Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
އެސްޑީއެފްސީ އިން ދޫކުރާ ލޯން

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް 300 މިލިއަން ރުފިޔާގެ ލޯން ދޫކޮށްފި

1,816 ފަރާތަށް އެސްޑީއެފްސީ އިން ވަނީ ލޯން ދޫކޮށްފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ, ރާއްޖެ އެމްވީ | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 16:06
އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން

އެސްއެމްއީ ޑިވެލޮޕްމެންޓް ފައިނޭސް ކޯޕަރޭޝަން

ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ވިޔަފާރިތަކަށާއި، އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ދިމާވި މާލީ ގޮންޖެހުންތަކުން އަރައި ގަތުމަށް ސަރުކާރުން ދޫކުރާ ރިކަވަރީ ލޯންގެ ގޮތުގައި 300.1 މިލިއަން ރުފިޔާ އެސްއެމްއީ ޑިވަލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) އިން ދޫކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން އާންމު ކޮށްފައިވާ ތާފާސްހިސާބުތައް ދައްކާ ގޮތުން، އޮކްޓޫބަރު މަހުގެ އަށް ވަނަ ދުވަހުގެ ނިޔަލަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ 1,816 ފަރާތަށް އެސްޑީއެފްސީ އިން ވަނީ ލޯން ދޫކޮށްފައެވެ.

އެގޮތުން ލޯނަށް އެދި 3,679 ފަރާތަކުން ހުށައަޅާފައިވާ އިރު، އޭގެ ތެރޭގައި ހިމެނެނީ އަމިއްލަ މަސައްކަތްކުރާ 1,815 ފަރާތަކާއި 1,864 ވިޔަފާރި ކަމަށް ފިނޭންސް އިން ބުނެއެވެ. އެގޮތުން މި ފޯމްތަކުގެ ތެރެއިން 2,018 ފޯމެއް ބަލައިގަނެފައިވާ އިރު، 600 ފޯމު ވަނީ ރިޖެކްޓްކޮށްފައެވެ.

ފިނޭންސްގެ ތަފާސްހިސާބުތައް ދައްކާގޮތުން އަމިއްލަ މަސައްކަތްކުރާ 561 ފަރާތަށް ލޯނުގެ ގޮތުުގައި ދޫކޮށްފައި ވަނީ 16.8 މިލިއަން ރުފިޔާއެވެ. ކުދި އަދި މެދު ފަންތީގެ 1,255 ވިޔަފާރިއަށް ދޫކޮށްފައި ވަނީ 283.3 މިލިއަން ރުފިޔާއެވެ.

ކޮވިޑް-19 އާއި ގުޅިގެން މިހާރު ހިނގަމުންދާ ވިޔަފާރިތަކަށް ދުވަހުން ދުވަހަށް ބޭނުންވާ ހަރަދުތައް ހަމަޖައްސައި ދިނުމަށާއި އެ ވިޔަފާރިތައް ދެމެހެއްޓުމަށް އަމާޒުކޮށްގެން، އެސްޑީއެފްސީ އިން ތައާރަފުކުރި މި ލޯނަކީ ވިޔަފާރީގެ ވޭތުވެދިޔަ އަހަރުގެ އާމްދަނީ 10 މިލިއަން ރުފިޔާއަށް ވުރެ ދަށްވުމާއި ކޮވިޑް-19 އާ ގުޅިގެން އަދި ލޯނު އެހީދޭ މުއްދަތުގެ ތެރޭގައި ވެސް އެ ވިޔަފާރީގެ އެއްވެސް ދިވެހި މުވައްޒަފެއް ވަކިނުކުރާ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ.

މި ލޯނު ދޫކުރަނީ ހަ އިންސައްތައިގެ އިންޓެރެސްޓް އަކާއި އެކު ތިން އަހަރުގެ ތެރޭގައި ދައްކާ ގޮތަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

ކުދި ވިޔަފާރިތަކުން ދައްކަންޖެހޭ ޓެކްސްއާ ގުޅޭ ޖޫރިމަނާތައް މީރާއިން މަޢާފް ކުރަނީ!

13 އެޕްރީލު 2017
ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

ރާއްޖެއާއި ތައިލެންޑާ ދެމެދު ފްލައިޓް އިތުރުކުރުމަށް އެއްބަސްވެއްޖެ

05 އެޕްރީލު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

ވައިގެ ދަތުރުފަތުރާ ބެހޭ މަޝްވަރާތައް ރާއްޖެ އާއި ތައިލެންޑާ ދެމެދު ފަށައިފި

29 މާރިޗު 2017
މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

މިނިވަން ވިޔަފާރީގެ މަޝްވަރާތައް ނިމޭއިރު ރާއްޖޭގެ ވިޔަފާރިތަކަށް ބޮޑެތި ކުރިއެރުންތަކެއް ލިބޭނެ: މިނިސްޓަރު ސައީދު

09 މާރިޗު 2017

އަހަރުތަކުން މިއަދު

4 މެއި
މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ
20251 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

މަސްވެރިކަމުގެ ސިނާއަތް 2024 ގައި 48.4 އިންސައްތަ ދަށަށް ހިނގައްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި
20242 އަހަރު ކުރިން
ރާއްޖެ

ރާއްޖެޓީވީއަށް ސަރުކާރުގެ ކުންފުނިތަކުން ދެމުންއައި ހުރިހާ ސްޕޮންސަރތައް ކަނޑާލައިފި

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"
20233 އަހަރު ކުރިން
ރިޕޯޓު

ކެޕްޓަން ރަޝީދު: " އަޅުގަނޑުމެންނަށް ބޯޓު ނުޖައްސައި ފަރުޖެހޭކަށް ނެތް، ފިއުލްއެއްވެސް، ދާނެ ތަނެއްވެސް ނެތް"

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި
20224 އަހަރު ކުރިން
ރާއްޖެ

ބީޖީ ގަރާޖު ސަރަޙައްދުގައި މަރުވެފައި އޮތް މީހާއަކީ ކާކުކަން ދެނެގަނެފި

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

މަލިކު އިސްބަޣޫލު ފަނި ބުއިންތަ؟ މިއޮތީ ވަރަށް ތަފާތު ރެސިޕީއެއް

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު
20197 އަހަރު ކުރިން
ރާއްޖެ

ހުކުރު މިސްކިތުގެ އާބާތުރަ ފިލުވުން- ވަޅުދިޔަ ހިއްކަން ފޭބީ ޑެޕިއުޓީ މިނިސްޓަރު

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ
20188 އަހަރު ކުރިން
ދުނިޔެ

ސައުދީގައި ފައްޅި އަޅަން ވެޓިކަން އާއިއެކު އެއްބަސްވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު