Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ސިޔާސީ ދުނިޔެ

ފޮނަދޫ ރައްޔިތަކު އަދުރޭއަށް ފޮނުވި އެއްގަނޑު ސިޓީ

ސިޔާސީ މައިދާނަށް ނުކުތުމުގެ ކުރިން އުޅުއްވި ކޮންމެ ތާކުން ބޮޑުތަނުން ޚިޔާނާތްތެރިވި

ނާފިއު ރަޝީދު
ނާފިއު ރަޝީދު, ރާއްޖެ އެމްވީ | 19 އޮކްޓޯބަރު 2020 | ހޯމަ 07:47
ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމާއި އޭނާގެ ފިރިހެން ދަރި ފައިސަލް

ޕީއެންސީގެ ލީޑަރު އަބްދުއްރަޙީމާއި އޭނާގެ ފިރިހެން ދަރި ފައިސަލް

އިއްޒަތްތެރި އަދުރޭއަށް، ވެދުން ސަލާމަށްފަހު ދަންނަވަމެވެ.

މިއަދު ދިވެހި ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކަށް އަދުރޭ އަކީ އަސްލު ކާކުކަން ނޭނގި ދާނެއެވެ. ހަމަ އެހެންމެ އަދުރޭ އަކީ ރާއްޖޭގެ މުއްސަނދިންގެ ތެރޭ ގުނާލެވޭ މީހެއްކަން ވެސް މި ބުނާ ގިނަ ރައްޔިތުން ނުދަންނާނެއެވެ. ނަމަވެސް އަދުރޭ އަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގައި މަސައްކަތް ކުރާ އިސް މީހެއްކަން އެ ރައްޔިތުން ދަނެއެވެ.

ކެޔޮކޭވަރު އެނގޭނީ ބިތުފަންގި ނެގީމައޭ ބުނާ ބީދައިން އަދުރޭގެ ފަތިފުއް ބަލައި ހާވާލުމުން ކެޔޮކެވިފައި ހުރިވަރު ވަރަށް ރަނގަޅަށް އެނގޭނެއެވެ. އެކަން ލ. އަތޮޅުގެ ގިނަ ރައްޔިތުން ވެސް ދަންނާނެއެވެ. ސިޔާސީ މައިދާނަށް އަދުރޭ ނުކުތުމުގެ ކުރިން އުޅުއްވި ކޮންމެ ތާކުން ބޮޑުތަނުން ޚިޔާނާތްތެރިއެއްކަން ވަނީ ފެނި ސާބިތުވެފައެވެ. އަތޮޅު އޮފީހާއި އެސް.ޓީ.އޯގައި އޭރު މަސައްކަތް ކުރެއްވި ބޭފުޅުން މިކަމާ ހެކިވާނެއެވެ. 11 ގަނޑު ޓިނު ވަގަށް ނަގައިގެން ރަށަކަށް އަރުވާލެވުނުކަން އެއީ ދެން މުޅި ރާއްޖެ ދަންނަ ހަޤީގަތެކެވެ.

ރަށުގައި ކަންމަތީ ފިހާރައެއް ހުޅުވައިގެން އެތަން ނުހިންގިގެން ބަންދު ކުރި ވާހަކައަކީ ފޮނަދޫ ރައްޔިތުން ދަންނާނެ ހަޤީގަތެކެވެ. ނަމަވެސް މިއަދު އަދުރޭ އެކަމުގެ މަތިން ހަނދާން ނުވެދާނެއެވެ. ރަށް ކުރިއަރުވާ ކޮމިޓީއަށް ކުރިމަތިލައިގެން ނުހޮވުނުކަން ސިޔާސީ ގިނަ ބަޔަކަށް ނޭނގިދާނެއެވެ. ހަމަ އެގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑިއަށް ހޮވުނު ގޮތް ވެސް އެނގޭ މީހުން މިއަދު މަދުވާނެއެވެ. އޭރުގައި މަޖިލިސް މެންބަރު ކަމަށް ނެރުމަށް ފޮނަދޫ ކިތަންމެ ބަޔަކު ކައިރިއަށް ހިނގައިގެން ވެސް އެކަމާ ޝައުޤުވެރިކަން ފާޅު ކުރި މީހެއް ނެތެވެ. އެއާއެކު އެ ފުރުސަތު އަދުރޭ އަށް ލިބުނުކަން ވެސް ގިނަ ބަޔަކަށް ނޭނގިދާނެއެވެ. އެ ދުވަހު އަދުރޭ ހޮވަން ރައްޔިތުން ވޯޓް ދިނީ ކީއްވެގެންކަން ހުދު އަދުރޭ ވެސް ހަނދާން ނުހުންނާނެއެވެ. އަދި އެއީ އަދުރޭ އަށް ރައްޔިތުން ތާއިދުކޮށްގެން ލިބުނު ގޮނޑިއެއް ވެސް ނުމެ ނޫންމެއެވެ.

އޭރު ލ. އަތޮޅު ރައްޔިތުން އެންމެ ބޮޑަށް ތާއިދު ކުރި ލީޑަރަކީ ރައީސް މައުމޫނެވެ. މައުމޫން ކޮންމެ ގެޔަކަށް ފޮނުވީ ސިޓީއެކެވެ. އަދުރޭއަށް ވޯޓް ދެއްވުމަށް އެދި ސިޓީ ފޮނުވުމުން ރައްޔިތުން ނުކުމެ އަދުރޭ އަށް ވޯޓު ދިނީ ކަނެއްތޯ ބީރެއްތޯ ނުވަތަ ވަގެއްތޯ ވެސް ބަލާނުލައެވެ. އެވެސް މައުމޫން ވިދާޅުވީމަ އެވެ. ނަމަވެސް މައުމޫނުގެ ފޮޓޯ ބޭނުން ކޮށްގެން ދެވަނަ ދައުރަށް ވެސް އިންތިހާބުވެ އެންމެ ފަހު ވަގުތު އެބޭގެ ކަރަށް ފައިން އެރީއެވެ. ސިޔާސީ ހަޔާތުގައި ވެސް ހިޔާނާތް ނޫން އެއްޗެއް ނުވެވުނެވެ. ތިޔަ ހުރި ހިސާބަށް ގެންގޮސް ދިން މީހާ އަށް ހިޔާނާތްތެރިވި މީހަކު އިހްލާސްތެރި ވާނީ ވަކި ކާކަށް ހެއްޔެވެ؟

އަދުރޭއެވެ. ފޮނަދޫ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނަވާ އެ ރަށުގެ މަގުތައް ހަދަން އެއް ކުންފުންޏާ ހަވާލުކޮށް، ކެވެން އޮތްވަރު މަދުވެދާނެ ކަމަށް އިތުރު ކުންފުންޏެއް ހަދައިގެން ވެސް ޕްރޮޖެކްޓަށް ލިބުނުހާ ފައިސާއެއް އެޅީ ހަމަ ޖީބަށް ނޫންތޯއެވެ. އެކަމުންވެސް ރައްޔިތުންނަށް ދިނީ ކޮޅުކެއްސެއް ނޫންތޯއެވެ. މަގު ހަދަން ގެންދިޔަ ސިމެންތި ކޮތަޅުތަކުން މަނިކުފާނު ގެޔަށް ގެންދިޔަ އަދަދުވެސް އެނގިލައްވާނީ ހަމަ މަނިކުފާނަށެވެ.

އިއްޒަތްތެރި އަދުރޭއެވެ. މަނިކުފާނު ޕްރީ ސްކޫލު ނަމުގައި ސަރުކާރުން އެތައް ލާރިއެއް ނަގާފައިވާކަން މިއަދު މީޑިއާތަކުގެ ފަލަ ސުރުހީތަކުން ދިވެހި ރައްޔިތުންނަށް ވަނީ ތިލަ ކޮށްދީފައެވެ. އަދި މަނިކުފާނު ދަރިފުޅުގެ އައިނެއް ހައްދަން ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރި ވާހަކަ އަކީ ވެސް ތިލަ ވެފަވަނީ އެކަމުގައި ވެސް ކޮންމެވެސް ހަގީގަތެއް އެކުލެވިގެން ވާތީ ނޫންތޯއެވެ.

އިއްޒަތާއި ޤަދަރުވެރިކަމާ އަބުރުވެރިކަމާ ނަޒާހަތްތެރިކަމުން ފުރިގެންވާ އަދުރޭއެވެ. ހާބަރު ފުޑް ކޯޓުން ދިވެހި ރައްޔިތުންނަށް އަކަފޫޓަކަށް 52 ރުފިޔާގެ ރޭޓުން 80،000 ރުފިޔާއަށް ގޮޅިތަށް ދޫކުރިއެވެ. އެހާ ބޮޑު އަދަދަކުން ކުލި ދައްކަން ޖެހުމުން ލިބޭ އެއްޗަކުން ދެކޮޅު ނުޖެހޭ ވާހަކަ ވެސް އެ ރައްޔިތުން ދިޔައީ ބުނަމުންނެވެ. ނަމަވެސް މަނިކުފާނާއި ޑރ. މުއިއްޒު ހެއްދެވި ޑީލެއްގެ ދަށުން ފުޑް ކޯޓުން 25،000 އަށް މަނިކުފާނަށް ގޮޅިއެއް ލިބުނެވެ. މިއަދު ރައްޔިތުން ކުރާ ސުވާލަކީ އެހާ ލާހިކު އަގެއްގައި ފުޑް ކޯޓުން ގޮޅިއެއް އަދުރޭއަށް ލިބުނީ ޑރ. މުއިއްޒަށް ހަމަ އެހާވެސް ލޯޔަލް މީހަކަށް މަނިކުފާނު ވީމަތޯ އެވެ. ނުވަތަ މިދާކަށް ދުވަހު ތައާރަފް ކުރި ލޯޔަލްޓީ ކާޑު އޭރުވެސް މަނިކުފާނު އަތުގައި އޮތީމަ ތޯއެވެ.

ރައީސް ވަހީދު ވެރިކަމާއި ޔާމީނުގެ ވެރިކަމުގައި މެންބަރުކަން ކޮށްލި ކަމަށްޓަކާ ރެހެންދި ފްލެޓުން 2 އެޕާޓްމެންޓާއި، މާލެއިން އެތައް ބިމަކާއި، މެލޭޝިއާ އިން ގެޔަކާއި، އަގުބޮޑު އެތައް ވެހިކަލްތަކާއި، މާލެ ދަތުރު ކުރާ ބޯޓަކާއި، ސްޕީޑް ލޯންޗަކާއި، މާލޭގައި 4 ކެފޭ އާއި ރަށުގައާއި އަތޮޅުގައި ނެތް ފެންވަރުގެ ފަރުނީޗާރު ފިހާރައަކާއި އަމިއްލަ ޕްރީސްކޫލެއް ހުޅުވާލިއިރު ލައްކަ ކެޔޮ ހުންނާނީ ކެވިފަތާއެވެ. މިއީ ކަންމަތީ ފިހާރަ ނުހިންގުނު އަދުރޭގެ ބިތުފަންގި ކިރިޔާ ހިއްލާލައިގެން ކެޔޮކާލިވަރު އެނގެން ހުރި ވަރެވެ. ބިތު ފަންގިއާއި ފުރާޅު ނަގާއިރު އަދި ކިހާވަރަކުން ދާނެބާއޭ ހިތަށް އަރައެވެ. މީހުންނާ ދިމާލަށް ވަގަށް ނުގޮވޭ ވަރެއް ވެސް ނޫނެވެ. އަދުރޭ ތިޔައީ ހަމަ މީހުންނާ ދިމާލަށް ވަގަށްގޮވާ ސަރުކާރަށް ވެސް ވަގަށް ގޮވަން އެންމެ ރަނގަޅު މީހާއެވެ. ތިޔަށް ކިޔަނީ ހަތް ގުދު އޮތް މީހާ އެއް ގުދު އޮތްމީހާއާ ދިމާލަށް ގުދޯގުދޯ ގޮވުމެވެ.

ހާދިމްކުމް

ފޮނަދޫ ރައްޔިތު މީހާ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ނަޝީދަށް މީހަކު ފޮނުވި އަސަރުގަދަ ސިޓީ

ރައީސް ނަޝީދަށް މީހަކު ފޮނުވި އަސަރުގަދަ ސިޓީ

21 ސެޕްޓެމްބަރު 2023
ޤަތަރުގެ ރައްޔިތަކު ތައްޔާރުކުރީ ވޯލްޑް ކަޕްގެ ޓްރޮފީ ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާ

ޤަތަރުގެ ރައްޔިތަކު ތައްޔާރުކުރީ ވޯލްޑް ކަޕްގެ ޓްރޮފީ ރަމްޒުކޮށްދޭ އެންމެ ބޮޑު ބިނާ

27 އޮކްޓޯބަރު 2022
ޔާމްބެއަށް ގާތްއެކުވެރިއަކު ފޮނުވި ސިޓީ

ޔާމްބެއަށް ގާތްއެކުވެރިއަކު ފޮނުވި ސިޓީ

11 އޮކްޓޯބަރު 2022
އަނެއްކާވެސް ޔާމީންގެ 500 ޕަސެންޓް.އަދުރޭއަށް ވާނީ ކިހިނެއް؟

އަނެއްކާވެސް ޔާމީންގެ 500 ޕަސެންޓް.އަދުރޭއަށް ވާނީ ކިހިނެއް؟

04 އޮކްޓޯބަރު 2022
ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް - ފައިސާޖަމާކުރުމަށް ބޭންކަށް ފޮނުވި ލިޔުންތަކުގައި ރައީސް ޔާމިން އަތުން ލިޔެފައިވާ ލިޔުމާއި ކޮށްފައިވާ ސޮއިތަކަކީ ސައްހަ ސޮއިތަކެއް

ރައީސް ޔާމީން ހިންގެވި އާރަށުގެ ހިޔާނާތް - ފައިސާޖަމާކުރުމަށް ބޭންކަށް ފޮނުވި ލިޔުންތަކުގައި ރައީސް ޔާމިން އަތުން ލިޔެފައިވާ ލިޔުމާއި ކޮށްފައިވާ ސޮއިތަކަކީ ސައްހަ ސޮއިތަކެއް

03 އޯގަސްޓު 2022

އަހަރުތަކުން މިއަދު

16 ޖެނުއަރީ
ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި
20251 އަހަރު ކުރިން
ރާއްޖެ

ވަގު ފޯމު މައްސަލަ: މިނިސްޓަރ އިހްސާނު ގެ ފޮޓޯތައް ލީކު ކޮށްލި ފަރާތް ހައްޔަރު ކުރަން މަސައްކަތް ފަށައިފި

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް
20242 އަހަރު ކުރިން
ރާއްޖެ

ތަސައްވުރަކީ، ސަރުކާރާއި މުއައްސަސާތަކާ ގުޅިގެން ރައްޔިތުންގެ ޚިޔާލާއެކު މާލެސިޓީ ތަރައްޤީކުރުން - އާޒިމް

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ވެއްޓުނު، ނޭޕާލުގެ ފްލައިޓުން ދަތުރުކުރި އެންމެ މީހެއް ފިޔަވައި އެހެން އެންމެން ފެނިއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް
20224 އަހަރު ކުރިން
ރާއްޖެ

ކޮވިޑްގެ ނުރައްކާ ލެވެލް ރަތް ކުލައަށް، މާލެއިން އެކަނި 826 ކޭސް

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި
20215 އަހަރު ކުރިން
ރާއްޖެ

ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!
20197 އަހަރު ކުރިން
ރިޕޯޓު

ރާއްޖޭގައި މަރުވި ދެމަފިރިންގެ ވާހަކަތަކުން ފިލިޕީންސް ރޮއްވާލައިފި!

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި
20188 އަހަރު ކުރިން
ރާއްޖެ

ކުޅުދުއްފުއްޓަށް ވަޑައިގެން މެޑަމް ފާތުން ސިޓީ އުރައިގައި ފައިސާ ބައްސަވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު