Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބިންތަކަށް ފާއިސާ ދެއްކުމަށް އެންގުން

ތިލަފުށި އަދި ގުޅިފަޅުން ބިންތައް ނަގާފައިވާ ފަރާތްތަކުން ފައިސާ ދެއްކުމަށް އެޗްޑީސީ އިން އަންގައިފި

އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުން ފެށިގެން ފީ ދެއްކުމަށް ވަނީ އަންގާފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 18 އޮކްޓޯބަރު 2020 | އާދީއްތަ 10:25
ތިލަފުށިން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށްދީފައިވޭ

ތިލަފުށިން ސިނާއީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށްދީފައިވޭ

ތިލަފުށި އަދި ގުޅިފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން ދައްކަންޖެހޭ ފީ އަދި އެހެނިހެން ފައިސާ ހޯމަ ދުވަހުން ފެށިގެން ދެއްކުމަށް ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެދިއްޖެއެވެ.

އާދީއްތަ ދުވަހު އެ ކުންފުނިން ނެރުނު އިއުލާނެއްގައި ބުނީ އެ ކޯޕަރޭޝަނާއި ގްރޭޓާރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އެއްކޮށްލުމަށް ސަރުކާރުން ނިންމުމާ ގުޅިގެން ތިލަފުށި އަދި ގުޅީފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓްތައް ކުއްޔަށް ދިނުމާބެހޭ ގޮތުން އެކި ފަރާތްތަކާއެކު ވެފައިވާ އެއްބަސްވުންތައް އެ ކޯޕަރޭޝަނަށް ނަޤުލު ކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

އަދި ތިލަފުއްޓާ ގުޅީފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ މަހު ކުއްޔާއި އެހެނިހެން ފީ، 2020 އޮކްޓޫބަރު 19 ވާ ހޯމަ ދުވަހުން ފެށިގެން އެ ކޯޕަރޭޝަނަށް ދައްކަމުން ގެންދިޔުމަށް އެދޭ ކަމަށެވެ.

އެގޮތުން ޗެކުން ފައިސާ ދައްކާ ފަރާތްތަކުން ޗެކު ތައްޔާރު ކުރާނީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް ގެ ނަމުގައި ކަމަށް ވެސް މި އިއުލާނުގައި ވެއެވެ. އަދި ނަގުދު ފައިސާ އިން ކުއްޔާއި އެހެނިހެން ފީ ދައްކަން ބޭނުންވާ ފަރާތްތަކަށް އެ ކޯޕަރޭޝަނުގެ މައި އޮފީހުގައި ޤާއިމުކޮށްފައިވާ ކޭޝް ކައުންޓަރުތައް މެދުވެރިކޮށް ފައިސާ ދެއްކޭނެ އިންތިޒާމުވާނީ ހަމަޖެހިފައި ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފައެވެ.

މީގެ އިތުރުންވެސް އެ ކޯޕަރޭޝަނުން ތަޢާރުފްކޮށްފައިވާ 'މައި ހުޅުމާލެ' ވެބް ޕޯޓަލްގައިވާ 'ކުއިކް ޕޭ' މެދުވެރިކޮށް، ތިލަފުށި އަދި ގުޅިފަޅުން ޞިނާޢީ ބިންތަކާއި ކޮމާޝަލް ޔުނިޓުތައް ކުއްޔަށް ނަގާފައިވާ ފަރާތްތަކުން އެ ތަންތަނާ ގުޅިގެން އެއްބަސްވުމުގެ ދަށުން ދައްކަން ޖެހޭ ފައިސާ ދެއްކޭނެ ގޮތް ހަމަޖައްސަމުން ދާކަމަށް ވެސް އެޗްޑީސީ އިން ބުނެއެވެ.

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި

11 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ބައިނަލްއަގްވާމީ ފަރާތްތަކާ މައުލޫމާތު ހިއްސާކުރަން ފަށައިފި
10 އެޕްރީލު 2017

ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު

10 އެޕްރީލު 2017
 ބައިނަލް އަގުވާމީ ފަރާތްތަކުން ވަކިފަރާތަކަށް ބުރަނުވެ ހަމަހަމަކަން އިސްކުރުމަށް ގޮވާލަން: ސަރުކާރު
06 އެޕްރީލު 2017

ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި

06 އެޕްރީލު 2017
ހުޅުމާލެއިން ވަގަށް ނަގާފައިވާ ޑޮލަރު ތަކެއް ހޯދައި މީހަކު ހައްޔަރުކޮށްފި
02 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް

02 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ބައިނަލްއަގްވާމީ މީޑިޔާތަކުގެ ސަމާލުކަން ހޯދަން: ރައީސް އޮފީސް
01 އެޕްރީލު 2017

އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި

01 އެޕްރީލު 2017
އިދިކޮޅު ފަރާތްތަކުން ރިޝްވަތު ދޭން އުޅުނު ކަމަށް ބުނާ މައްސަލައިގެ ތަހްގީގަށް މެމްބަރު އުމަރު ހުސައިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު