Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޔުއެފާ ޗެމްޕިއަންސް ލީގު

ލިވަޕޫލާއި ސިޓީން ފެށުން ރަނގަޅުކޮށްފި

އަޔަކްސް އަތުން ލިވަޕޫލް މޮޅުވީ 1-0 ގެ ނަތީޖާއަކުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 22 އޮކްޓޯބަރު 2020 | ބުރާސްފަތި 05:18
އަޔަކްސް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 1-0 ން

އަޔަކްސް އާއި ލިވަޕޫލް ބައްދަލުކުރި މެޗުގެ ތެރެއިން: މި މެޗުން ލިވަޕޫލް މޮޅުވީ 1-0 ން

ޔުއެފާ ޗެމްޕިއަންސް ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި މެންޗެސްޓާ ސިޓީވެސް މޮޅުވެއްޖެއެވެ.

ގްރޫޕް ޑީގައި ހިމެނޭ ލިވަޕޫލް މޮޅުވީ އަޔަކްސް އަތުން 1-0 ންނެވެ.

މި މެޗުގައި ލިވަޕޫލުން ކުޅެފައިވަނީ އަނިޔާގެ ސަބަބުން މުހިންމު ކުޅުންތެރިންތަކެއް ނުލައެވެ. އެގޮތުން ލިވަޕޫލުގެ ތަޖުރިބާކާރު ޑިފެންޑަރު ވާޖިލް ވެން ޑައިކަށް އަނިޔާގެ ސަބަބުން މި ސީޒަނުގައި ދެން ނުކުޅެވޭނެކަން ގާތްގަނޑަކަށް ކަށަވަރުވެފައިވާއިރު، އެއްވަނަ ގޯލްކީޕަރު އެލިސަން ބެކާ އާއި މިޑްފީލްޑަރު ތިއާގޯ އަލްކަންޓާރާގެ އިތުރުން ޑިފެންޑަރު ޖޮއެލް މަޓިޕަށްވެސް ވަނީ އަނިޔާވެފައެވެ.

ލިވަޕޫލުގެ ދަނޑުގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާތަކެއް އުފައްދާފައެވެ. އެކަމަކު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ލިވަޕޫލުން ކާމިޔާބުކޮށްފައިވަނީ މެޗުގެ 35 ވަނަ މިނެޓުގައެވެ. މި ލަނޑަކީ އަޔަކްސްގެ ޑިފެންޑަރު ނިކޮލަސް ޓަގްލިއަފީކޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

އެކަމަކު އޭގެ ފަހުން ފުރަތަމަ ހާފު ނިމެން ގާތްވެފައި ވަނިކޮށް އަޔަކަސްއިން ވަނީ ނަތީޖާ އެއްވަރުކުރުމާ ގާތަށް ޖެހިލާފައެވެ. އެގޮތުން އަޔަކްސްގެ ކެޕްޓަން ޑޫސަން ޓަޑިޗް ފޮނުވާލި ބޯޅައެއް ލިވަޕޫލުގެ ޑިފެންޑަރު ފަބީނިއޯ ވަނީ ގޯލު ރޮނގުމަތިން ސަލާާމަތް ކޮށްފައެވެ.

އަދި ދެވަނަ ހާފު ފަށައިގެން ދެވަނަ މިނެޓުގައި އަޔަކްސްގެ ޑޭވީ ކްލާސެން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، އަޔަކްސްގެ ކުއިންސީ ޕްރޮމެސް ފޮނުވާލި ހަމަލާއެއް ލިވަޕޫލް ގޯލްކީޕަރު އޭޑްރިއަން ވަނީ މަތަކޮށްފައެވެ.

ގްރޫޕް ޑީގައި ކުޅުނު ފުރަތަމަ މެޗުން ލިވަޕޫލް މޮޅުވިއިރު، ބުދަ ދުވަހުގެރޭ މި ގްރޫޕުގައި ހިމެނޭ އެޓަލާންޓާ ވަނީ މިޗީލޭންޑް އަތުން ފަސޭހަކަމާއެކު 4-0 ން މޮޅުވެފައެވެ.

މީގެ އިތުރުން ގްރޫޕް ސީގައި ހިމެނޭ މެންޗެސްޓާ ސިޓީ މޮޅުވީ ޕޯޓޯ އަތުން ފަހަތުން އަރައި 3-1 ންނެވެ.

ސިޓީގެ ދަނޑުގައި ކުޅުނު މި މެޗުގެ 14 ވަނަ މިނެޓުގައި އެންމެ ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ޕޯޓޯއިންނެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި މި ލަނޑު ޕޯޓޯއަށް ކާމިޔާބުކޮށްދިނީ ލުއިސް ޑިއާސްއެވެ. އެކަމަކު އޭގެ ހަ މިނެޓު ފަހުން ޕެނަލްޓީއަކުން ސާޖިއޯ އަގުއޭރޯ ވަނީ ސިޓީއަށް ނަތީޖާ އެއްވަރުކޮށްދީފައެވެ. މިއީ ސިޓީގެ ރަހީމް ސްޓާލިންއަށް އޭރިއާ ތެރެއިން ޕޯޓޯގެ ޕެޕޭ ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގައި ސިޓީން ލީޑު ނެގީ 65 ވަނަ މިނެޓުގައި އިލްކާއި ގުންޑޮގާން ކާމިޔާބުކުރި ލަނޑުންނެވެ. އަދި 73 ވަނަ މިނެޓުގައި ސިޓީގެ ލީޑު ފުޅާކޮށްދިނީ މި ސީޒަނުގައި އެ ޓީމާ އަލަށް ގުޅުނު ފެރާން ޓޮރޭސްއެވެ.

ޕޯޓޯ ބަލިކޮށް ސިޓީން ފެށުން ރަނގަޅުކުރިއިރު، މި ގްރޫޕުގައި ދެން ކުޅުނު މެޗުން އޮލިމްޕިއާކޯސް ވަނީ 1-0 ން މާސޭ ބަލިކޮށްފައެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި

01 މެއި 2017
ނަވާސް ހޯދުމުގެ މަސައްކަތް ސިޓީން ފަށައިފި
15 އެޕްރީލު 2017

ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: މަހިބަދޫން ފެށުން ރަނގަޅުކޮށްފި

15 އެޕްރީލު 2017
ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް: މަހިބަދޫން ފެށުން ރަނގަޅުކޮށްފި
01 އެޕްރީލު 2017

ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި

01 އެޕްރީލު 2017
ފަހަތުން އަރައި ނައިފަރު ބަލިކޮށް އޮޅުވެލިފުށިން ފެށުން ރަނގަޅުކޮށްފި
31 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް

31 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕް: އުނގޫފާރު ފެށުން ރަނގަޅުކުރިއިރު، މާޅެންދޫ ފައިނަލާ ގާތަށް
26 މާރިޗު 2017

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު