Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ

އެންއައިސީއަށް މެމްބަރުން އައްޔަނު ކުރުމަށް ވޯޓަށް އެހުން ހޯމަ ދުވަހުގެ ޖަލްސާގައި

ކޮމިޓީން ނިންމާފައިވަނީ 17 ނަން ދިރާސާ ކުރުމަށްފަހު 7 މީހެއްގެ ނަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވުމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 18 އޮކްޓޯބަރު 2020 | އާދީއްތަ 10:40
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މަގާމުތަކަށް މެމްބަރުން އައްޔަނު ކުރުމަށް ވޯޓަށް އެހުން ހޯމަ ދުވަހު އޮންނަ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

އެގޮތުން އެންއައިސީން ހުސްވެފައިވާ ތިން މަގާމަކަށް މެމްބަރުން އައްޔަނުކުރުމަށް ނަންތައް ދިރާސާކުރި ކޮމިޓީ ރިޕޯޓް ޖަލްސާގައި ހުށައަޅާނެއެވެ. ކޮމިޓީން ނިންމާފައިވަނީ ތިން މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން ރައިސުލްޖުމްހޫރިއްޔާ މަޖިލީހަށް ފޮނުއްވި 17 ނަން ދިރާސާ ކުރުމަށްފަހު ހަތް މީހެއްގެ ނަން ތަޅުމަށް ފޮނުވުމަށެވެ.

Advertisement - newsAdvertisement

އެންއައިސީން ތިން މަގާމެއް ހުސްވެފައިވަނީ އެ ކޮމިޝަނުން ތިން މެމްބަރަކު އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. އެ މެމްބަރުންނަކީ ކޮމިޝަންގެ ނައިބް ރައީސް ހައްސާން ހަމީދު، މެމްބަރު ހަދީޖާ އަބްދުﷲ ގެ އިތުރުން ކޮމިޝަންގެ މެމްބަރު އަހުމަދު އަމީންއެވެ.

ހުސްވެފައިވާ ތިން މަގާމަށް އައްޔަނު ކުރުމަށް ކޮމިޓީން ރުހުން ދިން ފަރާތްތަކުގެ ތެރޭގައި ހައިލީ ރިކޮމެންޑެޑްގެ ގޮތުގައި ދެ ނަމެއް ވަނީ ފާހަގަކޮށްފައެވެ. އެއީ އާމިނަތު ޝާދިޔާ އަދި އާމިނަތު ޝިއުނާގެ ނަމެވެ. އަދި ރިކޮމެންޑެޑް ގޮތުގައިވެސް ދެ ނަމެއް ފާހަގަކޮށްފައިވެއެވެ. އެއީ އަލީ މުހައްމަދު މަނިކާއި ޝުއައިބް އަބްދުއްރަހްމާންގެ ނަން ހިމެނެއެވެ. ދެން މި ލިސްޓުގައި ހިމެނެނީ ޑރ. އިބްރާހިމް ޝިޔާމް އާއި ހަދީޖާ ނައީމްގެ ނަމުގެ އިތުރުން އަލީ ނިޒާމްގެ ނަމެވެ.

މީގެ އިތުރުން އެންއައިސީގެ މެމްބަރުކަމަށް ގާސިމް އަބްދުލްކަރީމް އައްޔަން ކުރަން ފެންނަ ކަމަށް ނިންމާފައިވާ މިނިވަން މުއައްސަސާތަކުގެ ރިޕޯޓު ވެސް ހޯމަ ދުވަހުގެ ޖަލްސާއަށް ހުށައެޅުމަށް ވަނީ އެޖެންޑާ ކޮށްފައެވެ.

ގާސިމަކީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ބޮޑު ހިޔާނާތް ފަޅާއަރުވާލި މައްސަލާގައި ރައީސް ޔާމީންގެ ވެރިކަމުގައި ޖަލަށްލި ބޭފުޅެކެވެ. އޭރު އޭނާ ހުރީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރުގެ މަގާމުގައެވެ. އެންއައިސީގައި ހުސްވެފައިވާ މެމްބަރު ކަމުގެ މަގާމަށް އިއުލާން ކުރުމުން، ކުރިމަތި ލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ލިސްޓްގެ އެންމެ ކުރީގައި އޮތީވެސް ގާސިމްގެ ނަމެވެ.

ހޯމަ ދުވަހުގެ ޖަލްސާއަށް ދެން އެޖެންޑާ ކޮށްފައިވަނީ އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑާ ގުޅުންހުރި މައްސަލަތައް ސްޓޭޓް އޯންޑް އެންޓަރޕްރައިޒަސް ކޮމިޓީން ދިރާސާ ކޮށް ނިންމި ގޮތުގެ ރިޕޯޓު ހުށަހެޅުމެވެ.

އިބްތިދާއީ ބަހުސް މަރުހަލާގައި އޮތީ ސަރުކާރުގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ވަޙީދު ހުށަހަޅުއްވާ ފައިވާ، ޕޭމަންޓް ސިސްޓަމާއި ޕޭމަންޓް ޚިދުމަތްތަކުގެ ބިލު ހުށަހަޅާ އެބިލަށް ބަހުސްކުރުމެވެ. އަދި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ވިލުފުށި ދާއިރާގެ މެމްބަރ ހަސަން އަފީފު ހުށަހަޅުއްވާފައިވާ ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލްގެ ބަހުސާއި ހިތަދޫ ދެކުނު ދާއިރާގެ މެމްބަރ އިބްރާހީމް ނާޒިލް ހުށަހަޅުއްވާފައިވާ ޓެކްސް ނެގުމާއި ބެހޭ އިދާރީ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލްގެ ބަހުސް ވެސް ހިމެނެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

ޕީޕީއެމްއަށް މެމްބަރުން އިތުރުކުރުން: ބެންކޮކް ދަތުރު، ފައިސާގެ އިނާމު، މަޖުބޫރު!

10 ފެބުރުއަރީ 2017
މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

މަޖިލިސް މެމްބަރުންގެ އިންޝުއަރެންސް ކަންތަކާ މެމްބަރުން ކަންބޮޑުވެއްޖެ

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

ރައްޔިތުންގެ ވޯޓަށް ޚިޔާނާތްވުމުން ފަހުން ކުރާނީ ހިތާމަ:ޑރ ޖަމީލް

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު