Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އެންއައިސީއަށް އައު މެމްބަރުން އައްޔަނުކުރުން

އުއްމީދަކީ އައު މެމްބަރުންނާއެކު އެންއައިސީ މެދުވެރިކޮށް އިންސާފު ލިބޭނެ ގޮތްވުން

އެންއައިސީގައި ކުރީގައި ތިއްބެވި ހަތަރު މެމްބަރެއް ވަކިކުރުމަށް ކޮމިޓީން ނިންމި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2020 | ހޯމަ 20:12
ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން

ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަން (އެންއައިސީ) އުފައްދާފައިވަނީ 2016 ވަނަ އަހަރުއެވެ. އެއީ ފުލުހުންގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި، ކަސްޓަމްސްގެ ޤާނޫނުގެ ދަށުން އުފައްދާފައިވާ ކަސްޓަމްސް އިންޓެގްރިޓީ ކޮމިޝަން އުވާލުމަށް ފަހު އުފައްދާފައިވާ ކޮމިޝަނެކެވެ. އެންއައިސީން ބަލަމުންދަނީ ފުލުހުންނާ ގުޅޭ މައްސަލަތަކާއި، ކަސްޓަމްސްއާ ގުޅޭ މައްސަލަތަކުގެ އިތުރުން، މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އާއި މޯލްޑިވްސް އިމިގްރޭޝަނާ ގުޅޭ މައްސަލަތަކެވެ. އެންއައިސީގެ މަސައްކަތްތައް މި ފާއިތުވެގެން ދިޔަ ދުވަސްތަކުގައި ހުރި ގޮތާމެދު އާންމުންގެ ތެރޭގައި އެތައް ޝަކުވާ އެއް އެބައޮތެވެ. އަދި ރައްްޔިތުން އިންތިޚާބު ކޮށްފައިވާ މެމްބަރުންގެ މެދުގައި ވެސް އެކަމުގެ ކަންބޮޑުވުންތައް ވަރަށް ބޮޑަށް އޮތެވެ.

އޭގެ ނަތީޖާ އަކީ އެންއައިސީގެ މެމްބަރުންގެ މައްސަލަތައް ބަލާ އެކޮމިޝަންގެ މެމްބަރުން މަގާމުން ވަކި ކުރުމަށް މިހާރުގެ މަޖިލީހުން ނިންމުމެވެ. އެންއައިސީގެ ހަތަރު މެމްބަރެއް ވަކި ކުރުމުގެ މައްސަލަ މަޖިލީހުން ބަލަން ފެށުމާއެކު އެ ކޮމިޝަނުން ތިން މެމްބަރަކު ވަނީ އިސްތިއުފާ ދެއްވާފައެވެ. އިސްތިއުފާ ދެއްވާފައިވަނީ ކޮމިޝަންގެ ނައިބް ރައީސް ކަމުގައި ހުންނެވި ހައްސާން ހަމީދު، މެމްބަރު ހަދީޖާ އަބްދުﷲ ގެ އިތުރުން ކޮމިޝަންގެ މެމްބަރު އަހުމަދު އަމީންއެވެ. ކޮމިޝަންގެ ރައީސްކަމުގައި ހުންނެވި އަހުމަދު ސުލައިމާން ވަކި ކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަށް ލަފާ އެރުވުމަށް ރައްޔިތުންގެ މަޖިލީހުން ފާސް ކުރިއެވެ.

ކޮމިޝަނުން ކުރީގެ މެމްބަރުން ވަކި ކުރުމަށްފަހު މިހާރު މިވަނީ އެ ކޮމިޝަނަށް މުޅިން އައު މެމްބަރުން އައްޔަނު ކުރުމަށް މަޖިލީހުން ފާސް ކޮށްފައެވެ. ހޯމަ ދުވަހު ބޭއްވި ގެންދިޔަ ޖަލްސާގައި މިވަނީ ކޮމިޝަންގައި ތިބެން ޖެހޭ ފަސް މެމްބަރުންގެ ތެރެއިން ހަތަރު މެމްބަރުން އައްޔަނު ކުރުމަށް ފާސް ކޮށްފައެވެ. 19 ވަނަ ރައްޔިތުންގެ މަޖިލީހުން އަލަށް އެންއައިސީ އަށް އައްޔަނު ކޮށްފައިވަނީ މީގެކުރިން މަޖިލީހުން ރުހުންދިން ކާނަލް (ރޓޑ) އަހްމަދުޖިހާދު އާއި ހޯމަ ދުވަހުގެ ޖަލްސާގައި އެންއައިސީ އަށް އައްޔަނު ކުރުމަށް މަޖިލީހުން ފާސް ކުރިއާމިނަތު ޝާދިޔާ އާއި އަލްއުސްތާޛާ އާމިނަތު ޝިއުނާ އާއި އަލްއުސްތާޛު ޝުއައިބު އަބްދުއްރަހުމާން އަދި ގާސިމް އަބްދުލްކަރީމެވެ. އެހެންކަަމުން މިހާރު މިވަނީ އައު ކޮމިޝަން އެކުލަވާލެވިފައެވެ. ދެން އޮތީ މި ކޮމިޝަންގެ މަސައްކަތްތައް ރައްޔިތުން ބޭނުންވާ ގޮތަށް ބޭނުންވާ ބަދަލާ އެއްގޮތަށް ގެންދިޔުމެވެ.

މި ބޭފުޅުންގެ ނަންތައް ދިރާސާ ކުރި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ރިޕޯޓަށް ބަހުސް ކުރެއްވި މެމްބަރުން ވެސް ވަނީ އެކަމުގެ އުންމީދު ފާޅު ކުރައްވާފައެވެ. ކުރީގެ ކޮމިޝަނުގައި ފުނިޖެހިފައި ފައްސަތޭކައަށްވުރެ ގިނަ މައްސަލަ ހުރިއިރު ހުށަހަޅާފައިވާ މައްސަލަތައް ނުބެލި ދިގުލައިގެން ދިޔުމުގައި ތަފާތު އެކި "ބަހަނާ" ވަނީ އެމެމްބަރުން ދައްކަވާފައެވެ. އެހެންކަމުން މެމްބަރުން އުންމީދު ކުރައްވަނީ މިފަހަރުގެ ކޮމިޝަނުން އެގޮތަށް ފަހަތު ފަޔަށް ބުރަނުވެ ރައްޔިތުންނާއި މެމްބަރުންގެ އުންމީދު ހުރި މިންވަރަށް މަސައްކަތްތައް ގެންދަވާނެ ކަމަށެވެ. ރާއްޖެ އިސްލާހަށް މި ކުރާ މަސައްކަތުގައި ކޮމިޝަނަށް ޤާނޫނީ ގޮތުން ކުރިމަތި ކުރުވާފައިވާ ޒިންމާ ފުރިހަމައަށް އަދާކުރާނަމަ އިސްލާހުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަކަމެއް އަންނާނެ ކަމަށް މެމްބަރުން ދެކެވަޑައިގަންނަވައެވެ.

ކޮމިޓީ ރިޕޯޓަށް ވާހަކަ ދައްކަވަމުން ހުޅުދޫ ދާއިރާގެ އެމްޑީޕީ މެމްބަރ އިލްޔާސް ލަބީބު ވިދާޅުވީ އެންއައިސީ އަކީ ދައުލަތުގެ މުހިންމު މުއައްސަސާއަކަށްވާއިރު ފާއިތުވި ދައުރުގައި ފެނުނީ އެމީހުންގެ މަސްއޫލިއްޔަތު އަދާނުކޮށް ނިދާފައި އޮތްތަން ކަމަށެވެ. އެގޮތުން މަޖިލީހުގެ ކޮމިޓީން އެކިކަންކަމާމެދު ސުވާލު ކުރުމުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅޭ މީހުން ހާޒިރުނުވެ ބަޔާން ނުދިންފަދަ ސަބަބުތައް ދައްކާ އިތުރު ކަމެއް ދެން މައްސަލަތައް އިތުރަށް ތަހުގީގު ކުރުމަށް ނުކުރާ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އިލްޔާސް ލަބީބު ވިދާޅުވީ އެންއައިސީގެ މަސައްކަތްތައް ރަނގަޅު ނުކުރެވުމުގެ ސަބަބުން ފުލުހުންނާއި ކަސްޓަމަސް އަދި އިމިގްރޭޝަންގެ ކަންކަން ރަނގަޅަށް ހައްލު ކުރެވިގެން ނުދާ ކަމަށެވެ. ކުރިޔަށް އޮތްތަނުގަ އިވެސް މަޖިލީހުން އެންއައިސީން ކުރަމުންދާ މަސައްކަތްތައް ބަލަމުންދާނެ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ. އަދި މަސައްކަތް ކުރުމުގައި ދިމާވާ ދަތިތައް ވެސް މަޖިލީހުން ސާފުކޮށް އެކަން ކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރާނެ ކަމަށް އިލްޔާސް ލަބީބު ވިދާޅުވިއެވެ.

އިނގުރައިދޫ ދާއިރާ ތަމްސީލު ކުރައްވާ އެމްޑީޕީ މެމްބަރ ހަސަން އަހުމަދު ވެސް އެންމެ ބޮޑަށް ފާހަގަކުރެއްވީ ޤާނޫނު އަސާސީން މުއައްސަސާތަކުން ކުރުމަށް ކަނޑައަޅާފައިވާ ކަންކަން ނުކުރުމުގެ ސަބަބުން ރައްޔިތުންގެ ހައްގުތައް ގެއްލިގެންދާ ދިޔުމެވެ. ފާއިތުވި ތަނުގައި ކަންކަން ކޮށްފައި ހުރި ގޮތުން ރައްޔިތުންގެ ހައްގުތައް ގެއްލިފައިވާއިރު މުއައްސަސާތަކުން އިޚުލާސްތެރިކަމާއެކު މަސައްކަތް ކުރަން ޖެހޭ ކަމަށް ހަސަން އަހުމަދު ވިދާޅުވިއެވެ. އަދި މުއައްސަސާއަކަށް މައްސަލައެއް ހުށަނޭޅި ނަމަވެސް އެ މުއައްސަސާއަކާއި ހަވާލުވެފައިވާ ތަނެއްގައި މައްސަލައެއް އުޅޭ ކަމަށް ފާހަގަވާނަމަ އަމިއްލައަށް ވެސް ކަންކަން ބަލަން ޖެހޭ ކަމަށް ހަސަން އަހުމަދު ވިދާޅުވިއެވެ.

އެންއައިސީގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން އައްޑޫމީދޫ ދާއިރާގެ އެމްޑީޕީ މެމްބަރ ރޮޒައިނާ އާދަމް ވިދާޅުވީ އެންއައިސީ އަކީ މިދިޔަ ފަސް އަހަރު ތެރޭގައި އެތަނެއްގެ ބޭނުން އެންމެ ބޮޑަށް ރައްޔިތުންނަށް ޖެހި އެތަނަކުން އެއްވެސް ކަމެއް ނުނިމި ދިޔަ ކޮމިޝަނެއް ކަމަށެވެ. މަޖިލީހުގައި ކޮމިޝަން ޒިންމާދާރު ކުރުވާ ކޮމިޓީގައި ވެސް އޭރުވެސް އިންނެވި ކަމަށާއި އަދި އަމިއްލަފުޅަށް ވެސް އެންއައިސީ އަށް މައްސަލަތައް ހުށަހަޅުއްވަމުން ގެންދެވި ކަމަށް ރޮޒައިނާ ވިދާޅުވިއެވެ. އެހެންނަމަވެސް ފެނިގެން ދިޔައީ ކޮންމެސް އުޒުރެއް ދެއްކުމަށްފަހު އަބަދުވެސް މައްސަލަތައް ނުބެލި ފުނި ޖެހިގެން ދިޔަ ތަން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ އަލުން މި އައްޔަނުކުރެވުނު މެމްބަރުންނާއެކު އެންއައިސީ އަކީ ފަރުވާތެރިކަމާއެކު މަސައްކަތުގައި ޝާމިލްވެގެން ، އިސްނަގައިގެން މަސައްކަތްތައް ކުރާ ކޮމިޝަނަކަށް ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

މިނިވަން މުއައްސަސާތަކަކީ ރައްޔިތުންގެ މެދުގައި އެންމެ ބޮޑެތި ޝަކުވާތައް އޮތް ކޮމިޝަންތަކެވެ. އެ ކޮމިޝަންތަކުގެ މަސައްކަތްތައް ނުކުރުމުގެ ސަަބަބުން ރައްޔިތުންގެ އެތައް ހައްގުތަކެއް ގެއްލިގެންދާއިރު ވެރިކަން ކުރާ މައި ޕާޓީ އަދި މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތް އެމްޑީޕީން އަބަދުވެސް ދައްކަމުން އައި ވާހަކަ އަކީ މިނިވަން މުއައްސަސާތަކަށް ޚަރުދަނާ މީހުން ލައި އެތަންތަން ޒިންމާދާރު ކުރުވާނެ ވާހަކައެވެ. އެކަން ކުރުމަށްޓަކައި 19 ވަނަ މަޖިލީހުން އަންނަނީ މިނިވަން މުއައްސަސާތަކަށް އައު މެމްބަރުން އައްޔަނު ކުރަމުންނެވެ. ދެން އޮތީ ނަތީޖާ ނިކުންނަ ގޮތެއް ބެލުމެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ

އައު ސަރުކާރުގެ ކެބިނެޓް: ސިޔާސީ މަސްލަހަތަށް ވުރެ ގައުމުގެ މަސްލަހަތު އިސްކުރަންޖެހޭ

23 އޮކްޓޯބަރު 2018
ޕީޕީއެމް މެމްބަރުންނާއެކު ނައިމައްތަ ވެސް ބްރިޖު މަތީ، ހަގީގަތަކީ ކޮބައި؟

ޕީޕީއެމް މެމްބަރުންނާއެކު ނައިމައްތަ ވެސް ބްރިޖު މަތީ، ހަގީގަތަކީ ކޮބައި؟

02 ސެޕްޓެމްބަރު 2018
ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

ފެރީތައް މެދުވެރިކޮށް ދަތުރުކުރުމުގައި ހަމަ އަސްލު ވެސް ލުއި ފަސޭހަތަ؟

25 އެޕްރީލު 2018
ސުލައިމާން އެންއައިސީއަށް: މަގާމު އޭނާއަށް ހައްގުވޭތަ؟

ސުލައިމާން އެންއައިސީއަށް: މަގާމު އޭނާއަށް ހައްގުވޭތަ؟

28 ފެބުރުއަރީ 2018
ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!

ޝަރީޢަތް މެދުވެރިކޮށް ވެރިކަމުން ދުރުކުރުމަކީ އާ ކަމެއް ނޫން!

29 ޖެނުއަރީ 2018

އަހަރުތަކުން މިއަދު

2 އެޕްރީލު
ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.
20251 އަހަރު ކުރިން
ރިޕޯޓު

ރައީސް މުއިއްޒު މިއުޅުއްވަނީ ދުނިޔޭގެ އެންމެ ބޮޑު މަހުޖަނަށް ހެދިގެންތޯއެވެ.

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

އެސްޓްރަބަން އިން ވިއްކާ ތަކެތި ފަސޭހައިން ގަނެވޭގޮތަށް އައު ވެބްސައިޓެއް

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް
20233 އަހަރު ކުރިން
ރާއްޖެ

ފައިސާ އެކައުންޓަށް ޖަމާކުރުމަށްފަހު އަނބުރާ ހޯދައިދިނުމުގެ ބާރެއް ބޭންކަކަށް ނޯވޭ: ބީއެމްއެލް

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި
20224 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ހިރިލަންދޫގައި "ނަޝީ ބޭކަރީ" ހުޅުވައިފި

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ތިންހާސް އަހަރު ކުރިން މަރުވެފައިވާ ރަސްރަނިންގެ ޕެރޭޑެއް

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!
20197 އަހަރު ކުރިން
ރާއްޖެ

ކަނޑުފޭރޭ ބަޔަކު ޖޭޕީ ފޭރިގެންފި ކަމަށް ވިދާޅުވެ އަލީ ވަހީދުގެ ފާޑުކިއުން އެ ޕާޓީއަށް!

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!
20188 އަހަރު ކުރިން
ސިއްހަތު

އަތްފައި ދާ ހިތްލާތަ؟ ކަންބޮޑު ނުވޭ މި އޮތީ ހައްލު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު