Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެމްވީ ސީހޯމް ސަފަޔަރ ބޯޓު ނެގުމުގެ މައްސަލަ

ދަގަނޑު ބޯޓު މައްސަލައިގައި ޖީީއެމްއައިޒީއެލްއިން ޕާކަވަންއަށް ފަސް ލައްކަ ޑޮލަރު ދޭން ޖެހިއްޖެ

21 އޮކްޓޯބަރ 2020 ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު ސިވިލް ކޯޓަށް ދައްކަންޖެހޭ

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 21 އޮކްޓޯބަރު 2020 | ބުދަ 13:16
ތިލަަފުށި ފަޅުގައި އަޅާފައި އޮތް ބޯޓުތަކެއް

ތިލަަފުށި ފަޅުގައި އަޅާފައި އޮތް ބޯޓުތަކެއް

ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް)ން ކ. ތިލަފުށި ފަޅުގައި އޮތް އެމްވީ ސީހޯމް ސަފަޔަރ ކިޔާ ބޯޓު އެތަނުން ނެގުމަށް ބީލަން ހުޅުވައި ހޮވުނު ޕާކަވަން ކުންފުންޏަށް، ދެ ކުންފުނީގެ މެދުގައި ހެދިފައިވާ އެއްބަސްވުމާއި ހިލާފުވެފައިވާތީ ފަސްލައްކަ ޑޮލަރު ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ބުދަ ދުވަހު ހުކުމް ކޮށްފައިވާއިރު، 9 ނުކުތާއަކަށް ވަނީ ރިއާޔަތްކޮށްފައެވެ. ދެ ކުންފުނީގެ ފަރާތުން ފާހަގަކޮށްފައިވާ ކަންކަމަށް ރިއާޔަތް ކޮށް އިއްވާފައިވާ ހުކުމުގައި ވަނީ، ޖީއެމްއައިޒެޑްއެލްގެ ބެލުމުގެ ދަށުގައިވާ "އެމް.ވީ ސީހޯމް ސެފަޔަރ" އުޅަނދު ސެލްވޭޖްކުރުމުގެ މަސައްކަތްކުރުމަށް އެ ކުންފުނީގެ ފަރާތުން ހުޅުވާލި ބީލަމަކާއި ގުޅިގެން ޕާކަވަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ހުށަހެޅި ހުށަހެޅުން ޤަބޫލުކޮށް "އެމް.ވީސީހޯމް ސެފަޔަރ" އުޅަނދު ސެލްވޭޖްކޮށް ތިލަފުއްޓާއި ގުޅިފަޅުގެ އޭރިޔާއިން ނެގުމަށާއި، އެމަސައްކަތުގެ އުޖޫރައަކީ ނުވަތަ މުޤާބިލެއްގެ ގޮތުގައި ޕާކަވަންގެ ފަރާތުން ބޭނުންވާގޮތަކަށް މަންފާ ޙާޞިލްކުރުމަށްޓަކައި އެއުޅަނދުގެ މިލްކުވެރިކަން ޕާކަވަންއަށް ލިބޭގޮތަށް އެއްބަސްވެ ދެކުންފުނީގެ ދެމެދުގައި 16 އޭޕްރީލް 2015 ގައިއެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. އަދި، އެއްބަސްވުމުގެ ދަށުން އުޅަނދު ސަލްވޭޖްކުރުމަށް ދީފައިވާ މުހުލަތުގައި ޕާކަވަންގެ ފަރާތުން އެއުޅަނދު ސެލްވޭޖްކޮށް ތިލަފުށީގައި އޮންނަ ބީ.އެމް.ސީ ސްލިޕްވޭ އެންޑް ސެލްވޭޖް ކޯ ޕްރައިވެޓްލިމިޓެޑުގެ ބޯޓްޔާޑަކަށް އެބޯޓު އަރުވާފައިވާކަމަށާއި ބޯޓްޔާޑަށް އެބޯޓު އެރުވުމަށްފަހު އެބޯޓުގެ ބައިތައް ބާދަގަނޑުގެ ގޮތުގައި ވިއްކާލުމަށްޓަކައި ޕާކަވަންގެ ފަރާތުން އެބޯޓު ކެފުމުގެ މަސައްކަތް ކުރަމުންދަނިކޮށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ފަރާތުން އެމަސައްކަތް ހުއްޓުވާފައިވާކަަމަށް ފާހަގަވެފައިވާކަމަށެވެ.

Advertisement - newsAdvertisement

ފުލުހުން މަސައްކަތް ހުއްޓުވުމާއި ގުޅިގެން ޕާކަވަންގެ ފަރާތުން ޖީއެމްއައިޒެޑްއެލްއަށް އެކަން އަންގާފައިވާއިރު ކުންފުނީގެ ފަރާތުން އެމައްސަލަ ޙައްލުކޮށް އެއްބަސްވުމާއި އެއްގޮތަށް ބޯޓާއިމެދު ޢަމަލުކުރުމަށްޓަކައި އެބޯޓު ލިބޭނެގޮތް ހަދާދީފައިނުވާކަން ވަނީ ފާހަގަކޮށްފައެވެ. އަދި އެއްބަސްވުމާއި އެއްގޮތަށް ބޯޓުގެ މިލްކުވެރިކަން ޕާކަވަންއަށް ލިބޭނެގޮތް ޖީއެމްއައިޒެޑްއެލްއަށް ހަދާނުދެވުނުއިރު ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރިއިރު އެއުޅަނދުގެ މިލްކުވެރިކަން ނުވަތަ އެއުޅަނދުގެ މިލްކުވެރިކަން އެހެންފަރާތަކަށް ދިނުމުގެ އިޚްތިޔާރު އެކުންފުންޏަށް ލިބިފައިނުވާއިރު އެފަދަ ބާރެއް ނުވަތަ އިޚްތިޔާރެއް އޮތްކަމަށް ދައްކައިގެން އެއްބަސްވުމުގެ ތެރެއަށް ޕާކަވަން ވައްދައި އެއްބަސްވުމުގައި ސޮއިކޮށް އެ ކުންފުނި ލައްވައި އެމަސައްކަތް ކުރުވުމުގެ ނަތީޖާއެއްގެ ގޮތުންކަން ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތްކަމަށް ހުކުމްގައި ވަނީ ބުނެފައެވެ،

އެއްބަސްވުމާއި އެއްގޮތަށް ޕާކަވަންފެ ފަރާތުން ކުރި މަސައްކަތުގެ އުޖޫރައެއްގެ ގޮތުން އެކުންފުންޏަށް ދިނުމަށް އެއްބަސްވެފައިވާ "އެމް.ވީ ސީހޯމް ސެފަޔަރ" އުޅަނދު އެކުންފުންޏަށް ނުލިބުމުގެ ސަބަބުން އެއުޅަނދު ވިއްކާލައިގެން ލިބެން އޮތްކަން ހުށަހެޅިފައިވާ ފަސްލައްކަ ނުވަދިހަ ހަތްހާސް އަށްސަތޭކަ އެމެރިކާ ޑޮލަރ އެކުންފުންޏަށް ނުލިބި އެ މަންފާއިން އެކުންފުނި މަޙުރޫމުވެފައިވާތީ އުޅަނދު ބައު ދަގަނޑުގެ ގޮތުގައި ވިއްކާލައިގެން ލިބެން އޮތްކަމަށް ހުށަހެޅިފައިވާ ލިޔުންތަކުން އެނގެން އޮތް 597,800.00 (ފަސްލައްކަ ނުވަދިހަ ހަތްހާސް އަށްސަތޭކަ އެމެރިކާ ޑޮލަރ) އަކީ އެއްބަސްވުމުގެދަށުން އެ ކުންފުނިން ކުރި މަސައްކަތުގެ އަގުގެ ގޮތުގައި އެކުންފުންޏަށް ލިބެންޖެހޭކަމަށް އެއްބަސްވުމުގައި "އެމް.ވީ ސީހޯމް ސެފަޔަރ" އުޅަނދު ނުލިބުމުގެ ސަބަބުން ޕާކަވަންއަށް ލިބިފައިވާ ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ގީއެމްއައިޒެޑުން ޕާކަވަން އަށް ލިބެންޖެހޭ ފައިސާއެއްކަން މަދަނީ މިންގަޑުން ޝަރީޢަތަށް ސާބިތުވެއްޖެކަމަށެވެ. އަދި އެ ފައިސާ ޕާކަވަންއަށް ލިބިދިނުމުގެ ގޮތުން 21 އޮކްޓޯބަރ 2020 ފެށިގެން މަދުވެގެން އެމަހަކަށް ޖެހޭވަރު އެމަހަކު ސިވިލް ކޯޓަށް ފައިސާ ދައްކަމުންގޮސް 03 (ތިނެއް) މަސްދުވަހުގެ ތެރޭގައި 597,800.00$US (ފަސްލައްކަ ނުވަދިހަ ހަތްހާސް އަށްސަތޭކަ އެމެރިކާ ޑޮލަރ) ދައްކައި ޚަލާޞްކުރުމަށް އަންގައި ހުކުމްކުރާކަމަށެވެ.

އިތުރަށް ކިޔާލަން

19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

16 ޖެނުއަރީ 2017
ހަދާނުނިމޭ އިމާރާތަކަށް ޕީއެސްއެމް އިން ކުލި ދައްކަމުން ދިޔަ މައްސަލައިގައި ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
13 ޖެނުއަރީ 2017

އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި

13 ޖެނުއަރީ 2017
އަލިފާން ރޯވި "މާކޯ ޕޯލޯ 2" ބޯޓުގެ ފަޅުވެރިން މާލެ ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު