Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިންގްލެންޑުން އަޔަލެންޑާ ދެކޮޅަށް ނުކުންނަނީ

ނިއު ޒީލެންޑުގެ ބަދަލުގައި އިންގްލެންޑުން ނުކުންނާނީ އަޔަލެންޑާ ދެކޮޅަށް

21 އޮކްޓޯބަރު 2020 | ބުދަ 17:48

އިންގްލެންޑާ ދެކޮޅަށް ކުޅެން ދަތުރު ނުކުރަން ނިއު ޒީލެންޑުން ނިންމުމުން އެ މެޗު ކެންސަލް ކުރި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 21 އޮކްޓޯބަރު 2020 | ބުދަ 17:48
2015 ވަނަ އަހަރު އިންގްލެންޑާއި އަޔަލެންޑް ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން

2015 ވަނަ އަހަރު އިންގްލެންޑާއި އަޔަލެންޑް ބައްދަލުކުރި އެކުވެރިކަމުގެ މެޗުގެ ތެރެއިން

އިންގްލެންޑުގެ ވެމްބްލީ ސްޓޭޑިއަމުގައި ކުޅެން ހަމަޖެހުނު ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗުގައި ނުކުޅެން ނިއު ޒީލެންޑުން ނިންމުމުން، އަޔަލެންޑާ ދެކޮޅަށް ކުޅެން އިންގްލެންޑުން ނިންމައިފިއެވެ.

އިންގްލެންޑާއި ނިއު ޒީލެންޑުގެ މެޗު ކުރިން ތާވަލުކުރީ އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހަށެވެ. އެކަމަކު ނިއު ޒީލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ބުނީ އިންގްލެންޑަށް ދަތުރުކުރުމަށްފަހު އެނބުރި ގައުމަށް އަންނައިރު ކަރަންޓީނުވާން ޖެހޭނެ ކަމަށާއި، އެހެން ކަމުން ކުޅުންތެރިންނަށް އެކަމުގެ ތަކުލީފު އުފުލަން ޖެހޭނެތީ، އެ މެޗު ކުޅެން ދަތުރު ނުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެއާއެކު އެ މެޗު ކެންސަލް ކުރިއެވެ.

އެހެންކަމުން އިނގިރޭސި އެފްއޭއިން ވަނީ ނިއު ޒީލެންޑުގެ ބަދަލުގައި އަޔަލެންޑާ ދެކޮޅަށް ކުޅެން މިހާރު ތާވަލުކޮށްފައެވެ. އެ މެޗު ކުޅޭނީ ނޮވެމްބަރު މަހުގެ 12 ވަނަ ދުވަހުއެވެ.

ނިއު ޒީލެންޑުން އިންގްލެންޑް މެޗު ކެންސަލް ކުރިއިރު، އެ ގައުމުން މިދިޔަ އަހަރުގެ ނޮވެމްބަރުގެ ފަހުން އެކުވެރިކަމުގެ މެޗެއް ކުޅެފައެއް ނުވެއެވެ. މިއަހަރު ނިއު ޒީލެންޑުގެ ފުޓުބޯޅަ އެސޯސިއޭޝަނުން ނެރުނު ކަލަންޑަރުގައި އެކުވެރިކަމުގެ ގިނަ މެޗުތަކެއް ހިމަނާފައިވީ ނަމަވެސް، މީގެ ތެރެއިން ގިނަ މެޗުތަކެއް ވަނީ ކޮވިޑް-19 ގެ ސަބަބުން ކެންސަލް ކޮށްފައެވެ.

އޭގެ ބަދަލުގައި އިންގްލެންޑުން ދާދި ފަހުންވެސް ވަނީ އެކުވެރިކަމުގެ މެޗެއް ކުޅެފައެވެ. އެގޮތުން މި މަހުގެ ނުވަވަނަ ދުވަހު އިންގްލެންޑުން ވަނީ ވެމްބްލީގައި ވޭލްސްއާ ދެކޮޅަށް ކުޅެފައެވެ. އެ މެޗުން އިންގްލެންޑް މޮޅުވީ 3-0 ންނެވެ.

ނޮވެމްބަރު މަހު އިންގްލެންޑުން އަޔަލެންޑާ ދެކޮޅަށް ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ނުކުންނައިރު، މި ދެ ގައުމު އެންމެ ފަހުން ބައްދަލުކޮށްފައިވަނީ 2015 ވަނަ އަހަރުއެވެ. އަޔަލެންޑުގައި ކުޅުނު އެ މެޗު ނިމުނީ ދެ ގައުމުން ކުރެ ގައުމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
18 ޖެނުއަރީ 2017

ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި

18 ޖެނުއަރީ 2017
ނިއުރޭޑިއަންޓް އެކަޑަމީ ފުޅާކޮށް އަންނަ ފެބްރުއަރީ މަހު ހުޅުވަން ނިންމައިފި
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
16 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް

16 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު ފުޓުބޯޅައިގެ ރަސްގެފާނުގެ ގޮތުގައި ނިއުރޭޑިއަންޓް
16 ޖެނުއަރީ 2017

ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި

16 ޖެނުއަރީ 2017
ނިއުގެ ފުޓުބޯޅަ ސީޒަން އިފްތިތާހުކޮށް އާ ކޯޗާއެކު އެއްބަސްވުމުގައި ސޮއިކޮށްފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
14 ޖެނުއަރީ 2017

ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ

14 ޖެނުއަރީ 2017
ކީޕަރު ޒިޔަޒަން ނިއުރޭޑިއެންޓާ ގުޅިއްޖެ
11 ޖެނުއަރީ 2017

ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ގާނާގެ ޑިފެންޑަރު އެޓީމާ ގުޅެން މާލެ އަތުވެއްޖެ
11 ޖެނުއަރީ 2017

ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ

11 ޖެނުއަރީ 2017
ނިއުގެ ޖަޕާން މިޑްފީލްޑަރު މާލެ އަތުވެއްޖެ
07 ޖެނުއަރީ 2017

ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި

07 ޖެނުއަރީ 2017
ނިއު ރޭޑިއަންޓުގެ ޗެއާމަނަކަށް ކާނަލް ޒިޔާދު އިންތިހާބުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް