސަރަހައްދުގައި އޮންނަ ހުސް ބިމުގައި ހަދާފައިވާ ޓެންޓުތަކުގައި ގިނަ ބަޔަކު އަންނަނީ ހެދިކާ ވިއްކަމުންނެވެ. ހުުޅުމާގެ އެކި ސަރަހައްދުތަކުގައި އެޗްޑީސީން ވަނީ 30 ޓެންޓެއް ޖަހާފައެވެ. އެ ޓެންޓުތަކުގެ މުއްދަތު ހަމަވެފައި ވާތީ އެ ތަންތަން މަރާމާތު ކުރަން ފަށައި ނަގަން މިދިޔަ މަހު އެޗްޑީސީން ނިންމިއެވެ. އެކަމަކު ރައްޔިތުންގެ ޝަކުވާތައް ލިބުމާއި، އަދި ޓެންޓުތައް ނަގައިފި ނަމަ ހެދިކާ ވިއްކާ ފަރާތްތަކުގެ އާމްދަނީ އަސަރު ކުރާނެތީވެ އެކަން އޮތީ މަޑުޖައްސާލާފައެވެ.

"ރާއްޖެއެމްވީ" އާ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މުނިސިޕަލްގެ ޑިރެކްޓަރ އާދަމް އަޒްމީ ވިދާޅުވީ، އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް ހެދިކާ ވިއްކޭ ގޮތަށް ތިން ސަރަހައްދެއްގައި ބޮޑެތި ޓެންޓުތަކެއް ބެހެއްޓުމުގެ ޕްލޭންއެއް ރާވަމުންދާ ކަމަށެވެ. މީގެ ކުރިން ޓެންޓުތައް ހުސް ކުރަން އެންގީ އެއްވެސް ބައެއްގެ ވިޔަފާރިއަށް ހުރަސް އަޅާ ނުވަތަ ގެއްލުން ދިނުމުގެ މަގްސަދުގައި ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އެޗްޑީސީން ބުނީ، އެ ކޯޕަރޭޝަންގެ ބެލުމުގެ ދަށުން ޓެންޓްތަކެއް ބެހެއްޓުމުން ހެދުމުގެ އެޗްޕީއޭގެ ގައިޑްލައިންތަކަށް އަމަލު ކުރެމުންދޭތޯ ވެސް އިތުރަށް މޮނިޓަރ ކުރެވިގެން ދާނެ ކަމަށެވެ.

މިހާރެކޭ އެއްގޮތަށް ހެދިކާ ވިއްކާ ފަރާތްތަކުން ބޭނުން ވަނީ ފްލެޓްތައް ކައިރީގައި ރަނގަޅު ފެންވަރުގެ ޓެންޓްތައް ބަހައްޓައި ދިނުން ކަމަށްވީ ނަމަވެސް އެ ފަރާތްތަކުން މި ޤަވާއިދުގެ ތެރެއިން ކަންކަން ކުރިއަށް ގެންދިއުމަށް އެއްބާރުލުން ދޭން ތައްޔާރަށް ތިބި ކަމަށް އެޗްޑީސީން ބުންޏެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި
20 ޖެނުއަރީ 2017

މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި

20 ޖެނުއަރީ 2017
މާލޭގައި މަރުވާ މީހުން ހުޅުމާލޭގައި ވަޅުލާ ގޮތަށް އަނެއްކާ ވެސް ހަމަޖައްސައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
15 ޖެނުއަރީ 2017

ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ

15 ޖެނުއަރީ 2017
ހަލް އިންޝުއަރެންސްއާ ގުޅޭގޮތުން އެމްއެމްއޭގެ އަމަލްތަކަށް ޓްރާންސްޕޯޓުން ކަންބޮޑުވެއްޖެ
15 ޖެނުއަރީ 2017

އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!

15 ޖެނުއަރީ 2017
އާއްމު އިއުލާންތައް އެ އޮފީހަކުން، ގާނޫނީ ގޮތުން ގެޒެޓްކުރެވޭ ލިޔުންތައް ރައީސް އޮފީހުން!
09 ޖެނުއަރީ 2017

ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ

09 ޖެނުއަރީ 2017
ހުޅުމާލޭގައި ހިނގި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ ވަރަށް ބޮޑަށް ވަނީ ރަނގަޅުވެފައި:އޭޑީކޭ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް