Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔޮވިޗަށް ފިޔަވަޅު އަޅަން ނިންމުން

ރެއާލުގެ ޔޮވިޗަށް ހަ މަހުގެ ޖަލު ހުކުމެއް؟

23 އޮކްޓޯބަރު 2020 | ހުކުރު 16:46

ޔޮވިޗް ވަނީ އައިސޮލޭޝަން ގަވާއިދާ ޚިލާފަށް ސާބިއާގެ ވެރިރަށް ބެލްގްރޭޑުގެ މަގުމަތީގައި އުޅެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 އޮކްޓޯބަރު 2020 | ހުކުރު 16:46
ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާބިއާގެ ޒުވާން ފޯވާޑް ލޫކާ ޔޮވިޗް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާބިއާގެ ޒުވާން ފޯވާޑް ލޫކާ ޔޮވިޗް

ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ސާބިއާގެ ޒުވާން ފޯވާޑް ލޫކާ ޔޮވިޗަށް ހަ މަހުގެ ޖަލު ހުކުމެއް އައިސްފާނެ ކަމުގެ ބިރުބޮޑުވެއްޖެއެވެ.

މި އަހަރުގެ މާޗު މަހުގެ ތެރޭގައި ޔޮވިޗް ވަނީ އޭނާގެ އުފަން ގައުމު ސާބިއާއަށް ގޮސްފައެވެ. އެހެންކަމުން ދެ ހަފުތާއަށް އަމިއްލަ ގޭގައި އައިސޮލޭޓްވާން ޔޮވިޗަށް އަންގާފައިވީ ނަމަވެސް، ޔޮވިޗް އޭނާގެ ރައްޓެހިންނާއެކު ސާބިއާގެ ވެރިރަށް ބެލްގްރޭޑުގެ މަގުމަތީގައި އުޅުނު ކަމަށް އެ ގައުމުގެ މީޑިއާތަކުން އޭރު ރިޕޯޓުކުރިއެވެ.

އެހެންކަމުން އެ މައްސަލަ ސާބިއާގެ ޕްރޮސެކިއުޓަރުން މިހާރު ބަލަމުން އަންނައިރު، އެ މައްސަލައިގައި ހަ މަހުގެ ޖަލު ހުކުމެއް ކުރުމަށް ޕްރޮސެކިއުޓަރުން އެދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ ޔޮވިޗް ސާބިއާއަށް އައީ އެ ވަގުތު ކޮވިޑް-19 ގެ ނުރައްކާ އެންމެ ބޮޑު އެއް ގައުމު ކަމަށްވާ ސްޕެއިނުން ކަމަށްވެފައި، ލޮކްޑައުން ގަވާއިދާ ޚިލާފަށް އޭނާ ބޭރުގައި އުޅުމުންނެވެ. އަދި ހަ މަހުގެ ޖަލު ހުކުމެއް ކުރުމަށް ކޯޓުގައި އެދުމަށް ޕްރޮސެކިއުޓަރުން ނިންމީ ގަވާއިދާ ޚިލާފުވުމުން 30،000 ޔޫރޯގެ ޖޫރިމަނާއެއް ދެއްކުމަށް އެންގުމާއެކުވެސް، އެ ޖޫރިމަނާ ޔޮވިޗް ނުދެއްކުމުން ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

ސްޕެއިން ދޫކޮށް ސާބީއާއަށް ދިޔުމުން މީގެ ކުރިން ރެއާލުންވެސް ވަނީ ޔޮވިޗް ޖަވާބުދާރީ ކުރުވާފައެވެ. މާޗު މަހުގެ ކުރީކޮޅު ރެއާލުގެ ބާސްކެޓްބޯޅަ ޓީމުގެ ކުޅުންތެރިއަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު، ޔޮވިޗް ސްޕެއިން ދޫކޮށް ސާބިއާއަށް ދިޔައީ ރެއާލުގެ ފުޓްބޯޅަ ޓީމުގެ ހުރިހާ ކުޅުންތެރިންވެސް 14 ދުވަހުގެ މުއްދަތައް ކަރަންޓީނުވާން އަންގާފައި ވަނިކޮށެވެ.

އެހެންކަމުން އެ ފަހަރު ޔޮވިޗް ވަނީ އޭނާގެ ފަރާތުން ފެނުނު ކަންކަމަށް މާފަށްވެސް އެދިފައެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާން އިން ޓެރަރިސްޓް ގުރޫޕަކާ ދެކޮޅަށް ވަރުގަދަ އޮޕަރޭޝަނެއް ހިންގައިފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

5

ނަތަންޔާހޫގެ ދަރިފުޅުގެ ފުރާނައަށް ނުރައްކާއޮތް ކަމަށް ބުނެ އެމެރިކާއިން ކުއްލިގޮތަކަށް ސިއްރުން ބޭރުކޮށްފި

އިތުރަށް ކިޔާލަން

15 މެއި 2018

ނޮވެމްބަރު މަހުގެ ކުރިން ޗެމްބަލިންއަށް ނުކުޅެވޭނެ

15 މެއި 2018
ނޮވެމްބަރު މަހުގެ ކުރިން ޗެމްބަލިންއަށް ނުކުޅެވޭނެ
06 އެޕްރީލު 2018

ޖަލު ގޮޅި އިހުތިޔާރުކޮށްފިނަމަ ރޮނާލްޑޯއަށް އަދަބު ލުއިކޮށް ދެނީ

06 އެޕްރީލު 2018
ޖަލު ގޮޅި އިހުތިޔާރުކޮށްފިނަމަ ރޮނާލްޑޯއަށް އަދަބު ލުއިކޮށް ދެނީ
03 ޑިސެމްބަރު 2017

އުރީދޫ "ކަލާ ރަން" މި މަހުގެ 8 ވަނަ ދުވަހު

03 ޑިސެމްބަރު 2017
އުރީދޫ "ކަލާ ރަން" މި މަހުގެ 8 ވަނަ ދުވަހު
04 ނޮވެމްބަރު 2017

ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފި

04 ނޮވެމްބަރު 2017
ނަވާޒް ޝަރީފްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނުގެ ދެ ދައުވާގެ އަޑުއެހުންތައް ނޮވެމްބަރު މަހުގެ 7 އާ ޖެހެންދެން މެދުކަނޑާލައިފި
29 ސެޕްޓެމްބަރު 2017

ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހު

29 ސެޕްޓެމްބަރު 2017
ދިވެހި ޕްރިމިއާ ލީގުގެ ދެވަނަ ބުރުގެ ކުޅުން ފަށާނީ އަންނަ މަހުގެ 14 ވަނަ ދުވަހު
21 ޖޫން 2017

ޖަލު ހުކުމުން ސަލާމަތްވުމަށް ޑިމަރިއާ އަށް 1.7 މިލިއަން ޕައުންޑުގެ ޖޫރިމައިނާއެއް

21 ޖޫން 2017
ޖަލު ހުކުމުން ސަލާމަތްވުމަށް ޑިމަރިއާ އަށް 1.7 މިލިއަން ޕައުންޑުގެ ޖޫރިމައިނާއެއް
22 މެއި 2017

ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި

22 މެއި 2017
ވެންގާގެ މުސްތަޤްބަލާ މެދު ގޮތެއް ނިންމުން މިމަހުގެ 27 ގައި
09 މެއި 2017

ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި

09 މެއި 2017
ރާއްޖޭގައި ބޭއްވޭ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ ބާސްކެޓްބޯޅަ މުބާރާތް، މިމަހުގެ 19 އިން 23 އަށް މާލޭގައި
04 އެޕްރީލު 2017

ބޮޑު ބަދަލުތަކަކާ އެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު

04 އެޕްރީލު 2017
ބޮޑު ބަދަލުތަކަކާ އެކު އޮފީސް ބިލިއަޑް މުބާރާތް މެއި މަހުގެ 6 ވަނަ ދުވަހު
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް