Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
އިސްލާމް
ހުކުރު ޚުތުބާ

މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން: ޚުތުބާ

މަގުމަތީގެ އަދަބުތަކާއި، ހައްގުތަކަށް ރައްކާތެރިވުމަކީ އެކުވެރިކަން އާލާވެގެންދާ ކަމެއް

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 16 އޮކްޓޯބަރު 2020 | ހުކުރު 08:29
މާލޭގެ މަޖީދީ މަގު ޓްރެފިކް ވެފައި، މިއަދުގެ ޚުތުބާ އިއްވާފައިވަނީ \'\'މަގުމަތީގެ އަދަބުތައް\'\' މިމައުޟޫއަށް

މާލޭގެ މަޖީދީ މަގު ޓްރެފިކް ވެފައި، މިއަދުގެ ޚުތުބާ އިއްވާފައިވަނީ \'\'މަގުމަތީގެ އަދަބުތައް\'\' މިމައުޟޫއަށް

މަގުމަތި ބޭނުން ކުރުމުގައި ޚާއްސަ ސަމާލުކަމެއް ދޭން ޖެހޭ ކަމަށާއި، މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން ކަމަށް ހުކުރު ޚުތުބާގައި ގޮވާލައިފިއެވެ.

މަގުމަތީގެ އަދަބުތައް, މި މައުޟޫއަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ އަހުލާގީ ރިވެތި ސިފަތަކުގެ ތެރޭގައި މަގުމަތީގެ އަދަބުތައް ހިމެނޭ ކަމަށާއި، މަގުމައްޗަށް ނުކުމެ ހިނގާބިނގާވެ އުޅޭ އިރު މީސްތަކުން އެއްބަޔަކު އަނެއްބަޔަކާ ގުޅި ލާމެހިފައިވާ ކަމަށެވެ.

އެހެންކަމުން ހިނގާ މަގުތަކަށް ވެސް ހައްގުތަކެއް ކަނޑައެޅިގެންވާ ކަމަށާއި، އެހައްގުތައް ރައްކާތެރި ކުރެވޭނީ، އެ މަގުތަކުގައި ހިނގާބިނގާވެއުޅޭ މީހުންގެ އަމަލުތައް ބަހައްޓާ ގޮތަކުން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދި މަގުމަތީގެ އަދަބުތަކާއި، ހައްގުތަކަށް ރައްކާތެރިވުމުގެ ސަބަބުން މީސްތަކުންގެ މެދުގައި އެކުވެރިކަމާއި، އެއްބައިވަންތަކަން އާލާވެގެން ދާ ކަމަށެވެ.

ޚުތުބާގައި ބުނީ މަގުމަތީގައި ތިބޭއިރު، އެއްވެސް މީހަކަށް ތުރާލެއް ވާނެ ކަމެއް ކުރުމަކީ، ހުއްދަވެގެންވާ ކަމެއް ނޫން ކަަމަށާއި، ޒަމާނީ ވަސީލަތްތައް ބޭނުން ކޮށްގެން މީސްމީހުންގެ ގޭތެރެބަލައި، އެތަންތަނުގައި ހުރީ ކޮންއެއްޗެއްތޯ އާއި އުޅެނީ ކޮން ބައެއްތޯ ހޯދައި ބެލުމަކީ އަހުލާގީ ގޮތުން ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަަމަށެވެ.

ޚުތުބާގައި ބުނީ މަގުމަތީގެ ހައްގު އަދާކުރުމުގެ ތެރޭގައި ހެޔޮ ކަންތަކަށް އަމުރުކޮށް ނުބައިކަންތައް ނަހީ ކުރުން ހިމެނޭ ކަމަށާއި، ހިނގާފައިދާ މީހުންގެ ފަރާތުން އެހެން މީހުންނަށް ކުރާ ގޯނާ ހުއްޓުވުމާއި މާރާމާރީ ހިންގާ މީހުންގެ އަމަލުތައް ހުއްޓުވުން ހިމެނޭ ކަމަށެވެ. އަދި އެފަދަ އަމަލުތައް ކުރާ މީހުންނަށް ނަސޭހަތްދީ، އެކަންތައްތައް ހުއްޓުވުމަށް މަސައްކަތް ނުކުރާ ނަމަ، ތިބާ އަކީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރާ މީހަކަށް ނުވާނެ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މަގުތަކުގައި ހިނގާބިނގާވެ އުޅުމާއި، އެއްގަމުއުޅަދުފަހަރު ދުއްވުމުގައި އަމަލުކުރަންޖެހޭ ގަވާއިދުތަކަކީ މުޖުތަމައުގެ އެންމެހައި އަފްރާދުންގެ ލާބައާއި މަންފާއަށްޓަކައި ހެދިފައިވާ ގަވާއިދުތަކެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެ ގަވާއިދުތަކަށް ތަބާވުން ވަނީ މަގުމަތީގެ ހައްގުތައް ފުރިހަމައަށް އަދާކުރުމުގެ ތެރެއިން ކަމަށެވެ.

އެހެންކަމުން މިހާލަތުގައި އާއްމުންގެ ސިއްހީ މަސްލަހަތަށް ރިއާޔަތްކޮށް، މިބަލިމަޑުކަން ކޮންޓްރޯލް ކުރުމަށްޓަކައި އެޅޭ ފިޔަވަޅެއްގެ ގޮތުގައި މަގުމަތީގައި ހިނގާބިނގާވެ އުޅުމާއި، އެއްގަމު އުޅަދުފަހަރު ދުއްވުން، ކަނޑައެޅޭ ވަކި ވަގުތުތަކެއްގައި މަނާކުރެވޭ ހިނދު، އެކަމަށް އިޖާބަދިނުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް ވެސް ޚުތުބާގައި ވަނީ ގޮވާލާފައެވެ.

ޚުތުބާގައި ބުނީ މަގުމަތީގައި ދުއްވާ ތަކެތިން މީހުންނަށް އުނދަގޫވާ ގޮތަށް އަމަލުކުރުމަކީ ހުއްދަކަމެއް ނޫން ކަމަށެއް ކަމަށާއި، ވިއްސާރަ ދުވަސް ދުވަހު މަގުމަތީގައި ހިނގާފައިދާ މީހުންގެ ގަޔަށް ފެންބުރައިގެންދާ ގޮތަށް އިންޖީނުލީ އުޅަނދުފަހަރުދުއްވުމާއި، މަގުމެދަށް ކާރާއި ޓެކްސީ ހުއްޓައި މީހުން އެރުވުމާއި، ކަފިހިހުރަހު ގައި މަގުހުރަސްކުރަން ހުންނަ މީހާ އަށް ތަންނުދީ ތަކެތި ދުއްވުމާއި، ސިގުނަލް ނުދީ، ގަވާއިދާ ޚިލާފަށް، ވާތްފަރާތުން ކުރިއަރައިގެން ދިޔުމާއި، ބާރަށް ބަރުގޮނު އެޅުމާއި، ސައިލެންސަރުގެ އަޑު ގަދަވާ ގޮތަށް ހަދައިގެން ދުއްވުން ހިމެނޭ ކަމަށެވެ. އަދި ސައިލެންސަރުގެ އަޑު ބާރުވުމުގެ ސަބަބުން ގޯތިގެދޮރުގައި ތިބޭ މީހުންނަށް އުނދަގޫ ފޯރުމުގެ އިތުރުން ނިދާފައި ތިބޭ ތުއްތުކުދިން ބިރުން ހޭލެވި ހަމަނިދި ނުލިބުމާއި، ގޭގޭގައި ތިބޭ ބަލި މީހުންނަށް އުނދަގޫވާ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

މީގެ އިތުރުން ޚުތުބާގައި ބުނީ ގޭގެ އިމާރާތާ ގުޅިގެން މަގުމައްޗަށް ވާގޮތަށް އަށިގަނޑުހެދުމާއި، މަގުމައްޗަށް ފެން ފައިބާގޮތަށް ގޭގެ ފުރާޅު ބެހެއްޓުމާއި، ގަސްގަހާގެހިކެނޑުމާއި، ލަކުޑިއާއި، ކާބޯތަކެތި މަގުމަތީގައި ބެހެއްޓުން، މަގުމަތީގެ އަދަބާ ޚިލާފުކަންކަމުގެ ތެރޭގައި ހިމެނޭ ކަމަށެވެ. އަދި ދިޔަދޮވިން ފެން ފޭބުމާއި، ދޮންނަ މެޝިނުން ފެން މަގުމައްޗަށް ބޭރުކުރުމާއި، ސިނގިރޭޓު ދުން މީހުންގެ މޫނަށް ބުރުވުން ފަދަ ކަންކަމުން ދުރުހެލިވުމަށް ވެސް ވަނީ ޚުތުބާގައި ގޮވާލާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މާތް ﷲ އެމީހަކަށް ލިއުއްވާފައިވާ އެއްޗެއް އެމީހަކަށް ދެއްވާނެ

މާތް ﷲ އެމީހަކަށް ލިއުއްވާފައިވާ އެއްޗެއް އެމީހަކަށް ދެއްވާނެ

16 އެޕްރީލު 2022
ހިތާމަވެރިކަން ތަހައްމަލުކުރަމުންދާ ވަގުތުތަކުގައި އެމީހަކަށް އެހީތެރިވުމަށް ހުތުބާގައި ގޮވާލައިފި

ހިތާމަވެރިކަން ތަހައްމަލުކުރަމުންދާ ވަގުތުތަކުގައި އެމީހަކަށް އެހީތެރިވުމަށް ހުތުބާގައި ގޮވާލައިފި

18 ޑިސެމްބަރު 2020
މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން: ޚުތުބާ

މަގުމަތީގައި ތިބޭއިރު އެއްވެސް މީހަކަށް ތުރާލެއްވާނެ ކަމެއް ކުރުމަކީ ހުއްދަވެގެންވާ ކަމެއް ނޫން: ޚުތުބާ

06 ޑިސެމްބަރު 2019
ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

ކޮންމެ މީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީން ދިފާއުކުރަންޖެހޭ: ޚުތުބާ

11 އޮކްޓޯބަރު 2019

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު