Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޓާޝިއަރީ ހޮސްޕިޓަލްތައް

އިތުރު ފަރާތްތަކަށް ފުރުސަތު ދިނުމުގެ ގޮތުން ޓާޝިއަރީ ހޮސްޕިޓަލަށް ބިޑް ކުރުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިި

16 އޮކްޓޯބަރު 2020 | ހުކުރު 07:43

ބިޑް ހުށައެޅުމުގެ ސުންގަޑިޔަކީ 18 ނޮވެމްބަރ

ރިޒްނާ ޒަރީރު
ރިޒްނާ ޒަރީރު | 16 އޮކްޓޯބަރު 2020 | ހުކުރު 07:43
ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލް

އިތުރު މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން ޓާޝިއަރީ ހޮސްޕިޓަލަށް ބިޑް ކުރުމުގެ މުއްދަތު އަނެއްކާވެސް އިތުރު ކޮށްފިއެެވެ.

ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ޑިޒައިން އެންޑް ބިލްޑް އުސޫލުން ހދ. ކުޅުދުއްފުށީ އަދި ގދ. ތިނަދޫ ޓާޝިއަރީ ހޮސްޕިޓަލެއް ޢިމާރާތް ކުރުމުގެ މަސައްކަތް އަދި ކޮންޓްރެކްޓަރ ފައިނޭންސްގެ ދަށުން ނ. މަނަދޫ އަތޮޅު ހޮސްޕިޓަލް ޢިމާރާތް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފައި މިވަނީ ތިން ވަނަ ފަހަރަށެވެ.

Advertisement - newsAdvertisement

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ފައިނޭންސް މިނިސްޓްރީގެ މީޑިއާ އެގްޒެކްޓިވް މުހައްމަދު ޝަނޫން ވިދާޅުވީ ފުރަތަމަ ފަހަރު ކުރި އިއުލާން އުވާލަން މެދުވެރި ސަބަބަކީ އަދަދު ތަކުގައި ކުޑަ މައްސަލައެއް ދިމާވުމާއި ގުޅިގެން ކަމަށެވެ. އަދި ސެޕްޓެމްބަރ މަހުގައި ކޮށްފައިވާ އިއުލާން ބާތިލު ކޮށްފައި މިވަނީ އިތުރު ބޭފުޅުންނަށް ބިޑް ހުށައެޅުމަށް ފުރުސަތު ދިނުމަށް ކަމަށް ވިދާޅުވިއެވެ.

މިނިސްޓްރީ އޮފް ހެލްތުގެ އެދިލެއްވުމުގެ މަތިން، މިނިސްޓްރީ އޮފް ފިނޭންސުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، މި މަސައްކަތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލާ ކަމަށެވެ. އެގޮތުން، ކުޅުދުފުއްޓާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ، ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި ދެ މިލިއަން ތިންލައްކަ ރުފިޔާ ދައްކަން ޖެހޭ ކަމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މީގެއިތުރުން، މަނަދޫ އަތޮޅު ހޮސްޕިޓަލް އިމާރާތް ކުރުމުގެ މަސައްކަތުގެ، ޕްރޮޖެކްޓް ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްމިލިއަން ދެލައްކަ ފަންސާސްހާސް ރުފިޔާ ދައްކަން ޖެހޭ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

ކޮންމެ ބީލަމެއްގައި ބައިވެރިވުމަށް 1,500ރ (ފަނަރަ ސަތޭކަ ރުފިޔާ) ނުވަތަ އެއަދަށްވާ 100 ޔޫ.އެސް ޑޮލަރގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެ ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ. އެ ފައިސާ ބަލައި ގަންނާނީ އަންނަ އޮކްޓޫބަރު މަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ފިނޭންސް މިނިސްޓްރީގެ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެ ކަމަށް ވެސް ބުނެފައި ވެއެވެ.

މި ޕްރޮޖެކްޓުތަކުގެ ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 148 ދުވަހެވެ.

ބިޑް ހުށައެޅުމުގެ ސުންގަޑިއަކީ 18 ނޮވެމްބަރ 2020 ވަނަ ދުވަހުގެ 10:00 ގައި ކަމަށް ފިނޭންސް މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާ ކުރާ މާލަމުގައި ކަމަށް ވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

"ދަ އައިލެންޑް ފެކްޓްރީ" އިން އުފައްދާ ޓޫނާ ޖާރކީ، ރާއްޖޭގެ އެކި ރަށްރަށުގެ ބާޒާރުތަކަށް ނެރެފި

5

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

07 ޖެނުއަރީ 2017
ޔުނިވާސިޓީން އާ ދެ ކޯހެއް ރާއްޖެއަށް ތައާރަފްކޮށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
06 ޖެނުއަރީ 2017

މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ

06 ޖެނުއަރީ 2017
 މިދިޔަ އަހަރު ކްރިމިނަލް ކޯޓަށް ހުށަހެޅި މައްސަލަތަކުގެ އަދަަދު އިތުރުވެއްޖެ
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް