Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމުދިމުން ތަމްރީނުކުރުން

އިމާމުންނާއި މުދިމުންނަށް ޑިގްރީ ފެންވަރަށް ކިޔަވައިދިނުމުގެ ޕްރޮގްރާމެއް އިފްތިތާހުކޮށްފި

މިއީ އިސްލާމިކް މިނިސްޓްރީއާއި އިސްލާމިކް ޔުނިވަރސިޓީ ގުޅިގެން ހިންގާ ޕްރޮގްރާމެއް

ނާފިއު ރަޝީދު
ނާފިއު ރަޝީދު | 19 އޮކްޓޯބަރު 2020 | ހޯމަ 13:01
ނައިބު ރައީސް ފައިސަލް ނަސީމް އިމާމުންގެ ޑިގްރީ ޕުރޮގުރާމު އިފްތިތާހުކޮށްދެއްވަނީ

ނައިބު ރައީސް ފައިސަލް ނަސީމް އިމާމުންގެ ޑިގްރީ ޕުރޮގުރާމު އިފްތިތާހުކޮށްދެއްވަނީ

މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަށް އަމާޒުކޮށްގެން އިސްލާމީ ތަޢުލީމުގެ ދާއިރާއިން ޔުނިވަރސިޓީ ޑިގްރީ ފެންވަރަށް ކިޔަވައިދިނުމަށް ޕްރޮގްރާމެއް އިފްތިތާހުކޮށްފިއެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސް ގުޅިގެން ހިންގާ މި ޕްރޮގްރާމް އިފްތިތާހު ކޮށްދެއްވީ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ހޯމަ ދުވަހު ހެނދުނު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމްއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ވަރަށް މަތިވެރި މަސައްކަތެއް ކުރާ ބައެއް ކަމަށާއި، އެއީ މުޖުތަމަޢުގެ ޤަދަރާއި ލޯތްބާއި އިޙުތިރާމު ލިބިފައިވާ ބައެއް ކަމުގައެވެ.

އެހެންކަމުން، މުޖުތަމައުގެ ތެރޭގައި ހިނގާ ނޭދެވޭ އަމަލުތައް ހުއްޓުވައި ރަނގަޅުކުރުމާއި، މުޖުތަމައުގެ ފަރުދުންނަށް ރިވެތި އަހުލާގު ދަސްކޮށްދިނުމާއި، ހެޔޮ ކަންތައްތަކަށް ގޮވައިލުމަކީ އެބޭފުޅުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، މުޖުތަމައުގައި ހުރި މައްސަލަތައް ހައްލުކުރުމުގައި އިހުނަށްވުރެ އިސް ދައުރެއް އަދާކުރުމަށް އެ މަނިކުފާނު ވަނީ އިމާމުންނާއި މުދިމުންނަށް ގޮވާލައްވާފައެވެ.

މީގެ އިތުރުން ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ސަރުކާރުގެ ސިޔާސަތުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން ޒުވާނުންނަށް ޚާއްޞަކޮށްގެން ސަރުކާރުން ތަފާތު ޕުރޮގުރާމުތައް ހިންގަމުންދާކަން ފާހަގަކުރައްވާ، އެ މަނިކުފާނު ވަނީ ކޮންމެ ފަރުދަކު ވެސް ބޭނުންވާ ދާއިރާއަކުން ތަޢުލީމު އުނގެނި، ތަމްރީނު ހޯދައި ކުރިއަރައިގެން ދިޔުމުގެ ފުރުޞަތު ފަހި ކޮށްދިނުމަށް ސަރުކާރުން ބޮޑު އަހަންމިއްޔަތުކަމެއް ދޭ ކަމުގައި ވިދާޅުވެފައެވެ.

މި ސިޔާސަތުގެ ބޭނުމަކީ، ކޮންމެ ޒުވާނަކީ ވެސް ބޭނުންތެރި މަސައްކަތްތެރި އުފެއްދުންތެރި ޤައުމަށް ފައިދާހުރި އަދި ވަކިން ހާއްސަކޮށް އެހެން މީހުންނަށް ބަރޯސާވާން ނުޖެހޭ މީހެއްގެ ގޮތުގައި ބިނާކުރުން ކަމުގައި ނައިބު ރައީސް ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

06 މެއި 2018

ދައުލަތުގެ ޚަރަދުގައި ޑިގްރީއާއި ހަމަޔަށް ކިޔަވައިދެވެން ޖެހޭނެ: ޝާހިދު

06 މެއި 2018
ދައުލަތުގެ ޚަރަދުގައި ޑިގްރީއާއި ހަމަޔަށް ކިޔަވައިދެވެން ޖެހޭނެ: ޝާހިދު
25 މާރިޗު 2018

ޑިގްރީ ނެތް އެޑިޓަރުން ބަދަލު ކުރަން ދިން މުއްދަތު 18 މަސް ދުވަހަށް އިތުރުކޮށްފި

25 މާރިޗު 2018
ޑިގްރީ ނެތް އެޑިޓަރުން ބަދަލު ކުރަން ދިން މުއްދަތު 18 މަސް ދުވަހަށް އިތުރުކޮށްފި
24 މާރިޗު 2018

2017 ވަނަ އަހަރުގެ ރާއްޖޭގެ މޫސުން: ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ 33.9 ޑިގްރީ ސެލްސިއަސް

24 މާރިޗު 2018
2017 ވަނަ އަހަރުގެ ރާއްޖޭގެ މޫސުން: ފިނިހޫނުމިން އެންމެ މައްޗަށް ދިޔައީ 33.9 ޑިގްރީ ސެލްސިއަސް
19 މާރިޗު 2018

ޑިގްރީ ނެތް އެޑިޓަރުން ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި

19 މާރިޗު 2018
ޑިގްރީ ނެތް އެޑިޓަރުން ބަދަލުކުރަން ދިން މުއްދަތު އިތުރުކޮށްފި
17 ފެބުރުއަރީ 2018

ޑިގްރީ ނެތް އެޑިޓަރުން ބަދަލުކުރަން ނޫސް މަޖައްލާތަކުގެ އެއްމަސް ދުވަހުގެ މުއްދަތެއް ދީފި

17 ފެބުރުއަރީ 2018
ޑިގްރީ ނެތް އެޑިޓަރުން ބަދަލުކުރަން ނޫސް މަޖައްލާތަކުގެ އެއްމަސް ދުވަހުގެ މުއްދަތެއް ދީފި
31 ޖެނުއަރީ 2018

ނޫހެއްގެ އެޑިޓަރުކަން ކުރެވޭނީ ޑިގްރީ އޮންނަ މީހަކަށް ކަމަށް ކަނޑައަޅައިފި

31 ޖެނުއަރީ 2018
ނޫހެއްގެ އެޑިޓަރުކަން ކުރެވޭނީ ޑިގްރީ އޮންނަ މީހަކަށް ކަމަށް ކަނޑައަޅައިފި
16 ނޮވެމްބަރު 2017

ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަކުރެވޭނީ ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން: މިނިސްޓަރު ތޯރިގް

16 ނޮވެމްބަރު 2017
ދުނިޔޭގެ ފިނިހޫނުމިން 1.5 ޑިގްރީ ސެލްސިއަސް އަށް ކުޑަކުރެވޭނީ ހަރުދަނާ މަސައްކަތްތަކެއް ކޮށްގެން: މިނިސްޓަރު ތޯރިގް
05 ނޮވެމްބަރު 2017

މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި

05 ނޮވެމްބަރު 2017
މޭޖަރ ޖެނެރަލް (ރިޓަރޔަޑް) މުޙައްމަދު ޒާހިރަށް އޮނަރަރީ މާސްޓަރސް ޑިގްރީއެއް އަރުވައިފި
17 މެއި 2017

އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް

17 މެއި 2017
އިންޖީނުގެތައް ޒަމާނީ ފެންވަރަށް ބަދަލު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ތޯރިގް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު