Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ވެންޓިލޭޓަރުތަކާ ގުޅޭ ކޮރަޕްޝަން

އޭސީސީގެ ތަހުޤީޤު: އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް!

މި މައްސަލައިގެ ތަހުޤީޤާ ގުޅިގެން ކުރިން މަޝްވަރާތަކެއް ކުރެވުނު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 20 އޮކްޓޯބަރު 2020 | އަންގާރަ 08:52
ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަނީ

ވެންޓިލޭޓަރުތައް ގަތުމުގައި ބޮޑެތި އޮޅުވާލުންތަކެއް ހިންގާފައިވާ ކަމަށް ބުނެ ހެލްތް މިނިސްޓްރީގެ އިސްވެރިންތަކެއްގެ މައްޗަށް ކުރެވޭ ތުހުމަތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކޮށްފައިވާ ތަހުޤީޤުގައި ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެކި ނެތް ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

މި މައްސަލަ އަނބުރާ ފޮނުވާލެއްވި ސަބަބު ތަފްސީލު ކޮށްދެއްވަމުން އަންގާރަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ހުސައިން ޝަމީމް ވިދާޅުވީ، މި މައްސަލައިގެ ތަހުޤީޤު ނިންމައި ޕީޖީ އޮފީހަށް ފޮނުވިއިރު، އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއްކޮށް، ކުށް ސާބިތުވާ ވަރަށް ހެއްކެއް ނެތް ކަމަށެވެ.

Advertisement - newsAdvertisement

ޕީޖީ ވިދާޅުވީ، އިދާރީ ގޮތުން މައްސަލަތަކެއް ފެންނަން ހުރި ނަމަވެސް، ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއް ކޮށް، ސާބިތު ކުރެވިދާނެތޯ ކަމަށެވެ. އެކަމާ ގުޅިގެން ނޫސްވެރިން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ޕީޖީ ވިދާޅުވީ، ވެންޓިލޭޓަރު މައްސަލައިގައި އިދާރީ ގޮތުން ބޮޑެތި ގޯސްތަކެއް ހަދާފައިވާކަން ފެންނަން ހުރި ކަމަށާއި، އެންމެ ޒިންމާދާރު ގޮތެއްގައި މިނިސްޓްރީން އަމަލު ކޮށްފައިވޭތޯ ސުވާލު އުފެދޭ ކަންކަންވެސް އެބަހުރި ކަމަށެވެ.

އޭގެ އިތުރުން، މި މައްސަލައިގެ ތަހުޤީޤާ ގުޅިގެން އޭސީސީން މަޝްވަރާތަކެއް ކުރެވުނު ނަމަވެސް، ފަހުން އޭސީސީން މައްސަލަ ފޮނުއްވިއިރު ޕީޖީ އޮފީހާ މަޝްވަރާ ކޮށްފައި ނުވާ ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ އިތުރަށް ވިދާޅުވީ، ފައިސާ ދޫކުރުމަށް "ވެންޑަރ" ރަޖިސްޓްރީ ކުރުން ފަދަ އިދާރީ ކަންކަން ކޮށްފައިވާކަމަށް އޭސީސީން ބަޔާން ކުރި ނަމަވެސް، އެއީ މިނިސްޓްރީން ކުރަން ޖެހޭ މަސައްކަތް ކަމަށާއި، އެއީ އޭގެ ޒާތުގައި ކުށެއް ކަމަށް ކޯޓުގައި ސާބިތުވާނެ ކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ.

އޭސީސީން ކޮށްފައިވާ ތުހުމަތުތަކަށް އަލިއަޅުވާލައްވާ ޕީޖީ އިތުރަށް ވިދާޅުވީ، ހެލްތް މިނިސްޓަރ އަބްދުﷲ އަމީންގެ މައްޗަށް އޭސީސީން 3 ތުހުމަތެއް ކޮށްފައިވާއިރު، އޭގެ ތެރެއިން އެއް ތުހުމަތަކީ ބިޑް ޙަވާލުކުރި މީހާ ކޮމިޓީއަށް ތައާރަފް ކުރެއްވީ މިނިސްޓަރު ކަމަށެވެ. އަދި ބިޑް ކޮމިޓީގެ ކޯރަމް ހަމަ ނުވާތީ ކޯރަމް ހަމަ ކުރެއްވުމާއި، އަޕްޑޭޓް ހޯއްދެވުމަށް ގުޅުއްވުން ފަދަ ކަންކަމާއި ގުޅިގެން އޭސީސީން މިނިސްޓަރަށް ތުހުމަތު ކުރައްވާފައިވާކަން ފާހަގަ ކުރައްވައި ޕީޖީ ވިދާޅުވީ، މި ކަންކަމަކީ ވަކި މަންފާއެއް ހާސިލު ކުރުމަށް ކޮށްފައިވާ ކަމެއްްކަން ދޭހަވާ ހެއްކެއް ތަހުޤީޤުން ފެންނަން ނެތް ކަމަށެވެ. އަދި މިކަންކަން ކޯޓުގައި ސާބިތު ކުރާނީ ކިހިނެއްތޯ މިއީވެސް އުފެދޭ ސުވާލެއް ކަމަށް ޕީޖީ ވިދާޅުވިއެވެ.

އެކަމާ ގުޅޭ ތަހުޤީޤު އޭސީސީން ކުރިއަށް ގެންދިޔައިރު ފާހަގަވި ކަންކަން ބަޔާންކޮށް އޭސީސީން ބުނީ، މިނިސްޓްރީ އޮފް ހެލްތަށް ބޭނުންވާ 75 ވެންޓިލޭޓަރ ސަޕްލައި ކުރުމަށް ދުބާއީގެ ކުންފުންޏެއް ކަމަށްވާ އެގްޒެކިއުޓަރސް ޖެނެރަލް ޓްރޭޑިންގ އާ ޙަވާލުކުރުމުގެ މަސައްކަތް ފަށާފައިވަނީ މިނިސްޓަރ އޮފް ހެލްތު ޢަބްދުﷲ އަމީން ކަމަށެވެ.

އޭގެ އިތުރުން، ބިޑް ކޮމިޓީގެ ކޯރަމް ހަމަނުވާތީ، އާންމުކޮށް އެދުވަސްވަރުގެ ބިޑު ކޮމިޓީ ތަކުގައި ބައިވެރިވެފައި ނުވާ 2 މެމްބަރުން ބިޑް ކޮމިޓީގެ ބައްދަލުވުން ތަކުގައި ބައިވެރިވުމަށް މިނިސްޓަރ އަމީން ވިދާޅުވިކަން ތަހުޤީޤަށް އެނގިފައިވާ ކަމަށް އޭސީސީން ބުނެފައިވެއެވެ. އެހެން ނަމަވެސް މި ކަންކަމުގައި ޖިނާއީ ދައުވާއެއް ކޮށްގެން ކޯޓަށް ދާ ވަރަށް ހެއްކެއް ފެންނަން ނެތްކަން ޕީޖީ ވިދާޅުވިއެވެ. އަދި ޑިއުޓީ ޕްރޮސެކިއުޝަން މަރުޙަލާގައިވެސް އެ ކަންކަމާ މަޝްވަރާ ކުރެވުނު ކަމަށް ޕީޖީ ވިދާޅުވިއެވެ.

ޕީޖީ ވިދާޅުވީ، "ޕޯސްޓް އޮފީސް" ހިންގާ އުސޫލުން ޕީޖީ އޮފީހަށް ހުށައަޅާ ކޮންމެ މައްސަލައެއް ކޯޓަށް ހުށައެޅުމުގެ ބަދަލުގައި، ޕީޖީ އޮފީހުން ބަލާނީ ތަހުޤީޤާ ގުޅިގެން އެކަށީގެންވާ ހެކި ހުރެ، އޭގެ މައްޗަށް ދައުވާކޮށް، އެ ދައުވާ ސާބިތު ކުރުމަށް ކަމަށެވެ.

އޭސީސީން މި މައްސަލައިގައި ދައުވާކުރަން ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ފޮނުވާފައިވަނީ މިހިނގާ އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހުއެވެ. އެގޮތުން، މި މައްސަލައިގައި ދަޢުވާކުރުމަށް ފޮނުވާފައިވަނީ، 11 ފަރާތެއްގެ މައްޗަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
 ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

ފަތުރުވެރިއަކު ހޯދަމުން ދަނިކޮށް ދެ މީހެއްގެ ހަށިގަނޑު ކަނޑުމަތިން ފެނިއްޖެ

21 ޖެނުއަރީ 2017
ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

ބައްދަލުވުން ނުބޭއްވޭނެ ކަމަށް ފުލުހުން އަންގަފައި ވަނީ ވަކި މީހެއްގެ އޯޑަރަށް: ނާދިރާ

19 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

8 މެއި
ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި
20251 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ބޯޓެއް ބޭނުން ކޮށްގެން، ޕާކިސްތާނުން އިންޑިއާގެ ދެ ބޯޓު ވައްޓާލައިފި

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ކުޑަކުދިންގެ ދުވަހު ޕިއްޒާއެއް ކުރަހައިގެން ހިލޭ ޕިއްޒާއެއް ހޯދުމުގެ ފުރުސަތު ޕިއްޒާ ބޯނާ އިން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!
20233 އަހަރު ކުރިން
މީހުން

ސްކޫލް ނިންމުމަށްފަހު ރަށަށް، އެނބުރި އައީ ޤައުމީ ޓީމްގެ ފުރުޞަތަށް!

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ގއ. އަތޮޅުގެ ދެ ރަށަކުން ދެ މީހުން ހައްޔަރުކޮށްފި

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!
20215 އަހަރު ކުރިން
ރާއްޖެ

އެންމެ ގާތް އެކުވެރިޔާއާ ބައްދަލު ކުރެއްވުމަށްފަހު، ރައީސްގެ ޚާއްސަ މެސެޖެއް!

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!
20197 އަހަރު ކުރިން
ރާއްޖެ

ސީރިއާގައި ތިބި ދިވެހިން ގެނައުމުގެ މަސައްކަތް އެބަކުރެވޭ!

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ
20188 އަހަރު ކުރިން
ރާއްޖެ

އަނިޔާވެރިކަން އަބަދަށް ނުބޭއްވޭނެކަން ދައްކާލާނަން: ނާދިރާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު