Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފުލުހުންގެ ޚިދުމަތުގެ ބިލްގެ ދިރާސާކުރުން

ފުލުހުންގެ ހިދުމަތް ލާމަރުކަޒުކުރުމާ ގުޅޭ ގޮތުން ސަރުކާރުގެ ސިޔާސަތު މަޖިލިހުން ސާފު ކުރަނީ

ލާމަރުކަޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތުތައް ބަދަލަވެފައިވާކަމުގެ މައުލޫމާތު ލިބިވަޑައިގަންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޮކްޓޯބަރު 2020 | ބުދަ 18:33
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު

ޚިދުމަތް ލާމަރުކަޒު ކުރުން އެއީ ސަރުކާރުގެ ނަޒަރުގައި އެންމެ ރަނގަޅު ގޮތްތޯ ނުވަތަ ނޫންތޯ ސާފު ކޮށްލަ ދެއްވުމަށް ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ ގެ އަރިހުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު އެދިވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ރައީސް ނަޝީދު ވަނީ ގިނަ މެމްބަރުންތަކެއް އެ މެމްބަރުންގެ ދާއިރާތަކުގައި ފުލުހުންގެ ޚިދުމަތް ލިބޭނެ ދުވަހަކާއި ގުޅޭ ގޮތުން ކަންބޮޑުވުންތަކެއް އެބަހުރި ކަމަށް ވިދާޅުވެފައެވެ. އަދި ގިނަ މެމްބަރުންތަކެއް ވަނީ އެ މެމްބަރުންގެ ދާއިރާތަކުގެ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ދެވޭނެ ތާރީހަކާއި ގުޅޭ ގޮތުން މިނިސްޓަރަށް ސުވާލު ކުރައްވާފައެވެ.

Advertisement - newsAdvertisement

އެ ކަންކަމާއި ގުޅިގެން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މަޖިލީހުގެ ކޮމިޓީގައި މިހާރު ލާމަރުކަޒީ ޤާނޫނު އިސްލާހު ވެގެންދާ ކަމަށާއި ޤާނޫނަށް ހުށަހެޅިފައިވާ އިސްލާހުތަކުގައި ކައުންސިލްތަކަށް ބެލޭނީ ކޮން މިންވަރެއްގެ ކޮން ބާވަތެއްގެ ކަންތައްތަކެއްތޯ ބަޔާން ކޮށް އިސްލާހެއް ހުށަހެޅިފައިވާ ކަމަށެވެ. އަދި މިހާރު ލާމަރުކަޒު ކުރުމުގައި ސަރުކާރުގެ ސިޔާސަތުތައް ބަދަލަވެފައިވާ ކަމުގެ މައުލޫމާތު ލިބިވަޑައިގަންފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް ވެސް ކޮމިޓީގައި ދިރާސާ ކުރަމުން އަންނަ ކަމަށާއި އެ ބިލް އިސްލާހު ކުރުމުގެ މަސައްކަތް ކުރެވެމުންދާ އިރު ލާމަރުކަޒީ ނިޒާމަށް ފުލުހުންގެ މަސައްކަތް އިންތިޒާމު ކުރުމަށް ފިކުރެއް ގެންގުޅެވޭ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އަދި އެކަން އެ މަގަށް ހިނގުމުގައި މެމްބަރުންގެ ދާއިރާތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށް ދެވޭނެ އިންތިޒާމު ހަމަޖެހިގެން ދާނީ މެމްބަރުންގެ ބައިވެރިވުން އެ ކަމުގައި އޮވެގެންކަމަށް ދެކެވަޑައިގަންނަވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ދިވެހި ފުލުހުންގެ ޚިދުމަތުގެ ބިލް މި މަސް ނިމެންވާއިރު ދިރާސާކޮށް ނިންމުމަށް ކޮމިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ. ދައުރު ފެށުމުގެ ގޮތުން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ރައީސް ނަޝީދު ވަނީ މިއީ މި ދައުރު އެންމެ އިސްކަމެއް ދީގެން ކުރެވޭ އެއް މަސައްކަތް ކަމަށް ވިދާޅުވެފައެވެ.

މި ސަރުކާރު އައިސްފައި ވަނީ މައި ސަރުކާރަށް އޮތް ބާރުތައް ބަހާލައި ލާމަރުކަޒު ކުރާނެ ކަމުގެ ވައުދާއެކުއެވެ. އަދި އެކަން އެގޮތުގެ މަތިން ކުރުމަށް ލާމަރުކަޒީ ޤާނޫނަށް ބޮޑެތި ބަދަލުތަކެއް ވެސް މަޖިލީހުން ވަނީ ގެނެސްފައެވެ.

އިތުރަށް ކިޔާލަން

23 ޖެނުއަރީ 2017

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި

23 ޖެނުއަރީ 2017
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ރެސްކިޔު ހިދުމަތް ފުޅާ ކުރަން ދެ ބޯޓެއް ގެނެސްފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
20 ޖެނުއަރީ 2017

ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި

20 ޖެނުއަރީ 2017
 ފުލުހުންގެ ވަޒީފާއަށް ކުރިމަތިލުމުގެ ފުުރުސަތު ހުޅުވާލައިފި
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
16 ޖެނުއަރީ 2017

އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި

16 ޖެނުއަރީ 2017
އިންސާނީ ވަގުފާރީގެ މައްސަލަތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު