Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކެޕާ ހޯދަން މަސައްކަތް ކުރުން

ލޯނު އުސޫލުން ކެޕާ ހޯދުމަށް ސެވިއްޔާއިން މަސައްކަތް ކުރަނީ

22 އޮކްޓޯބަރު 2020 | ބުރާސްފަތި 11:50

ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރަކީ މެންޑީ ކަމަށް ލަމްޕާޑް ވަނީ ބުނެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 11:50
ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ

ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ

ލޯނު އުސޫލުން ޗެލްސީއަށް ކުޅެމުން އަންނަ ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރު ސްޕެއިނުގެ ކެޕާ އަރިއްޒަބަލާގާ ހޯދުމަށް ސެވިއްޔާއިން މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.

ދުނިޔޭގެ އެންމެ އަގުބޮޑު ގޯލްކީޕަރުގެ ގޮތުގައި 2018 ވަނަ އަހަރު ކެޕާ ޗެލްސީއަށް ބަދަލުވީ 71.6 މިލިޔަން ޕައުންޑުގެ ފީއަކަށެވެ. އެކަމަކު ޗެލްސީން ކުޅުނު ގިނަ މެޗުތަކުގެ ކެޕާގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިފައިވާއިރު، ކެޕާއަށް ޗެލްސީގެ ސަޕޯޓަރުންވެސް ނުރުހެއެވެ.

އެއާއެކު މި ނިމުނު ޓްރާންސްފާގައި ޗެލްސީން ވަނީ ރެނެސްއަށް ކުޅެމުން އައި ސެނެގާލުގެ ގޯލްކީޕަރު އެޑޮއާޑް މެންޑީގެ ސޮއި ހޯދާފައެވެ. އަދި ދާދި ފަހުން ޗެލްސީގެ ކޯޗު ފްރޭންކް ލަމްޕާޑް ވަނީ އެ ޓީމުގެ އެއް ނަންބަރު ގޯލްކީޕަރަކީ މެންޑީ ކަމަށް ބުނެފައެވެ.

އެހެންކަމުން ޗެލްސީ ދޫކޮށްލަން އުމުރުން 26 އަހަރުގެ ކެޕާ ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. އެއާއެކު ސެވިއްޔާއިން އަންނަނީ ކެޕާ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. ސްޕެއިނުގެ ރިޕޯޓުތައް ބުނާ ގޮތުން އަންނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ލޯނު އުސޫލުން ކެޕާ ގެންދިޔުމަށް ސެވިއްޔާއިން ވަނީ ޗެލްސީގައި އެދިފައެވެ. އަދި ޗެލްސީން ކެޕާ ދޫކޮށްލާނެ ކަމަށްވެސް ވަނީ ރިޕޯޓުކޮށްފައެވެ.

ޗެލްސީގެ އެއް ނަންބަރު ގޯލްކީޕަރަކީ މެންޑީ ކަމަށް ލަމްޕާޑް ބުނެފައިވީ ނަމަވެސް، މީގެ ކުރިން އޭނާ ވަނީ ކެޕާއާ މެދު މީޑިއާއިން އަމަލުކުރަމުން އަންނަނީ ރަނގަޅަކަށް ނޫން ކަމަށް ބުނެފައެވެ. އަދި ކެޕާ ދެން މި ސީޒަނުގައި ޗެލްސީގެ ގޯލުން ނުފެންނާނެ ކަމަށް ނުބުނާނެ ކަމަށާއި، ކެޕާއަށް ޗެލްސީގައި ފުރުސަތު އޮންނާނެ ކަމަށްވެސް ލަމްޕާޑް ބުންޏެވެ.

ކެޕާއަށް ގިނަ ބައެއްގެ ފާޑިކިޔުން އަމާޒުވެފައިވާއިރު، އިނގިރޭސި ޕްރިމިއާ ލީގަށް ޗެލްސީން އެކުލަވާލި 25 ކުޅުންތެރިންގެ ސްކޮޑުގައި މިދިޔަ އަހަރު ފުޓްބޯޅައިން ރިޓަޔާކުރި އުމުރުން 38 އަހަރުގެ ގޯލްކީޕަރު ޕީޓާ ޗެކްވެސް ވަނީ ހިމަނާފައެވެ.

އެތުލެޓިކް ބިލްބާއޯ ދޫކޮށް 2018 ވަނަ އަހަރު ޗެލްސީއާ ގުޅުނު ކެޕާ ވަނީ އެ ޓީމަށް 98 މެޗު ކުޅެދީ، އެ ޓީމާއެކު ޔުއެފާ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި

04 ފެބުރުއަރީ 2017
ޓުރާން ހޯދުމަށް ޗައިނާގެ ކްލަބަކުން 100 މިލކިއަން ޔޫރޯ ހުށަހަޅައިފި
03 ފެބުރުއަރީ 2017

ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި

03 ފެބުރުއަރީ 2017
ލަމްޕާޑް ރިޓަޔާކުރުމުގެ ކުރިން ސްވަންސީން އޭނާ ހޯދުމަށް މަސައްކަތްކުރި
03 ފެބުރުއަރީ 2017

އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ

03 ފެބުރުއަރީ 2017
އާސެނަލް އިން ދެފަހަރެއްގެ މަތިން ކަންޓޭ ހޯދުމަށް މަސައްކަތްކުރި: ވެންގާ
02 ފެބުރުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި

02 ފެބުރުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން އެޓުލެޓިކޯއާއެކު އެއްބަސްވުން ހަދައިފި
31 ޖެނުއަރީ 2017

ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި

31 ޖެނުއަރީ 2017
ގްރިޒްމަން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޔޫރޯ ހުށަހަޅައިފި
19 ޖެނުއަރީ 2017

ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި

19 ޖެނުއަރީ 2017
ޓޫރޭ ހޯދުމަށް ޗައިނާ ކްލަބަކުން ހުށަހެޅި ބިޑަށް އޭނާ ނޫނެކޭ ބުނެފި
18 ޖެނުއަރީ 2017

ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި

18 ޖެނުއަރީ 2017
ޑިޕޭ ހޯދުމަށް ލިޔޯން އިން ހުށަހެޅި ބިޑް ޔުނައިޓެޑުން ރިޖެކްޓްކޮށްލައިފި
04 ޖެނުއަރީ 2017

ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!

04 ޖެނުއަރީ 2017
ކޭން ހޯދުމަށް ޔުނައިޓެޑުން 80 މިލިއަން ޕައުންޑު ހުށަހަޅަނީ!
04 ޖެނުއަރީ 2017

ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!

04 ޖެނުއަރީ 2017
ވިލިއަން ހޯދުމަށް ޔުނައިޓެޑުން މަސައްކަތްކުރަނީ!
04 ޖެނުއަރީ 2017

ވެރާޓީ ހޯދުމަށް ޗެލްސީން 30 މިލިއަން ޕައުންޑު ހުށަހަޅައިފި

04 ޖެނުއަރީ 2017
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް