Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސިރޯ ޕްރިވިލެންސް ސަރވޭ

ރާއްޖޭގައި ހިންގާ އެންޓިބޮޑީ ސާވޭގެ ބައިވެރިން ހޮވާނީ ގުރުއަތުން

17 އޮކްޓޯބަރު 2020 | ހޮނިހިރު 22:34

ސާވޭ ކުރިޔަށް ގެންދަނީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 17 އޮކްޓޯބަރު 2020 | ހޮނިހިރު 22:34
ސިރޯ ޕްރިވިލެންސް ސަރވޭގައި ސާމްޕަލް ނެގުމުގެ މަސައްކަތްކުރަނީ

ސިރޯ ޕްރިވިލެންސް ސަރވޭގައި ސާމްޕަލް ނެގުމުގެ މަސައްކަތްކުރަނީ

ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) އާއި ގުޅިގެން އެޗްޕީއޭއިން ކުރިޔަށް ގެންދާ އެންޓިބޮޑީ ޓެސްޓް ދިރާސާ ނުވަތަ ސިރޯ ޕްރިވިލެންސް ސާވޭގައި ސާމްޕަލް ނަގަނީ ގުރުއަތު ނަގައިގެން ހޮވޭ މީހުންގެ ކަމަށް ބުނެފިއެވެ.

އެކަމުގައި އިސްކޮށްއުޅުއްވާ އެމްއެންޔޫގެ ރިސަރޗް ފެކަލްޓީގެ ޑީން ޑރ. ރަހީމާ އަބްދުއްރަހީމް ވިދާޅުވީ މި ސާވޭގެ އެންމެ މުހިންމު ބޭނުމަކީ މާލެ ސަރަހައްދުގެ އާބާދީގެ ތެރެއިން ކުރިން ކޮވިޑް-19 އަށް ހުށަހެޅިފައިވަނީ އާބާދީގެ ކިތައް އިންސައްތަތޯ ބެލުން ކަމަށެވެ. މީގެ ސަބަބުން ކޮވިޑް ފެތުރިފައިވާ ބާރުމިން ދެނެގަނެވި، ސިޔާސަތުތަކަށް އިތުރަށް ގެންނަންވީ ކޮން ބަދަލުތަކެއްތޯ ބެލިގެންދާނެ ކަމަށް ރަހީމާ ވިދާޅުވިއެވެ.

މި ދިރާސާ ކުރަން ބޭނުންކުރަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން އެކުލަވާލާފައިވާ މެތޮޑޮލަޖީ ކަމަށް ޑރ ރަހީމާ ވިދާޅުވިއެވެ. ސިރޯ ޕްރިވިލެންސް ސާވޭ ކުރިޔަށް ގެންދަނީ ހަތަރު އުމުރުފުރައަކަށް ބަހާލައިގެންނެވެ.

އެއީ 17 އަހަރުން ދަށުގެ ކުދިންނާއި 18 އަހަރާއި 34 އަހަރާ ދެމެދުގެ މީހުންނާއި 35 އަހަރާއި 59 އަހަރާ ދެމެދުގެ މީހުން އަދި އުމުރުން 60 އަހަރުން މަތީގެ އުމުރުފުރާތަކެވެ. މީގެ ތެރެއިން މިހާރު ކުރިޔަށްދަނީ އުމުރުން 17 އަހަރުން ދަށުގެ ކުދިންގެ ސާމްޕަލް ނެގުމުގެ ކަންކަން ކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ. މިއީ މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެހީތެރިކަމާ އެކު ސްކޫލްތަކާއި ގުޅިގެން ކުރިއަށް ގެންދާ މަސައްކަތެކެވެ.

އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހު ދުވަހު ފެށި ދިރާސާގެ ބައިވެރިން ގުރުއަތުން ހޮވަން ނިންމެވި ސަބަބު ސާފު ކޮށްދެއްވަމުން ޑރ. ރަހީމާ ވިދާޅުވީ، އެއީ މި ދިރާސާ ވީހާ ވެސް ސައިންޓިފިކް ކޮށް ކުރިއަށް ގެންދިއުމުގެ ބޭނުމުގައި ކުރާ ކަމެއް ކަމަށެވެ.

މި ދިރާސާ ކުރާ ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަނީ ހަފުތާއެއްގެ ތެރޭގައި އުމުރުން 17 އަހަރުން ދަށުގެ ބައިގެ ސާމްޕަލްތައް ނަގާ ނިންމާލުމަށް ކަމަށެވެ. އަދި ހުރިހާ އުމުރުފުރައެއްގެ މީހުންގެ ސާމްޕަލްތައް ހަތަރު ހަފްތާ ތެރޭގައި ނަގާ ނިންމުމަށް މަސައްކަތްކުރައްވާ ކަމަށް ޑރ. ރަހީމާ ވިދާޅުވިއެވެ.

މީގެ ކުރިން އޭޑީކޭ ހޮސްޕިޓަލުން ވެސް ވަނީ އެންޓިބޮޑީ ޓެސްޓު ހެދުމުގެ މަސައްކަތް ކޮށްފައެވެ. އެ ހޮސްޕިޓަލުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކޮވިޑް-19 އާ ގުޅިގެން ފްރޮންޓްލައިންގައި މަސައްކަތްކުރާ މީހުންގެ ތެރެއިން 3004 މީހެއްގެ އެންޓިބޮޑީ ޓެސްޓު ހެދި އިރު، އޭގެ ތެރެއިން 125 މީހެއްގެ ހަށިގަނޑުން އެންޓިބޮޑީ ވަނީ ފެނިފައެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް

26 ޖެނުއަރީ 2017
ރާއްޖޭގައި މިނިވަން އިންސާފްވެރި އިންތިޚާބެއް ބޭއްވޭނެ މާހައުލެއް ނެތް: ފާރިސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
17 ޖެނުއަރީ 2017

ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި

17 ޖެނުއަރީ 2017
ޕާސްޕޯޓު ނެތި ރާއްޖޭގައި އުޅެމުންދާކަމަށް ބުނެ، އެމެރިކާގެ ރައްޔިތަކު ހުޅުމާލެއިން ހައްޔަރުކޮށްފި
17 ޖެނުއަރީ 2017

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު
16 ޖެނުއަރީ 2017

އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް

16 ޖެނުއަރީ 2017
އިންތިޚާބު ކާމިޔާބު ކުރަން ހިންގާ ކޮރަޕްޝަންގައި ކުންފުނިތައް ދަނީ ބޭނުންކުރަމުން: އަނަސް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
12 ޖެނުއަރީ 2017

ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް

12 ޖެނުއަރީ 2017
ކައުންސިލް އިންތިހާބު ހިލާލުމަށް ހިންގާ ޖަރީމާތަކާ ދެކޮޅު ހަދަންޖެހޭ: އަމީން އިބްރާހިމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް