Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑިޕާއި ހޯދަން ކުރާ މަސައްކަތް

ޖެނުއަރީ މަހު ބާސާއަށް ޑިޕާއި ގެންނަށް ކޫމަން ބޭނުންވޭ

ބާސާއިން މި ނިމުނު ޓްރާންސްފާގައިވެސް ޑިޕާއި ހޯދުމަށް ވަނީ މަސައްކަތް ކޮށްފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2020 | ހޯމަ 12:03
ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި

ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި

ލިޔޯނަށް ކުޅެމުން އަންނަ ނެދަލެންޑްސްގެ ފޯވާޑް މެމްފިސް ޑިޕާއި އަންނަ އަހަރުގެ ޖެނުއަރީ ޓްރާންސްފާގައި ބާސެލޯނާއަށް ގެންނަށް ބޭނުންވާ ކަމަށް އެ ކުލަބުގެ ކޯޗު ރޮނާލްޑް ކޫމަން ބުނެފިއެވެ.

އުމުރުން 26 އަހަރުގެ ޑީޕާއި އަކީ ކޫމަން، ނެދަލެންޑްސްގެ ގައުމީ ފުޓްބޯޅަ ޓީމުގައި އިރުޝާދު ދީފައިވާ ކުޅުންތެރިއެކެވެ. ކޫމަނުގެ އެދުމުގެ މަތިން ބާސާއިން މި ނިމުނު ޓްރާންސްފާގައިވެސް ޑިޕާއި ހޯދުމަށް ވަނީ މަސައްކަތް ކޮށްފައެވެ. އެ ފަހަރު ޑިޕާއި އަމިއްލަ ގޮތުން ބާސާއަށް ބަދަލުވުމަށް އެއްބަސްވި ނަމަވެސް، ބާސާ އާއި ލިޔޯނާ ދެމެދު ރަސްމީކޮށް އެއްބަސްވުމަކަށް އައިސްފައެއް ނުވެއެވެ.

މީގެ ކުރިން ލިޔޯނުން ޑިޕާއި ވިއްކަން ދެކޮޅު ހެދި ނަމަވެސް، ލިޔޯނުގެ އެއްބަސްވުން އާކުރަން ޑިޕާއި ބޭނުންނުވާތީވެ، ޖެނުއަރީ މަހު އޭނާ ވިއްކާލަން އެ ޓީމުން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ސަބަބަކީ ޖެނުއަރީ މަހު ޑިޕާއި ވިއްކާނުލެވިއްޖެނަމަ، ސީޒަން ނިމުމުން ހިލޭ ޓްރާންސްފާއެއްގެ ދަށުން ޑިޕާއީއަށް ބާސާއާ ގުޅުމުގެ ފުރުސަތު އޮތުމުންނެވެ.

ދާދި ފަހުން ކޫމަން ބުނީ ޑިޕާއި ހޯދަން ވަރަށް ބޮޑަށް މަސައްކަތްކުރާނެ ކަމަށާއި، ޖެނުއަރީ މަހު އޭނާ ބާސާއާ ގުޅުމުގެ އުންމީދު އެބައޮތް ކަމަށެވެ. އެކަމަކު އެކަމަށް ވަކި ގޮތެއް ނިންމޭނީ ޖެނުއަރީ މަހު ކުލަބުގެ މާލީ ހާލަތު އޮންނާނެ ގޮތެއް ބެލުމަށްފަހު ކަމަށްވެސް ބުންޏެވެ.

ރިޕޯޓުތައް ބުނާ ގޮތުން ޑިޕާއިވެސް ހުރީ ޖެނުއަރީ މަހު ބާސާއަށް ބަދަލުވުމުގެ އުންމީދުގައެވެ. މީގެ ކުރިން ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް ވެސް ވަނީ ޑިޕާއި ބާސާއަށް ބަދަލުވާން އަދިވެސް ބޭނުންވާ ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ބާސާއަށް ބަދަލުވާން ޑިޕާއި ކުރެވެންހުރި ހުރިހާ ކަމެއް ކުރާނެ ކަމަށާއި، އެގޮތުން މިހާރު އޭނާ އިންތިޒާރު ކުރަނީ ޖެނުއަރީ ޓްރާންސްފާއަށް ކަމަށެވެ.

މީގެ ކުރިން މެންޗެސްޓާ ޔުނައިޓެޑަށްވެސް ކުޅުނު ޑިޕާއި ލިޔޯނާ ގުޅުނީ 2017 ވަނަ އަހަރު، ހަތަރު އަހަރާ ބައިގެ އެއްބަސްވުމެއްގެ ދަށުންނެވެ. ލިޔޯންގައި ޑިޕާއި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، އޭނާ ވަނީ މިހާތަނަށް ލިޔޯނަށް ކުޅެދިން 144 މެޗުގައި 58 ލަނޑު ކާމިޔާބުކޮށްފައެވެ.

ބާސާއިން ޑިޕާއީ ހޯދަން މަސައްކަތް ކުރިއިރު، މި ނިމުނު ޓްރާންސްފާ ބާޒާރުގައި އެ ޓީމުން ވަނީ އުރުގުއޭގެ ފޯވާޑް ލުއިސް ސުއަރޭޒް އެތުލެޓިކޯ މެޑްރިޑަށް ވިއްކާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުރަތަމަ ރިސޯޓް ބިލިއަޑް މުބާރާތް އަންނަ މަހު

ފުރަތަމަ ރިސޯޓް ބިލިއަޑް މުބާރާތް އަންނަ މަހު

14 މާރިޗު 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

އޭޝިއަން ސެންޓްރަލް ޒޯން ޗެމްޕިއަންޝިޕް މާޗު މަހު ރާއްޖޭގައި

31 ޖެނުއަރީ 2017
ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

ބަންގްލަދޭޝްގެ ދައުވަތަކަށް ޝޭހް ކަމާލް ކަޕަށް އަންނަ މަހު ޓީސީ ފުރަނީ!

23 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު