Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެނިއުޒިލެންޑްގެ އިންތިޚާބު ޖަސިންދާ ކާމިޔާބުކުރުން

ޔަސިންޑާ ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައި ގަތުމުން ރައީސް ސޯލިހު މަރުހަބާ ވިދާޅުވެއްޖެ

އާޑެންގެ ލޭބަރ ޕާޓީން ވަނީ 49 އިންސައްތަ ކާމިކޮށްފައި

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 17 އޮކްޓޯބަރު 2020 | ހޮނިހިރު 16:08
ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންދާ އާޑެން

ނިއުޒިލެންޑްގެ ބޮޑުވަޒީރު ޖަސިންދާ އާޑެން

ނިއު ޒީލެންޑުގެ އާންމު އިންތިޚާބުގެ ވޯޓުން މިހާރުގެ ބޮޑުވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ޔަސިންޑާ އާޑެން އިންތިޚާބުވެވަޑައިގަތުމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިޙް އެކަމަނާއަށް މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިޙް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ ނިއު ޒިލެންޑާއި ރާއްޖެ އާއި ދެމެދު ކިތަންމެ ދުރުމިނެއް ހުރި ކަމުގައިވީ ނަމަވެސް ނިއު ޒީލެންޑާއި ރާއްޖެެއާއި ވަރަށް އެކުވެރި ގައުމެއް ކަމަށާއި ދެގައުމުން އެއްބަސްވެވޭ ކަންކަމުގައި އަބަދުވެސް އެކުގައި މަސައްކަތްކުރައްވާނެ ކަމަށެވެ.

ނިއުޒީލެންޑުގެ އާންމު އިންތިޚާބު އިންިހާބުގައި ވާދަކޮށްފައިވަނީ މިހާރުގެ ބޮޑުވަޒީރު އަދި ލޭބާ ޕާޓީގެ ލީޑަރު ޔަސިންޑާ އާޑެންއާއި ނޭޝަނަލް ޕާޓީގެ ލީޑަރު ޖޫޑިތު ކޮލިންސެވެ. އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އާޑެންގެ ލޭބަރ ޕާޓީން ވަނީ 49 އިންސައްތަ ކާމިކޮށްފައެވެ. މިއީ 1996 ވަނަ އަހަރު ފަހުން މިހާތަނަށް އެންމެ ބޮޑުތަނުން ކާމިޔާބު ހޯދި ޕާޓީއެވެ.

އިންތިޚާބު ކާމިޔާބުކުރެއްވުމަށްފަހު ދެއްވި ފުރަތަމަ ސްޕީޗުގައި އާޑެން ވިދާޅުވީ ލޭބަރ ޕާޓީއަށް ރައްޔިތުންގެ ފުރިހަމަ ތާއީދާއި ލޯބި އޮތްކަން ހާމަވެފައިވާ ކަމަށާއި، އަދި މި ޕާޓީއަކީ ނިއުޒިލެންޑްގެ ކޮންމެ ރައްޔިތަކަށް ވެރިކަންކޮށްދޭނެ ޕާޓީއެއް ކަމަށް ވައުދުވެވަޑައިގެންނަވާ ކަމަށް ވިދާޅުވިއެވެ.

ކޮވިޑް-19 އާއި ގުޅިގެން ނިއު ޒީލެންޑުން އަޅާފައިވާ ރަނގަޅު ފިޔަވަޅުތަކާއި ގުޅިގެން މުޅި ދުނިޔެއިން އެ ކަމަނާއަށް ތައުރީފްކުރަމުންދިޔަ ދަނޑިވަޅެއްގައި އެގައުމުގެ ރައްޔިތުންގެ މެދުގައިވެސް އާޑެން ވަނީ މަޤްބޫލުކަމާއި ލޯބި ހޯދާފައެވެ. އިންތިޚާބުގެ ދާއިމީ ނަތީޖާ ލިބޭނީ ތިން ހަފްތާ ފަހުން ކަމަށާއި އެއީ އެކި ގައުމުތަކުގައި ތިބި ނިއުޒިލެންޑްގެ ރައްޔިތުންގެ ވޯޓް ގުނުމަށްފަހުގައި ކަމަށް ރިޕޯޓްތައް ބުނެއެވެ.

އިތުރަށް ކިޔާލަން

08 ޖޫން 2017

ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!

08 ޖޫން 2017
ދެވަނަ ޓާމްގެ ކިޔެވުން ޖޫން 18 ގައި!
20 މެއި 2017

ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!

20 މެއި 2017
ކޮމަންޑޫ ދެވަނަ ބުރު ކާމިޔާބު ކުރީ އެމްޑީޕީ ކެންޑިޑޭޓު އާރިފު!
20 މެއި 2017

ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު

20 މެއި 2017
ށ. ކޮމަންޑޫ އާއި ތ. މަޑިފުށި ކައުންސިލްގެ އިންތިހާބުގެ ދެވަނަ ބުރު މިއަދު
18 އެޕްރީލު 2017

ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި

18 އެޕްރީލު 2017
ރައުދާގެ ދެވަނަ އޮޓޯޕްސީ ހެދުމަށް ކޯޓުން ހުއްދަ ދީފި
27 މާރިޗު 2017

މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން، ހަތަރު ޕާޓީންގެ ތާއިދާއި އެކު އިތުރު ދައުރަކަށް ހޮވައިދޭނަން: ގާސިމް

27 މާރިޗު 2017
މަސީހާ ދެކޮޅަށް ވޯޓު ދެއްވާ މެމްބަރުން، ހަތަރު ޕާޓީންގެ ތާއިދާއި އެކު އިތުރު ދައުރަކަށް ހޮވައިދޭނަން: ގާސިމް
08 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!

08 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން މާދަމާ!
05 މާރިޗު 2017

ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!

05 މާރިޗު 2017
ވިސާމްގެ ދެވަނަ ދައުވާގެ ހުކުމް އިއްވުން ބުރާސްފަތި ދުވަހު!
20 ފެބުރުއަރީ 2017

ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި

20 ފެބުރުއަރީ 2017
ރަށްވެހިވެފައިވާ ރަށް ނޫން ރަށެއްގައި ވޯޓުލުމަށް ރަޖިސްޓަރީވުމަށް ދެވަނަ ފަހަރަށް ހުޅުވާލައިފި
01 ފެބުރުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި

01 ފެބުރުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ދެވަނަ ފަހަރަށް ފަސްކޮށްފި
30 ޖެނުއަރީ 2017

ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!

30 ޖެނުއަރީ 2017
ވިސާމްގެ ދެވަނަ ޝަރީއަތުގެ އަޑުއެހުން މާދަމާ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު