Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއެކްސްޕޯ 2020

އެކްސްޕޯ 2020 ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފި

އެކްސްޕޯ ވަނީ ކޮވިޑްއާ ގުޅިގެން އަންނަ އަހަރުގެ އޮކްޓޫބަރަށް ފަސްކޮށްފައި

އަމްނާ އިމާދު
އަމްނާ އިމާދު | 19 އޮކްޓޯބަރު 2020 | ހޯމަ 21:00
ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށް މީގެ ކުރިން ދަރުބާރުގޭގައި ބޭއްވި އެކްސްޕޯއެއްގެ ތެރެއިން

ދިވެހި އުފެއްދުންތަކަށް ޚާއްސަކޮށް މީގެ ކުރިން ދަރުބާރުގޭގައި ބޭއްވި އެކްސްޕޯއެއްގެ ތެރެއިން

އެކްސްޕޯ 2020 ގައި ދިވެހި އުފެއްދުންތައް ވިއްކަން ކުދި ވިޔަފާރިތަކަށް ހުޅުވާލައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ ދުބާއިގައި މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އެކްސްޕޯ 2020 ކޮވިޑް-19 އާއި ގުޅިގެން އަންނަ އަހަރުގެ އޮކްޓޫބަރު މަހަށް ފަސްކޮށްފައިވާ ކަމަށެވެ.

ހަ މަސް ދުވަހަށް ދެމިގެންދާ މި އެކްސްޕޯ މިހާރު ބޭއްވުމަށް ހަމަޖެހިފައި ވަނީ، 1 އޮކްޓޫބަރު 2021 އިން 31 މާރިޗް 2022 ގެ ނިޔަލަށް ޔުނައިޓަޑް އެރެބް އެމިރޭޓްސްގެ ދުބާއީގައި ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި ވޯލްޑް އެކްސްޕޯގައި ދިވެހި އުފެއްދުންތައް ވިއްކާ، މާކެޓް ކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށެވެ. މިއީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އަދި އެފަދަ ފަރާތްތަކަށް ތަކެތި ވިއްކުމަށާއި، ދިވެހި އުފެއްދުންތެރިކަމާއި ދިވެހީންގެ ހުނަރުވެރިކަން ބޭރު ދުނިޔެއަށް ދައްކާލުމަށް ލިބޭ ރަނގަޅު ފުރުސަތެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

އެކްސްޕޯގައި ހިމެނޭ ވޯލްޑް މާކެޓް އިނިޝިއޭޓިވްގެ ކޮމާޝަލް އޮޕަޗޫނިޓީ އިންތިޒާމުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބިޒްނަސް ސެންޓަރ ކޯޕަރޭޝަން މެދުވެރިކޮށްށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 28 އޮކްޓޫބަރު 2020 ވާ ބުދަ ދުވަހު ގެ މެންދުރު 12:00 ގެ ކުރިންexpo2020@trade.gov.mvއަށް ނަމާއި ގުޅޭނެ ނަންބަރު ފޮނުވައިދިނުމަށް އެދޭ ކަމަށެވެ. އަދި ނަން ހުށަހަޅާ ފަރާތްތަކަށް މައުލޫމާތު ސެޝަން 1 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހު މެންދުރު 2:00 ގައި މިނިސްޓްރީގެ (ބޮޑުތަކުރުފާރު މަގުގަ ހުންނަ އިމާރާތް) އޮންނާނެއެވެ.

މީގެ އިތުރުން އިއުލާންއާ އެކީގައިވާ ފޯމް ފުރިހަމަ ކުރުމަށް ފަހު 15 ނޮވެންބަރު 2020 ވާ އާދިއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިންexpo2020@trade.gov.mvށް އީމެއިލް ކުރުމަށް ވެސް މިނިސްޓްރީން އެދިފައިވެއެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އަމާޒު ކޮށްގެން އިކޮނޮމިކް މިނިސްޓްރީން ގިނަ މަސައްކަތްތައް ކުރަމުންދާ އިރު ކޮވިޑް-19 އާ ގުޅިގެން ވިޔަފާރިތަކަށް ލިބިފައިވާ ގެއްލުން ކުޑަ ކުރުމުގެ ގޮތުން ފަހި ފުރުސަތުތައް ވެސް ދަނީ ހޯދައިދެމުންނެވެ. އެގޮތުން ލޯނުގެ އެހީތެރިކަން ވެސް ފޯރުކޮށްދެއެވެ.

އިތުރަށް ކިޔާލަން

29 ޖެނުއަރީ 2017

އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި

29 ޖެނުއަރީ 2017
އެސްއީޒެޑްގައި އިންވެސްޓެއް ކުރެވޭނެ އެންމެ ކުޑަމިންވަރަކީ 150މިލިއަން ޑޮލަރު ކަމަށް ރައީސް ކަނޑައަޅުއްވައިފި
23 ޖެނުއަރީ 2017

ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި

23 ޖެނުއަރީ 2017
ބީއެމްއެލް އިން ދެހަފްތާގެ ތެރޭގައި އެއް މިލިއަން ޑޮލަރު ދޫކޮށްފި
20 ޖެނުއަރީ 2017

މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ

20 ޖެނުއަރީ 2017
މިދިއަ އަހަރުގެ ފަހު ކުއާޓަރގައި ވިޔަފާރިތަކުން ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދާފައި: އެމްއެމްއޭ
15 ޖެނުއަރީ 2017

މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ

15 ޖެނުއަރީ 2017
މިއަހަރު ޓޫރިޒަމްގެ 14 ފެއާއެއްގައި ބައިވެރިވާނެ: އެމްއެމްޕީއާރްސީ
13 ޖެނުއަރީ 2017

މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި

13 ޖެނުއަރީ 2017
މަޖީދީ މަގުގައި ޕޮއިސްގެ އާ ޝޯ ރޫމެއް ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު