Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޔޫރޮޕާ ލީގު

އާސެނަލާއި ޓޮޓެންހަމުން ފެށުން ރަނގަޅުކޮށްފި

23 އޮކްޓޯބަރު 2020 | ހުކުރު 08:29

އާސެނަލް މޮޅުވީ ރެޕިޑް ވިއެން އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 23 އޮކްޓޯބަރު 2020 | ހުކުރު 08:29
ރެޕިޑް ވިއެން އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-1 ން

ރެޕިޑް ވިއެން އާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން އާސެނަލް މޮޅުވީ 2-1 ން

ޔުއެފާ ޔޫރޮޕާ ލީގުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޓޮޓެންހަމް ހޮޓްސްޕާވެސް މޮޅުވެއްޖެއެވެ.

އާސެނަލް މޮޅުވީ ރަށުން ބޭރުގައި ފަހަތުން އަރައި ރެޕިޑް ވިއެން އަތުން 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން ހަވަނަ މިނެޓުގައި ރެޕިޑް ވިއެނުން ވަނީ ލީޑު ނަގާފައެވެ. އާސެނަލުގެ ގޯލްކީޕަރު ބާން ލެނޯއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި މި ލަނޑު ރެޕިޑް ވިއެނަށް ކާމިޔާބުކޮށްދިނީ ޓަކްސިއާކިސް ފޯންޓަސްއެވެ.

މެޗުގައި އާސެނަލުން ނަތީޖާ އެއްވަރުކޮށްފައިވަނީ 70 ވަނަ މިނެޓުގައި ޑެވީޑް ލުއިޒް ކާމިޔާބުކުރި ލަނޑުންނެވެ. އަދި އޭގެ ހަތަރު މިނެޓު ފަހުން އާސެނަލުގެ ކެޕްޓަން ޕިއޭ-އެމެރިކް އޮބާމަޔަން ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ.

އާސެނަލުން އަތުން އަމިއްލަ ދަނޑުގައި ރެޕިޑް ވިއެން ބަލިވިއިރު، މިއީ މިދިޔަ އަށް އަހަރު ތެރޭ ޔޫރޮޕާ ލީގުގެ ގްރޫޕް ސްޓޭޖު މެޗަކުން އަމިއްލަ ދަނޑުގައި ރެޕިޑް ވިއެން ބަލިވި ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ލާސްކް އަތުން 3-0 ގެ ނަތީޖާއަކުންނެވެ.

ގަރެތު ބޭލް މުޅިން އަލަށް ފުރަތަމަ އެގާރައިގައި ހިމަނައިގެން ކުޅުނު ޓޮޓެންހަމުން އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ލީޑު ނަގާފައިވަނީ މެޗުގެ 18 ވަނަ މިނެޓުގައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކަސް މޯރާއެވެ. އަދި މެޗުގެ 27 ވަނަ މިނެޓުގައި ޓޮޓެންހަމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މިއީ ލާސްކްގެ އަންދްރެސް އަންޑްރާޑޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މެޗުގައި ޓޮޓެންހަމުން ކާމިޔާބުކުރި ތިންވަނަ ލަނޑު އެ ޓީމުން ޖަހާފައިވަނީ މެޗު ނިމެން ހަ މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މި ސީޒަނުގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ސޮން ހުއެން-މިންއެވެ.

މީގެ އިތުރުން ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗުން ލެސްޓާ ސިޓީ ޒޯރްޔާ ލުހަންސްކް އަތުން 3-0 ން މޮޅުވެފައެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި

28 މެއި 2017
ރަމްޟާން ކްރިކެޓް ކާނިވަލް 2017: މޯޑަސް އޮޕަރަންޑީ އާއި ޝުގަރްކޯން ފެށުން ރަނގަޅުކޮށްފި
19 މެއި 2017

ސާބާ ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި

19 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: ނޭޕާލް ބަލިކޮށް ބަންގްލަދޭޝް ފެށުން ރަނގަޅުކޮށްފި
15 އެޕްރީލު 2017

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: މަހިބަދޫން ފެށުން ރަނގަޅުކޮށްފި

15 އެޕްރީލު 2017
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: މަހިބަދޫން ފެށުން ރަނގަޅުކޮށްފި
02 އެޕްރީލު 2017

ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި

02 އެޕްރީލު 2017
ޓޮޓެންހަމުން ޗެލްސީއާ ދެމެދު އޮތް ފަރަގު ހަތް ޕޮއިންޓަށް ކުޑަކޮށްފި
01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
31 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

31 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
23 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި

23 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް 2017: ފަހަތުން އަރައި ކުރިނބީ ބަލިކޮށް ކުޅުދުއްފުށި ފެށުން ރަނގަޅުކޮށްފި
14 މާރިޗު 2017

އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި

14 މާރިޗު 2017
އޭއެފްސީ ކަޕް: އަބަހާނީ ބަލިކޮށް މާޒިޔާގެ ފެށުން ރަނގަޅުކޮށްފި
08 ފެބުރުއަރީ 2017

ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި

08 ފެބުރުއަރީ 2017
ދެވަނަ އެމްބީއޭކަޕް: އެލްޓީ އާއި ސްޓްރިންގާސް އިން ފެށުން ރަނގަޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް