Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާޒިމާގެ ޝަރީއަތް

އާޒިމާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާއަށް ތާވަލް ކޮށްފި

19 އޮކްޓޯބަރު 2020 | ހޯމަ 13:09

އަޑުއެހުން އޮތީ ކްރިމިނަލް ކޯޓުގައި މާދަމާ 10:30 ގައި

މުހައްމަދު ފަޒީން
މުހައްމަދު ފަޒީން | 19 އޮކްޓޯބަރު 2020 | ހޯމަ 13:09
ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން މަންޒަރެއް

ކްރިމިނަލް ކޯޓުގައި އެންމެފަހުން ބޭއްވި ޝަރީއަތުގެ އަޑުއެހުމުގެ ތެރެއިން މަންޒަރެއް

ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމާ ގުޅޭ ދެ ދައުވާގެ އަޑުއެހުމެއް އަންގާރަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލް ކޮށްފިއެވެ.

އާޒިމާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާއާއި މަނީ ލޯންޑަރިންއަށް މަގު ފަހި ކޮށްދިނުމުގެ ކުށުގެ ދައުވާއާ ގުޅިގެން ބާއްވާ އިބްތިދާއީ އަޑުއެހުމެއް އަންގާރަ ދުވަހުގެ 10:30 އަށް ކްރިމިނަލް ކޯޓުގައި ވަނީ ތާވަލް ކޮށްފައެވެ.

Advertisement - newsAdvertisement

އާޒިމާގެ މި ދެ ދައުވާއާ ގުޅިގެން އެންމެފަހުން އަޑުއެހުމެއް ބާއްވާފައިވަނީ މި މަހުގެ 11 ވަނަ ދުޗަހު އެވެ. އެ އަޑުއެހުމުގައި އާޒިމާ ވަނީ އަލުން އިބްތިދާއީ އަޑުއެހުންތައް ކުރިއަށް ގެންދިއުމަށް އެދިވަޑައިގަންނަވާފައެވެ.

އެންމެފަހުން ބޭއްވި އަޑުއެހުމުގައި، އާޒިމާއާއި އޭނާގެ ގާނޫނީ ވަކީލުންގެ ޓީމުން ވަނީ، ކުރިން މި މައްސަލަ ބެއްލެވި ގާޒީ އަހުމަދު ހައިލަމް މި މައްސަލަައިގެ ޝަރީއަތުގެ އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާފައިވަނީ ގާނޫނާ ހިލާފަށް ކަމަށް ވިދާޅުވެފައެވެ. އެހެންކަމުން އަލުން މި މައްސަލަ އިބްތިދާއީ އަޑުއެހުމުން ފެށިގެން ކުރިއަށް ގެންދިއުމަށް އެދިލައްވާ ކަމަށެވެ. އެގޮތަށް ބަޔާންކޮށް އާޒިމާގެ ފަރާތުން ވަނީ ކްރިމިނަލް ކޯޓަށް ސިޓީއެއް ވެސް ފޮނުއްވާފައެވެ.

ނަމަވެސް މި މައްސަލައަކީ، މީގެ ކުރިން އިބްތިދާއީ އަޑުއެހުންތަކެއް ބާއްވާފައިވާ، އަދި ގޮތްތަކެއް ނިންމާފައިވާ މައްސަލައެއް ކަމަށާއި އަދި މިހާރު މިމައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދުވެސް މިމައްސަލަ ކުރިން ނިންމާފައިވާ ހިސާބުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މައްސަލައެއް ކަމަށް ތަކުރާރުކޮށް ދައުލަތުގެ ގާނޫނީ ވަކީލު ވިދާޅުވިއެވެ.

ގާޒީ ވެސް ވިދާޅުވީ، މި މައްސަލަ ކުރިއަށް ދާނީ ކުރިން ވެސް ނިންމާފައިވާ ގޮތަށް، ކުރިން ބޭއްވި އަޑުއެހުމުގައި ކުރިއަށް ގެންދެވިފައިވާ ހިސާބުން ފެށިގެން ކަމަށެވެ. އެގޮތުން، އާޒިމާގެ ފަރާތުން ދިފާއުގައި ހުށަހަޅުއްވާ ނުކުތާތައް ކުރިން ބޭއްވި އަޑު އެހުމުގައި ހުށަހެޅި ނިމިފައިވާ ހިސާބުން ކުރިއަށް ގެންދެވުމަށް ގާޒީ އެދިލެއްވިއެވެ.

އާޒިމާއާއި އޭނާގެ ގާނޫނީ ޓީމުން، ދިފާއުއަށް އެދި ހުށައެޅި ހުށަހެޅުންތަކާއި ގުޅިގެން ދައުލަތުގެ ގާނޫނީ ވަކީލު ރައްދު ދެއްވަމުން ގެންދަވަތީ، އެކަން ހުއްޓުވާ ދެއްވުމަށް އާޒިމާގެ ގާނޫނީ ވަކީލު އެދިލެއްވުމުން ގާޒީ ވަނީ ދައުލަތުގެ ވަކީލަށް ރައްދު ނުދެއްވޭނެ ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ދައުލަތުގެ ވަކީލު ވިދާޅުވެފައިވަނީ، ދިފާއުގައި ޝަރީއަތަށް ހުށަހަޅާފައިވާ ނުކުތާތަކަށް ވުރެ އިތުުރު ވާހަކަތައް ދިފާއީ ދެ ވަކީލުންނާއި އަދި ދައުވާ ރައްދުވާ އާޒިމާ ވެސް ދައްކަވަމުން ގެންދަވާނަމަ ދައުލަތަށް ވެސް ރައްދު ދިނުމުގެ ފުރުސަތު އޮންނަންޖެހޭނެ ކަމަށެވެ. އަދި ދެ ފަރާތުން ހުށަހަޅާފައިވާ ލިޔެކިޔުންތަކަށް އެކަނި ރިޔާއަތްކޮށް މި މައްސަލައަށް ގޮތެއް ގާޒީ ނިންމަވާނަމަ މި އަޑުއެހުންތައް ބޭއްވުމުގެ ބޭނުމެއް ވެސް ނެތް ކަމަށް ދައުލަތުގެ ވަކީލު ވިދާޅުވިއެވެ.

ގާޒީ ނިންމި ނިންމެވުން، ލިޔުމުން ލިބެން ބޭނުންވާ ކަމަށް ފާހަގަ ކުރައްވަމުން ދައުލަތުގެ ވަކީލާ ވިދާޅުވީ، ގާޒީގެ ނިންމެވުން ދައުލަތުގެ ފަރާތުން ހައިކޯޓުގައި އިސްތިނާފު ކުރަން ވެސް ދައުލަތުން ބޭނުންވާ ކަމަށެވެ.

މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވަނީ، ދެން އެންމެ އަވަހަށް ބޭއްވޭ އަޑުއެހުމުގައި ދައުލަތަށް އެ ލިޔުން ލިބޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

29 މާރިޗު 2017

ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި

29 މާރިޗު 2017
ރައީސް ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ މައްސަލަ މާދަމާއަށް ތާވަލް ކޮށްފި
19 މާރިޗު 2017

ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި

19 މާރިޗު 2017
ޝެއިޚް އިމްރާނުގެ އިސްތިއުނާފް އަޑުއެހުމެއް އަންގާރަ ދުވަހަށް ތާވަލުކޮށްފި
12 މާރިޗު 2017

މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި

12 މާރިޗު 2017
މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މިމަހުގެ 27 އަށް ތާވަލްކޮށްފި
27 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި

27 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ތާވަލްކުރި ޝުމްބާގެ ޝަރީޢަތް ކެންސަލް ކޮށްފި
26 ފެބުރުއަރީ 2017

އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!

26 ފެބުރުއަރީ 2017
އަހަރެއްހާ ދުވަހުގެ މެދުކެނޑުމަކަށް ފަހު ޝުމްބާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ!
20 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި

20 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި އެޖެންޑާ ކޮށްފި
19 ފެބުރުއަރީ 2017

ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި

19 ފެބުރުއަރީ 2017
ފާރިސްއާއި ނާދިރާ ވަކިކުރި މައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މާދަމާ އަށް އެޖެންޑާ ކޮށްފި
07 ފެބުރުއަރީ 2017

ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި

07 ފެބުރުއަރީ 2017
ޝެއިހު އިމްރާނުގެ އިސްތިއުނާފް 10 މަހަށް ފަހު ބުދަ ދުވަހަށް ތާވަލްކޮށްފި
02 ފެބުރުއަރީ 2017

ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!

02 ފެބުރުއަރީ 2017
ސީރިއާގައި "މަރުވެފައިވާ" ދިވެއްސެއްގެ ޝަރީއަތުގެ އަޑުއެހުމެއް!
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް