Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެސީރިޔާގެ ހަނގުރާމައަށް ދިޔަ ޒުވާނާ

ސީރިއާގެ ހަނގުރާމައިގައި ބައިވެރިކަމުގެ ތުހުމަތު ކުރުވޭ މީހާގެ ބަންދަށް ހަތް ދުވަސް

16 އޮކްޓޯބަރު 2020 | ހުކުރު 12:52

ހައްޔަރު ކުރީ 34 އަހަރުގެ ފިރިހެނެއް

ދާނިޝް ނިޡާމް
ދާނިޝް ނިޡާމް | 16 އޮކްޓޯބަރު 2020 | ހުކުރު 12:52
ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ހައްޔަރުކުރި މީހާ ސީރިޔާގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް

ސީރިއާގެ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ހައްޔަރުކުރި މީހާ ސީރިޔާގައި ނަގާފައިވާ ކަމަށް ބުނާ ފޮޓޯއެއް

ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށްފަހު ރާއްޖެ އައި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ، ޓެރެރިސްޓް ޖަމާއަތްތަކާއި އެކު ސީރިއާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ސީރިއާއަށް ދަތުރުކުރި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ ބަންދުގައި ބަހައްޓައިގެން ތަހުގީގު ކުރިޔަށް ގެންދިއުމަށް 7 ދުވަހުގެ މުއްދަތެއް ކޯޓުން ދީފައިވާކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ފުލުހުން ބުރާސްފަތި ދުވަހުގެ ރޭ ހިނގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ 34 އަހަރުގެ ދިވެހި ފިރިހެނެކެވެ. އަދި ކޯޓު އަމުރެއްގެ ދަށުން އޭނާ ދިރިއުޅެމުން ދިޔަ ތަން ބަލާފާސްކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

އެ ވަގުތު އެތަނުގައި ހަރަކާތްތެރިވި "ރާއްޖެއެމްވީ" ގެ ނޫސްވެރިން ބުނެފައިވާ ގޮތުގައި އެ ގެ ބަލާފާސްކުރުމަށް ފަހު މާ ބައިވަރު ސާމާނެއް ނުގެންދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އަނބުރާ ރާއްޖެއަށް އައިސްފައިވަނީ މީގެ ހަފްތާއެއްހާ ދުވަސް ކުރިންނެވެ. އަދި އޭނާ ދިރިއުޅެމުން ދިޔައީ ކުއްޔަށް ނަގާފައި ހުރި ތަނެއްގައެވެ.

ފުލުހުން އެންމެ ފަހުން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ސީރިޔާގެ ދާހިލީ ހަނގުރާމައިގައި ބައިވެރިވުމަށް ރާއްޖެއިން 173 ގޮސްފައިވެއެވެ. އަދި މީގެ ތެރެއިން ބައެއް ފަރާތްތައް އަނބުރާ ރާއްޖެ އައުމަށް އެދެމުން އަންނަ އިރު، އޭގެ ތެރޭގައި ގިނައީ ހުވަފަތްވެފައިވާ އަންހެނުންނާއި ޔަތީމް ކުދިން ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

މި ހަނގުރާމައަށް ދިޔަ މީހުންގެ ތެރެއިން އަނބުރާ ގައުމަށް އަންނަން އެ ފަރާތްތަކުންނާއި، އެ ފަރާތްތަކުގެ އާއިލާއިން ސަރުކާރުގައި ވަނީ އެދިފައެވެ. ރާއްޖެ އަންނަން ބޭނުންވެފައި ތިބި މީހުންގެ ތެރޭގައި ހުވަފަތްވެފައިވާ އަންހެނުންނާއި ޔަތީމް ކުދިން ހިމެނޭ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

ސަރުކާރުން އަންނަނީ ބޭރުގެ ދައުލަތްތަކާ ގުޅިގެން މި ފަރާތްތައް ރިހެބިލިޓޭޓް ކުރުމަށް އަނބުރާ ގައުމަށް ގެނައުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ކޮވިޑް-19 އާއި ސީރިއާގައި ހިނގަމުންދާ ހަނގުރާމަައިގެ ސަބަބުން މި މަސައްކަތަށް ވަނީ އިތުރު ހުރަސްތަކެއް ކުރިމަތިވެފައެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އީރާނުގެ ލީޑަރު ޚާމަނާއީގެ ވީޑިއޯ އާންމުކޮށް، ސިއްހީ ހާލަތާ މެދު ދައްކާވާހަކަތަކަށް ރައްދު ދީފި

އިތުރަށް ކިޔާލަން

31 މާރިޗު 2017

ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި

31 މާރިޗު 2017
ރައީސް އޮފީހުގެ ބިއްލޫރިގަނޑު ތަޅާލި ކަމަށް ތުހުމަތު ކުރެވޭ މީހާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފި
30 މާރިޗު 2017

ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!

30 މާރިޗު 2017
ޤާސިމްގެ މައްޗަށް ތުހުމަތުކޮށްފައިވަނީ މެމްބަރުންނަށް ރިޝްވަތުދެއްވިކަމުގެ ތުހުމަތު!
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
20 މާރިޗު 2017

މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!

20 މާރިޗު 2017
މިނިވަން 50: ކޮރަޕްޝަން ހިންގާފައިވާ ކަމަށް އެއްބަސްވެ، ތުހުމަތުގެ އިނގިލި އުމަރަށް!
17 މާރިޗު 2017

އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް

17 މާރިޗު 2017
އެޗްވަންއެންވަން އާ ގުޅޭ ގޮތުން ރައްޔިތުންގެ ހިއްތަކުގައި ބިރުވެރިކަން އުފައްދާ ކަަމަށް ތުހުމަތުކޮށް ތޮއްޔިބްގެ ބަންދަށް އަށް ދުވަސް
13 މާރިޗު 2017

ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި

13 މާރިޗު 2017
ފަނޑިޔާރު އަލީ ހަމީދަށް ތުހުމަތު ކުރެވޭ ކަސްބީ އަންހެނުންނާ އެކު ގުޅުން ހިންގި ވީޑިއޯގެ މައްސަލަ ނުބަލަން ނިންމައިފި
24 ފެބުރުއަރީ 2017

އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި

24 ފެބުރުއަރީ 2017
އޭސީޕީ ނަވާޒްގެ މައްޗަށް ޒައިދުލް އަމީން ކުރާ ތުހުމަތުތައް ތަހުގީގު ކުރުމަށް ރައީސް މައުމޫން ގޮވާލައްވައިފި
16 ފެބުރުއަރީ 2017

ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު

16 ފެބުރުއަރީ 2017
ޖަލުގައި އަނިޔާކުރާކަމުގެ ތުހުމަތުތަކެއް، ހިއުމަން ރައިޓްސް ކޮމިޝަނުގެ ޖަވާބެއް ނުލިބުނު
15 ފެބުރުއަރީ 2017

އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި

15 ފެބުރުއަރީ 2017
އުތުރު ކޮރެއާގެ ލީޑަރުގެ ބޭބޭފުޅު އަވަހާރަކޮށްލިކަމުގެ ތުހުމަތުގައި އަންހެނަކު ހައްޔަރުކޮށްފި
14 ފެބުރުއަރީ 2017

ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި

14 ފެބުރުއަރީ 2017
ޖިންސީ ގޯނާގެ ތުހުމަތުގައި ވަކިކުރި ފަހުމީ އަށް ދޭންޖެހޭ ބަދަލު ކުޑަކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް