Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްކޫލް ދަރިވަރުންގެ ދިރާސާ

ކޮވިޑް-19ގެ ސަބަބުން ދަރިވަރުންނަށް އަސަރު ކޮށްފައިވާ މިންވަރު ދެނެގަތުމަށް ދިރާސާއެއް ހަދަނީ

ދިރާސާ ހެދުމަށް ނިންމާފައިވަނީ ދަރިވަރުންނަށް ކޮށްފައިވާ އަސަރުތައް ދެނެގަތުމަށްޓަކައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2020 | އާދީއްތަ 11:09
ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ކިޔަވައިދޭން ފެށުނު ދުވަހު ދަރިވަރުން ސްކޫލް ކައިރީގައި މަޑުކޮށްލައިގެން

ކޮވިޑް-19 އާއި ގުޅިގެން މާލޭގެ ސްކޫލްތައް ބަންދުކުރުމަށްފަހު އަލުން ކިޔަވައިދޭން ފެށުނު ދުވަހު ދަރިވަރުން ސްކޫލް ކައިރީގައި މަޑުކޮށްލައިގެން

ކޮވިޑް-19 އާއި ގުޅިގެން ދަރިވަރުންގެ ކިޔެވުން މެދުކަނޑާލުމާއި ގުޅިގެންނާއި، ބަލީގެ ސަބަބުން ދަރިވަރުންނަށް އަސަރުކޮށްފައިވާ މިންވަރު ދެނެގަތުމަށްޓަކައި ދިރާސާއެއް ހެދުމަށް ތައްޔާރުވަމުން އަންނަ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ހާމަކޮށްފިއެވެ.

ހޮނިހިރު ދުވަހު ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދިރާސާ ކުރުމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވެފައިވާ ކަމަށާއި، މި ހާލަތުގައި ދަރިވަރުންގެ ލާރނިންގ ލޮސް ހުރީ ކިހާވަރަކަށްތޯ ބެލުމަށްޓަކައި އެ މަސައްކަތް ވެސް ކުރަމުން ދާނެ ކަމަށެވެ.

Advertisement - newsAdvertisement

ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ދަރިވަރުންގެ ކިޔެވުން މެދުކެނޑުނަ ނުދިނުމަށްޓަކައި ޓެލި ކްލާސް މެދުވެރިކޮށް އަދި އޮންލައިންކޮށް ވެސް ކިޔަވައިދިނުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އެހެންނަމަވެސް ދަރިވަރުން ސްކޫލަށް ހާޒިރުވެ ޓީޗަރުންނާއި އެހެން ދަރިވަރުންނާއެކު ކިޔެވުމުން އެ ލިބޭ ފައިދާއެއް ގޭގައި ތިބިގެން އޮންލައިންކޮށް ކިޔެވުމުން ނުކުރާކަން އެއީ ވަރަށް ގިނަ ދިރާސާތަކުން ދައްކާފައިވާ ކަމެއް ކަމަށެވެ.

އދ. އިން ހާމަކޮށްފައިވާ މައުލޫމާތުތައް ދައްކާ ގޮތުން ކޮވިޑް-19ގެ ސަބަބުން ދިމާވެފައިވާ މައްސަލަ އަކީ މިހާތަނަށް މުޅި ދުނިޔޭގެ ތައުލީމީ ނިޒާމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމެވެ. އަދި މިކަމުގެ ގެއްލުން ބަޔާން ކުރަން ނޭނގޭ ކަމަށާއި، މިކަމުގެ އަސަރު އެތައް ޖީލުތަކަށް ކުރާނެ ކަމަށެވެ.

ޑރ. އަބްދުއްﷲ ރަޝީދު ވިދާޅުވީ ރައްކާތެރިކަމާއެކު ސްކޫލްތައް ހުޅުވައިގެން ދަރިވަރުންނަށް ކިޔަވައި ދިނުމުގެ މުހިންމުކަން ހުރިހާ ފަރާތްތަކުންވެސް ފާހަގަކުރަން ޖެހޭ ކަމަށާއި، މި ސަބަބަށްޓަކައި ދަރިވަރުން ސްކޫލަށް ގެނެސްގެން އަދި ފުރުސަތެއް ލިބޭ އެންމެ އަވަހަކަށް އެކަން ކުރަންޖެހޭ ކަމަށެވެ.

ހޯމަ ދުވަހުން ފެށިގެން ގްރޭޑް 8 ގެ ދަރިވަރުންނަށް ސްކޫލްތަކުގައި ކިޔަވައި ދިނުމަށް ވަނީ ނިންމާފައެވެ. މިކަމާއި ގުޅިގެން ޑރ. އަބްދުﷲ ރަޝީދު ވިދާޅުވީ ކިޔެވުން ނުފެށި ހުރި ގްރޭޑްތަކުގެ ތެރެއިން ގްރޭޑް 8 ގެ ކިޔެވުން އަންނަ ހޯމަ ދުވަހު ފެށިގެންދާނެ ކަމަށާއި، ގްރޭޑް 7 ގެ ކިޔެވުން އޮކްޓޯބަރ 25 ގައި ފެށިގެންދާނެ ކަމަށެވެ. އަދި ސްކޫލްތަކަށް ކުދިން ގެނެސްގެން ކިޔަވައި ދިނުމަކީ ވަރަށް މުހިންމު ކަމެއްކަން ފާހަގަ ކުރައްވާ އޭނާ ވިދާޅުވީ އެޑިއުކޭޝަންގެ އެދުމަކީ ބެލެނިވެރިން މިކަމަށް ސަމާލުކަން ދެއްވާ ގްރޭޑް 8ގެ ދަރިވަރުން ހޯމަ ދުވަހު ސްކޫލް ހުޅުވޭ އިރު އަދި ގްރޭޑް 7 ވެސް ހުޅުވަން ހަމަޖެހިފައިވާ ތާރީހުގައި ދަރިވަރުން ސްކޫލަށް ފޮނުވައި ދެއްވުން ކަމަށެވެ.

ކޮވިޑް-19 އާއި ގުޅިގެން ފިޒިކަލް ކިޔަވައި ދިނުން މެދުކަނޑާލުމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ވަނީ އޮންލައިންކޮށް ކިޔަވައި ދިނުމަށް ތަމްރީނު ފޯރުކޮށްދީފައެވެ. އެގޮތުން ޓެލި ކިލާސް މެދުވެރިކޮށް ކިޔަވައިދެއްވާ ޓީޗަރުންނަށް ޓީވީ މެދުވެރިކޮށް ކިޔަވައިދޭނީ ކިހިނެއްތޯ އަދި ފުލް ލޮކްޑައުންއަކަށް ދިއުމުން ގޭގައި ތިބެގެން ކިޔަވައިދޭނެ ގޮތްތަކުގެ ތަމްރީނު ދެވިފައިވެއެވެ. އެޑިއުކޭޝަން މިނިސްޓްރީން ބުނީ އޮންލައިންކޮށް ކިޔަވައިދިނުމާއި ގުޅޭ ގޮތުން 3000 ޓީޗަރުންނަށް ބޭސިކް އޮރިއަންޓޭޝަން ދެވިފައިވާނެ ކަމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުސް އޮފީހަށް ހާޒިރު ކުރީ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން: އަނަސް

ފުލުސް އޮފީހަށް ހާޒިރު ކުރީ ކޮށްފައިވާ ޓްވީޓަކާ ގުޅިގެން: އަނަސް

31 މާރިޗު 2017
ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ސްޓެލްކޯގެ ހާލަތު ދަށްވީ ރައީސް ނަޝީދުގެ ސަރުކާރުގެ ސަބަބުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

06 މާރިޗު 2017
ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

ކޭބަލެއް އެނދުމުގެ ސަބަބުން ނ. ޅޮހީގެ ބައެއް ހިސާބުތަކުން ކަރަންޓް ކެނޑިއްޖެ

06 މާރިޗު 2017
އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

އެނގެންވާ ވަރަށް ނޭނގުމުގެ ސަބަބުން ބައެއް ފުލުހުން ގޯސް ކަންތައް ކުރޭ: ސީޕީ އަރީފް

28 ފެބުރުއަރީ 2017
ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

ޕީޕީއެމް އަށް 11،000 މެމްބަރުން ސޮއި ކޮށްފައިވާ ކަމަށް އެޕާޓީން ބުނެފި

12 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު