Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެދިރާސީ އައު އަހަރުގެ މައްސަލަ

6 މަސް ދުވަހަކީ ދަރިވަރުންނަށް ފައިދާ ކުރާނެ ދުވަސްތަކެއް: އެޑިއުކޭޝަން

ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅުއްވައިފިނަމަ އެކަމާއި ސަރުކާރުން ވިސްނާ މަޝްވަރާ ކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 19 އޮކްޓޯބަރު 2020 | ހޯމަ 11:16
ކޮވިޑުގެ ތެރޭގައި ދަރިވަރުން އަލުން ސްކޫލަށް ހާޒިރުވާ އިރު އަމަލުކުރަން ޖެހޭ ގައިޑްލައިނެއް ވަނީ އެކުލަވާލާފައި

ކޮވިޑުގެ ތެރޭގައި ދަރިވަރުން އަލުން ސްކޫލަށް ހާޒިރުވާ އިރު އަމަލުކުރަން ޖެހޭ ގައިޑްލައިނެއް ވަނީ އެކުލަވާލާފައި

އިތުރު 6 މަސް ދުވަހު ކިޔަވައިދޭން ޖެހުމާއި، އަންނަ އަހަރުގެ ދިރާސީ އަހަރު، އަހަރުގެ މެދުތެރެއިން ފަށާތީ އެކަމާއި ގުޅިގެން ބެލެނިވެރިންގެ ކަންބޮޑުވުންތަކަށް އެޑިއުކޭޝަން މިނިސްޓްރީން ޖަވާބުދީފިއެވެ.

ކުރިއެކޭ އެއްގޮތަށް އަންނަ އަހަރު ޖެނުއަރީ މަހު ދިރާސީ އާ އަހަރު ފަށާ ދެވަނަ ދިރާސީ އަހަރެއް އޮގަސްޓް މަހު ފެށުމަށް އެދި ބެލެނިވެރިން ދަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ޕެޓިޝަނެއް ހުށަހަޅަން ތައްޔާރުވަމުންނެވެ. ބެލެނިވެރިންގެ ކަންބޮޑުވުމަކީ މިހާރު ގެނެސްފައިވާ ބަދަލާއި ގުޅިގެން ދަރިވަރުންގެ ސްކޫލް ނިމޭ އަދި ފަށާ އުމުރުފުރާއަށް ބަދަލު އައުމެވެ.

މި ޕެޓިޝަނާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ރައްޔިތުންގެ ފަރާތުން ޕެޓިޝަނެއް ހުށަހަޅުއްވައިފިނަމަ އެކަމާއި ސަރުކާރުން ވިސްނާ މަޝްވަރާ ކުރައްވާނެ ކަމަށެވެ. ނަމަވެސް 6 މަސް ދުވަސް އިތުރުކޮށްގެން ކިޔަވައިދެނީ ސަބަބުތަކެއް ހުރެގެން ކަމަށާއި، މިއަހަރު ދަރިވަރުން ސްކޫލަށް އެކަށީގެންވާ ގޮތަށް ނައިސް ދަރިވަރުންނަށް ތައުލީމް އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

މީގެ އިތުރުން މިއަހަރު ގްރޭޑް 9 އަދި 10 ގައި ތިބި ދަރިވަރުންނަކީ ހާއްސަ ހާލަތެއްގައި ތިބި ކުދިން ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

އޭނާ ވިދާޅުވީ މިކަމުގެ ސަބަބުން ދަރިވަރުންނަށް ލިބިފައިވާ ގެއްލުން ވަރަށް ބޮޑަށް ކުޑަކުރެވިގެންދާނެ ކަމަށާއި، މި 2 ގްރޭޑްގެ އިތުރުން ހުރިހާ ގްރޭޑެއްގައި ތިބި ދަރިވަރުންނަށް ކިޔެވެންޖެހޭ ކިޔެވުމުގެ ވަރަށްބޮޑު ބައެއް ގެއްލިގެން ދަނީ ކޮވިޑާއި ގުޅިގެން ކަމަށެވެ. އަދި އެ ގެއްލިގެންދާ ފިލާވަޅު ނުލިބުމުގެ އިތުރުން ސްކޫލަށް ނުގޮސްތިބެ އެކަށީގެންވާ ގޮތަށް ކިޔެވުމުގައި ޝާމިލްވުމުގެ ފުރުސަތު ނުލިބުމުގެ ސަބަބުން ކުރިން ކިޔަވައިފައި ހުރި އެއްޗެއް ހަނދާން ނެތުމުން އެ ރިކަވަރ ކުރުމަށް ވެސް ވަގުތު ބޭނުންވާ ކަމަށެވެ.

ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ 6 މަސް ދުވަސް ކުދިންގެ އުމުރުން ބޭކާރުވެގެން ނުދާނެ ކަމަށާއި، 6 މަސް ދުވަހަކީ ދަރިވަރުން ތައުލީމުގައި ރަނގަޅަށް ޝާމިލްވެގެން ބޭސިކް ތައުލީމް ފުރިހަމަކުރުމަށް ދެވޭ އިތުރު ވަގުތެއް ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު މި ބަދަލާއެކުގައި ގްރޭޑް 10 ގައި ކިޔަވަމުންދާ ދަރިވަރުން އަންނަ އަހަރު މެއި ޖޫންގައި އިމްތިހާނު ހެދުމުން އިމްތިހާން ނިންމާލާފައި ބްރޭކަކަށް ފަހު އިތުރު ވަގުތެއް ބޭކާރު ނުވެ އޭލެވެލްއަށް ކިޔެވެން ފެށޭނެ ކަމަށެވެ. އަދި މިއީ ހަގީގަތުގައި ރަނގަޅު ފައިދާއެއް ދަރިވަރުންނަށް ކުރާނެ ކަމެއްކަމަށް ޑރ. އަބްދުﷲ ރަޝީދު ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި

14 ޖެނުއަރީ 2017
އޯލެވެލް ނިންމާ ދަރިވަރުންނަށް ޔޫޑަބްލިޔޫސީގެ ސްކޮލަރޝިޕްގެ ފުރުސަތު ހުޅުވާލައިފި
14 ޖެނުއަރީ 2017

ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި

14 ޖެނުއަރީ 2017
ކޭކެއްގެ ތެރެއަށް ލައި ފޮރުވައިގެން ޖަލަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އަންހެނަކު ހައްޔަރުކޮށްފި
13 ޖެނުއަރީ 2017

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް
12 ޖެނުއަރީ 2017

ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް

12 ޖެނުއަރީ 2017
ގެއްލިގެން ހޯދަމުން ދިޔަ ސްރީލަންކާގެ މަސްބޯޓް ފެނިއްޖެ، އެކަކުގެ ހާލު ދެރަ: އެމްއެންޑީއެފް
11 ޖެނުއަރީ 2017

މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި

11 ޖެނުއަރީ 2017
މިފްކޯ ބަނގުރޫޓްވެ މުވައްޒަފުން ވަޒީފާއިން ވަކިކުރާނެކަން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު