Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެމްއެމްއޭގެ ބިޒްނަސް ސަރވޭ

ތިންވަނަ ކުއާޓަރުގައި އިމާރާތް ކުރުމުގެ ދާއިރާ ފިޔަވައި، އެހެން ސިނާއަތްތައް ކުރިއެރި: އެމްއެމްއޭ

104 ކުންފުންނަކުން މި ސާވޭގައި ބައިވެރިވެފައިވޭ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު, ރާއްޖެ އެމްވީ | 23 އޮކްޓޯބަރު 2020 | ހުކުރު 18:05
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)

2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭގެ ނަތީޖާއަށް ބަލާއިރު، ޖުމްލަ ގޮތެއްގައި އިމާރާތް ކުރުމުގެ ދާއިރާ ފިޔަވާ، ސަރވޭގައި ހިމެނޭ ހުރިހާ ސިނާއަތްތައް ދެވަނަ ކުއާޓަރާ އަޅާ ބަލާ އިރު ކުރިއަރާފައިވާ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.

އެމްއެމްއޭއިން ބުނީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރަކު ހަތަރު ފަހަރު އެމްއެމްއޭއިން ހިންގަމުން ގެންދާ ބިޒްނަސް ސަރވޭ އަކީ، އިގްތިސާދުގައި ހިމެނޭ މުހިންމު ހަތަރު ދާއިރާކަމުގައިވާ ފަތުރުވެރިކަން، އިމާރާތް ކުރުން، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތައް، ހޯލްސޭލް އަދި ރީޓެއިލް ސިނާއަތުގައި ހަރަކާތްތެރިވާ ބޮޑެތި ވިޔަފާރިތަކުން ކުރުމުއްދަތުގެ ތެރޭގައި އައިސްފައިވާ ބަދަލުތަކާއި ދެކޭ ގޮތް، ދެނެގަތުމުގެ ގޮތުން ހިންގޭ ސަރވޭއެއް ކަމަށެވެ.

Advertisement - businessAdvertisement

މި ސަރވޭގެ މަގްސަދަކީ ކުރު މުއްދަތުގައި އިގްތިސާދަށް އަންނަމުންދާ އަދި އަތުވެދާނެ ކަމަށް ލަފާކުރެވޭ ބަދަލުތައް އަވަސް މުއްދަތެއްގެ ތެރޭގައި ދެނެގަނެ، ސިޔާސަތުތައް ކަނޑައެޅުމުގައި އެހީތެރިވެ ދިނުމެވެ.

2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ބިޒްނަސް ސާވޭ ކުރިއަށް ގެންގޮސްފައި ވަނީ 2020 ވަނަ އަހަރުގެ ސެޕްޓެމްބަރު 30 އިން އޮކްޓޫބަރު 13 ގެ ނިޔަލަށެވެ.

އެގޮތުން، ފަތުރުވެރިކަން، އިމާރާތް ކުރުން، ދަތުރުފަތުރާއި މުއާސަލާތީ ޚިދުމަތްތަކާއި ހޯލްސޭލް އަދި ރީޓެއިލް ހިމެނޭ ގޮތަށް ހަތަރު ސިނާއަތަކުން ޖުމްލަ 175 ބޮޑެތި ކުންފުންޏަކަށް މި ސަރވޭގައި ބައިވެރިވުމަށް ފޯމު ފޮނުވާފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.

މީގެ ތެރެއިން 104 ކުންފުންނަކުން މި ސަރވޭގައި ބައިވެރިވެފައި ވެއެވެ. އެގޮތުން 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގެ ބިޒްނަސް ސަރވޭގެ ނަތީޖާއަށް ބަލާއިރު، ޖުމްލަ ގޮތެއްގައި އިމާރާތް ކުރުމުގެ ދާއިރާ ފިޔަވާ، ސަރވޭގައި ހިމެނޭ ހުރިހާ ސިނާއަތްތައް ވެސް ދެވަނަ ކުއާޓަރާ އަޅާ ބަލާއިރު ވަނީ ކުރިއަރާފައެވެ.

މީގެ ސަބަބެއް ކަމުގައި ބެލެވެނީ، މި ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އަޅާފައިވާ ފުރަބަންދުގެ ފިޔަވަޅުތަކަށް ޖޫން މަހުން ފެށިގެން ލުއިތައް ދެވެން ފެށުން ކަމަށާއި 15 ޖުލައިގައި ދިވެހިރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލުމާ ގުޅިގެން ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރަން ފެށުން ކަމަށް ސަރވޭގައި ވަނީ ބުނެފައެވެ.

މި ސަރވޭ އަމާޒު ކޮށްފައިވާ ސިނާއަތްތަކުގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންގެ އަދަދުތައް 2020 ވަނަ އަހަރުގެ ތިންވަނަ ކުއާޓަރުގައި ވަނީ އިތުރަށް ދަށްވެފައެވެ. ނަމަވެސް، މުވައްޒަފުންގެ އަދަދު މަދުވަމުންދާ މިންވަރު މި ކުއާޓަރުގައި މަޑު ޖެހިފައިވާ ކަން އެމްއެމްއޭއިން ވަނީ ފާހަގަ ކޮށްފައެވެ.

މީގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި، ކޯވިޑް-19 ގެ ބަލިމަޑުކަން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވެން ފެށުމާއި އެކު، ވިޔަފާރިތަކުގެ ހަރަކާތްތަކާއި އާމްދަނީ އިތުރުވެ، ޚަރަދު ކުޑަކުރުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިތައް ދެވެން ފެށުން ކަމަށް ވެސް ސާރވޭގައި ވަނީ ބުނެފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު އިތުރުކުރުމުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ރަތަށް!

19 ފެބުރުއަރީ 2018
ދިރާގަށް ހަތަރު ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 200 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

ދިރާގަށް ހަތަރު ވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 200 މިލިއަން އަށް ވުރެ ގިނަ ރުފިޔާ ލިބިއްޖެ

31 ޖެނުއަރީ 2018
ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު އެއް ތަނަކުން ލިބޭނެ އެޕްލިކޭޝަނެއް ތައާރަފުކޮށްފި

29 ޖެނުއަރީ 2018
ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ޗާންދަލިޔާ

ސްލިމް ފިޓިންގެ ޕީޕީއާރް އޮރިޖަނަލް ފެހި ހޮޅީގެ ސަބަބުން ފެންވައިރު ކުރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ: ޗާންދަލިޔާ

09 ޖެނުއަރީ 2018
މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި

މި އަހަރު އެކި ފެއަރތަކުގައި ބައިވެރިވާ، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމްއެމްޕީއާރްސީ އިން ބައްދަލުކޮށްފި

08 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު