Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއައިޖީއެމްއެޗްގެ ބައެއް ޚިދުމަތްތައް ފެށުން

ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗުން މެދުކަނޑާލި ބައެއް ޚިދުމަތްތައް އަލުން ފަށައިފި

15 އޮކްޓޯބަރު 2020 | ބުރާސްފަތި 17:47

އޮންލައިން އޯޕީޑީގެ އިތުރުން ހޮސްޕިޓަލުގެ އޯޕީޑީގެ ޚިދުމަތް ލިބޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 17:47
ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗްގެ ޚިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައި

ކޮވިޑް-19 އާ ގުޅިގެން އައިޖީއެމްއެޗްގެ ޚިދުމަތްތަކަށް ވަނީ ބަދަލު ގެނެސްފައި

ކޮވިޑް-19 އާ ގުޅިގެން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން މެދުކަނޑާލި ބައެއް ޚިދުމަތްތައް އަލުން ފަށައިފިއެވެ.

އައިޖީއެމްއެޗުން ބުނީ ކޮވިޑް-19 އާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ގެނެވުނު ލުއިތަކާއިއެކު ހޮސްޕިޓަލުން މެދުކަނޑާލެވުނު ޚިދުމަތްތައް ފަށައި، ހޮސްޕިޓަލުގެ ހިންގާ އޯޕީޑީތަކާއި އެހެނިހެން ޚިދުމަތްތަކަށް މިމަހުގެ 19 އިން ފެށިގެން ބަދަލުތައް ގެނައުމަށް ނިންމާފައިވާ ކަަމަށެވެ.

Advertisement - newsAdvertisement

އެގޮތުން އޮންލައިން އޯޕީޑީގެ އިތުރުން ހޮސްޕިޓަލުގެ އޯޕީޑީގައި ޑޮކްޓަރުން ބަލިމީހުން ބައްލަވާނީ ހެނދުނު 09:00ން 12:00ށް އަދި މެންދުރުފަހު 13:00ން 16:00 އަށެވެ. ޓެލެފިޒިއޯ ކްލިނިކްތަކުގެ އިތުރުން ބަލިމީހުން ގެނެސްގެން ދެވޭ ފިޒިއޮތެރަޕީގެ ޚިދުމަތްދިނުން ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00ން 16:00 އަށް ކުރިއަށް ގެންދެވޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ސްޕީޗް ތެރަޕީ ކްލިނިކްތަކުގެ އިތުރުން ބަލިމީހުން ގެނެސްގެން ދެވޭ ސްޕީޗް ތެރަޕީ ޚިދުމަތްދިނުން ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00ން 16:00ށް ކުރިއަށް ގެންދެވޭއެވެ. އަދި ޑައެޓެޓިކްސް އޮންލައިން ކްލިނިކް ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00ން 13:00ށް ކުރިއަށް ގެންދެވޭއިރު، ހަފުތާއަކު ދެ ދުވަހު ބަލިމީހުން ގެނެސްގެން ހިންގޭ ޑައެޓެޓިކްސް ކްލިނިކް ހިންގޭނެއެވެ.

އައިޖީއެމްއެޗުން ބުނީ 11 އޮކްޓޯބަރު 2020ން ފެށިގެން ދުރާލާ ރާވައިގެން ކުރަމުންގެންދާ އޮޕަރޭޝަންތައް ކުރަން ފެށިފައިވާ ކަމަށެވެ. އަދި ކުރިއެކޭ ވެސް އެއްފަދައިން ރޭޑިއޯލޮޖީ ޑިޕާޓްމަންޓުގެ ޚިދުމަތްތައް ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 09:00ން 16:00ށް ކުރިއަށް ގެންދެވޭނެ ކަމަށާއި، ލެބޯޓްރީ ޓެސްޓްތައް ހެދުން ހުކުރު ދުވަސް ފިޔަވާ ހުރިހާ ދުވަހެއްގެ 08:00ން 16:00ށް ކުރިއަށްދާނެ ކަމަށެވެ.

އެމަޖެންސީގެ ޚިދުމަތްތައް 24 ގަޑިއިރު މެދުކެނޑުމެއްނެތި ކުރިއަށް ގެންދާކަން ފާހަގަކޮށް އައިޖީއެމްއެޗުން ވަނީ ކޮވިޑް-19 ގެ ސަބަބުން އެޗްޕީއޭއިން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކައް ލުއިތަކެއް ގެނެވުނު ނަމަވެސް، އެނދުމަތިކުރެވިފައިވާ ބަލިމީހުންނާއިއެކު އެއް އެހީތެރިޔަކަށް ވުރެ އިތުރަށް މަޑު ނުކުރުމަށާއި، ބަލިމީހުންނަށް ޒިޔާރަތް ނުކުރުމަށް އަދި ކުޑަ ކުދިންނާއި އުމުރުން ދުވަސްވީ މީހުން ކޮންމެހެން މަޖުބޫރު ހާލަތެއްގައި މެނުވީ ހޮސްޕިޓަލަށް ޒިޔާރަތް ނުކުރުމަށް އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
30 ޖެނުއަރީ 2017

އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި

30 ޖެނުއަރީ 2017
އަބުރުގެ ގާނޫނުގެ ބައެއް މާއްދާ އުނިކުރަން ހުށަހެޅި މައްސަލަ ފަސް މަސް ފަހުން ހައިކޯޓުން ބަލައިގަނެފި
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
26 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް

26 ޖެނުއަރީ 2017
 ލޯކަލް ކައުންސިލް އިންތިހާބުގެ ޓިކެޓް ދިނީ ވަކިބައެއްގެ ނުފޫޒުން: މައުމޫން ފެކްޝަންސް
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި

11 ޖެނުއަރީ 2017
އަމިއްލަފުޅު އޮފީހުގެ މުވައްޒަފުން މަދުކޮށް، އިމާރާތުގެ ބައެއް ދޫކޮށްލައިފި
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް