Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރާމޯސްއަށް އަނިޔާވުން

ޝަޚްތަރާ ދެކޮޅަށް ރެއާލް ކުޅޭ މެޗުގައި ރާމޯސް ނުފެންނާނެ

20 އޮކްޓޯބަރު 2020 | އަންގާރަ 18:13

ކަޑިޒް އަތުން ރެއާލް ބަލިވި މެޗުގައި ރާމޯސްގެ ކަކުލަށް ވަނީ އަނިޔާވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 20 އޮކްޓޯބަރު 2020 | އަންގާރަ 18:13
ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޝަޚްތަރު ޑޮނެސްކާ ދެކޮޅަށް ކުޅޭ މެޗުގައި ރެއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސްއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

ސްޕެނިޝް ލީގުގައި މިދިޔަ ހޮނިހިރު ދުވަހުގެރޭ ލީގަށް އަލަށް ޕްރޮމޯޓުވި ކަޑިޒް އަތުން 1-0 ން ރެއާލް ބަލިވި މެޗުގައި ރާމޯސް ވަނީ ކުޅެފައެވެ. އެކަމަކު އެ މެޗުގައި ރާމޯސްގެ ކަކުލަށް އަނިޔާވި ކަމަށާއި، އެ މެޗުގެ ފަހުން ރެއާލުން ބޭއްވި ފަރިތަކުރުންތަކުގައިވެސް ރާމޯސް ބައިވެރިވެފައި ނުވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޝަޚްތަރާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރެއާލުގެ ކޯޗު ޒިނެދިން ޒިދާން ބުނީ ރާމޯސްއަށް ލިބުނު އަނިޔާ ސީރިއަސް ނޫން ކަމަށާއި، އެކަމަކު އެ އަނިޔާގެ ސަބަބުން އޭނާ ޓީމާއެކު ފަރިތަކޮށްފައި ނުވާ ކަމަށެވެ. އަދި ކުޅުންތެރިއަކު އެއްކޮށް ފިޓްނުވެ ހުއްޓައި އެ ކުޅުންތެރިއަކު ލައްވާ އޭނާ ނުކުޅުވާނެ ކަމަށާއި، އެހެންކަމުން ޝަޚްތަރު މެޗަށް އެކުލަވާލި ސްކޮޑުގައި ރާމޯސް ހިމަނާފައިނުވާ ކަމަށްވެސް ވަނީ ބުނެފައެވެ.

ރާމޯސްގެ ކަކުލަށް އަނިޔާވި ނަމަވެސް، ރެއާލަށް ކުޅެމުން އަންނަ ބެލްޖިއަމް ތަރި އެޑެން ހަޒާޑް މިހާރު އަންނަނީ އަނިޔާއިން ރަނގަޅުވެ ރެއާލުގެ ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ. އެކަމަކު ޝަޚްތަރާ ދެކޮޅަށް ކުޅޭ މެޗަށް ރެއާލުން އެކުލަވާލި ސްކޮޑުން އޭނާއަށްވެސް ފުރުސަތު ދީފައެއް ނުވެއެވެ.

ޒިދާން ބުނީ އަނިޔާއިން ރަނގަޅުވެ ހަޒާޑް މިހާރު ފަރިތަކުރަމުން އަންނަ ކަމަށާއި، އެކަމަކު އޭނާ އެއްކޮށް އަދި ފިޓް ނޫން ކަމަށެވެ. އެހެންކަމުން ހަޒާޑް ލައްވާވެސް ކުޅުވާނީ އޭނާ އެއްކޮށް ފިޓްވުމުން ކަމަށް ޒިދާން ވަނީ ބުނެފައެވެ.

ޗެމްޕިއަންސް ލީގުގައި ޝަޚްތަރާ ދެކޮޅަށް ރެއާލް ނުކުންނައިރު، އަންނަ ހޮނިހިރު ދުވަހު ސްޕެނިޝް ލީގުގައި ރެއާލުން ވާދަވެރި ބާސެލޯނާއާ ދެކޮޅަށް ނުކުންނާނެއެވެ. އެހެންކަމުން އެ މެޗުގައި ރާމޯސް އާއި ހަޒާޑަށްވެސް ކުޅުމުގެ ފުރުސަތު ދޭނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ރެއާލުން މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ކުޅޭ ފުރަތަމަ މެޗުގައި ޝަޚްތަރާ ދެކޮޅަށް ނުކުންނާނީ ބުދަ ދުވަހުގެރޭ ރާއްޖެ ގަޑިން 21:55 ގައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2017

ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި

09 ފެބުރުއަރީ 2017
ޗެރިޓީ ޝިލްޑު މެޗުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ އެންޖީއޯތައް ކަނޑައަޅައިފި
04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
30 ޖެނުއަރީ 2017

ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި

30 ޖެނުއަރީ 2017
ސެވިއްޔާ އަށް ފުރުސަތު ގެއްލުނުއިރު، ރެއާލް ލީޑު ފުޅާކޮށްފި
26 ޖެނުއަރީ 2017

ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް

26 ޖެނުއަރީ 2017
ކޮޕާ ޑެލްރޭ: ރެއާލް މެޑްރިޑް ކަޓުވާލުމަށްފަހު ސެލްޓަވިގޯ ސެމީއަށް
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
25 ޖެނުއަރީ 2017

ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!

25 ޖެނުއަރީ 2017
ރެއާލް ދޫކޮށްލުމަށްފަހު ޕެޕޭ ޗައިނާ ލީގަށް ބަދަލުވަނީ!
22 ޖެނުއަރީ 2017

ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި

22 ޖެނުއަރީ 2017
ރާމޯސްގެ ދެލަނޑާއެކު ރެއާލް ލީގުގެ އެއްވަނައިގައި ހަމަޖެހިލައިފި
16 ޖެނުއަރީ 2017

ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު

16 ޖެނުއަރީ 2017
ދަގަނޑޭ ރާއްޖޭ ކްލަބަކަށް ކުޅޭނަމަ ފެނުން އެންމެ ކައިރީ ނިއުރޭޑިއަންޓުން: ޒިޔާދު
06 ޖެނުއަރީ 2017

ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި

06 ޖެނުއަރީ 2017
ޖެނުއަރީ ޓްރާންސްފާގައި ރެއާލް ދޫކޮށްނުލާނެކަން ހަމޭސް ރޮޑްރިގޭޒް ހާމަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް