Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުއިންޑިގޯގެ ދަތުރުތައް އަލުން ފެށުން

އިންޑިގޯގެ ދަތުރުތައް މުމްބާއާއި ރާއްޖެއާއި ދެމެދު އަލުން ފަށައިފި

ޝެޑިއުލް ދަތުރުތައް ފަށާފައިވަނީ އޮކްޓޯބަރު 15ގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 16 އޮކްޓޯބަރު 2020 | ހުކުރު 08:19
އިންޑިގޯގެ ފްލައިޓެއް

އިންޑިގޯގެ ފްލައިޓެއް

ކޮވިޑް-19 އާ ގުޅިގެން މެދުކަނޑާލި އިންޑިގޯގެ ޝެޑިއުލް ފްލައިޓްތައް އަލުން ފަށާފައިވާއިރު އިންޑިއާގެ މުމްބާއިއާއި ރާއްޖެއަށް ދެމެދު ޝެޑިއުލް ފްލައިޓްތަކުގެ ދަތުރުތައް ފަށައިފިއެވެ.

އިންޑިގޯއިން އިންޑިއާއާއި ރާއްޖެއާ ދެމެދު ޝެޑިއުލް ދަތުރުތައް އަލުން ފަށާފައިވާއިރު، ފުރަތަމަ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ޖައްސާފައިވަނީ ސެޕްޓެމްބަރ މަހުއެވެ. ކޮންމެ ހަފްތާއެއްގެ އާދިއްތަ އަދި ބުރާސްފަތި ދުވަހު ޝެޑިއުލް ފްލައިޓްތައް ބޭއްވުމަށް ނިންމާފައިވާއިރު ޑިމާންޑަށް ބަލައި އިތުރު ފްލައިޓްތައް ބާއްވަން ނިންމާފައިވާ ކަމަށް އިންޑިގޯއިން ވަނީ ހާމަކޮށްފައެވެ.

އިންޑިގޯއިން ރާއްޖެއަށް ޝެޑިއުލް ދަތުރުތައް ފުރަތަމަ ފަށާފައިވަނީ 2018 ވަނަ އަހަރުގެ ނޮވެމްބަރު 15 ގައެވެ. އޭގެފަހުން ހަފްތާއެއްގެ މައްޗަށް ބާއްވާ ފްލައިޓްތައް އިތުރުކޮށް، އިންޑިއާގެ އިތުރު ބައެއް މަންޒިލްތަކަށް ވެސް ޑައިރެކްޓް ފްލައިޓްތައް އައި ބާއްވަމުންނެވެ. ނަމަވެސް ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމާއެކު ދަތުރުތައް ވަނީ ހުއްޓާލާފައެވެ.

ކޮވިޑް-19 ގެ ސަބަބުން ދަތުރުފަތުރަށް އެޅިފައިވާ ހުރަސްތަކުގެ ސަބަބުން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިޔުމަށާއި، ރާއްޖެއަށް ފަތުރުވެރިން ގެނައުމަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް، ރާއްޖެއާ އިންޑިއާއާ ދެމެދު އެއަރ ބަބްލްއެއް ވަނީ ޤާއިމްކޮށްފައެވެ. މިއީ ކޮވިޑުގެ މިހާލަތުގައި ދެކުނު އޭޝިއާ ސަރަހައްދުގައި ގާއިމްކުރެވޭ މިފަދަ ފުރަތަމަ އެއަރ ބަބްލް އެވެ.

ފަތުރުވެރިކަމަށް ރާއްޖެ އަލުން ހުޅުވާލާފައިވުމާއި، އަދި ރާއްޖޭގެ ރިސޯޓްތަކަކީ ރާއްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދައަށް އަޅާފައިވާ ރިސޯޓްތަކަށްވުމުން، މި އެއާ ބަބްލްގެ ތެރެއިން އިންޑިއާގެ ފަތުރުވެރިންނަށް ރާއްޖެއަށް އައުމަށް ފަސޭހަ ވެގެންދާނެ ކަމަށް ސަރުކާރުން ބުންޏެވެ.

ރާއްޖެއަށް ކޮންމެ އަހަރަކުވެސް އިންޑިއާއިން ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތް ކުރާއިރު، ރާއްޖޭގެ އިގްތިސާދު އަލުން ކޮޅަށް ޖެހުމަށް މަސައްކަތް ކުރަމުންދާ މި ދަނޑިވަޅުގައި މިއީ ލިބުނު އިތުރު ކުރިއެރުމެކެވެ. ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ 10 އިންސައްތަ ފަތުރުވެރިންނަކީ މިހާރު އިންޑިއާގެ ފަތުރުވެރިންނެވެ.

އިތުރަށް ކިޔާލަން

28 ޖޫން 2017

ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި

28 ޖޫން 2017
ކުޑަހުވަދޫ އެއަރޕޯޓަށް މޯލްޑިވިއަންގެ ރަސްމީ ދަތުރުތައް ފަށައިފި
21 ޖޫން 2017

ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި

21 ޖޫން 2017
ސީއެމްޑީއޭ އާ ވިމެން އޮން ބޯޑްސް އާ ދެމެދު އެމްއޯޔޫ އެއްގައި ސޮއިކޮށްފި
11 ޖޫން 2017

ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ

11 ޖޫން 2017
ބެންކޮކާއި ރާއްޖެއާ ދެމެދު ދަތުރުތައް ކުރަން އެއަރއޭޝިއާއިން ފަށަނީ
11 މެއި 2017

މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި

11 މެއި 2017
މާލެ އާއި ޓްރެވިންޑްރަމް އާއި ދެމެދު ސްޕައިސް ޖެޓްގެ ދަތުރުތައް ފަށައިފި
05 އެޕްރީލު 2017

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު