Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)

"މިހާރު އޭސީސީގެ މައްޗަށް އޮތް އިތުބާރު ގެއްލިއްޖެ!"

ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު ލަސްވަމުންދާތީ މެމްބަރުން ކަންބޮޑުވުން ފާޅުކުރެއްވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޮކްޓޯބަރު 2020 | ބުރާސްފަތި 06:54
ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން- މި ބައްދަލުވުމުގައި މެމްބަރުންވަނީ އޭސީސީއަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައި

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން- މި ބައްދަލުވުމުގައި މެމްބަރުންވަނީ އޭސީސީއަށް ގިނަ ސުވާލުތަކެއް އަމާޒު ކުރައްވާފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިހާރު އިތުބާރެއް ނެތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން މުހައްމަދު (ހަސަންޓޭ) ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމުގައި މެމްބަރު ޙަސަންއާއި ކޮމިޓީގެ ގިނަ މެމްބަރުން ވަނީ އޭސީސީގެ ތަހުޤީޤުތައް ލަސްވާ ސަބަބާ ގުޅޭގޮތުން ސުވާލު އުފައްދަވާފައެވެ. އެގޮތުން ރައްޔިތުންނާ ގުޅުން ހުރި ބޮޑެތި މައްސަލަތަކުގެ ތަޙުޤީޤު ލަސްވަމުންދާތީ މެމްބަރުން ވަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން މެމްބަރު ޙަސަން ވިދާޅުވީ، އޭސީސީން ސިޔާސަތުތައް އެކުލަވާލުމުގެ މަސައްކަތް ކުރާތާ އެތައް އަހަރެއް ވަމުންދާއިރު، ކުށް ކުރާ މީހުން އޭގެ ނާޖާއިޒު ފައިދާ ނަގައި، ހެއްކައް ނުފޫޒު ފޯރުވުން ފަދަ އެތައް ކަމެއް ހިނގާ ކަމަށެވެ. އަދި ބޮޑެތި ވައްކަމާއި ޙިޔާނާތުގެ ތުހުމަތު ކުރެވޭ މީހުން އެ ފައިސާއިން ވިޔަފާރި ކުރަމުންދާއިރު، އިންސާފުގެ ކުރިމައްޗަށް ނުގެނެވި ލަސްވަމުންދާކަން ފާހަގަ ކުރައްވައި މެމްބަރު ޙަސަން ވިދާޅުވ،ީ މިހާރު އޭސީސީގެ މައްޗަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.

އެކަމާ ގުޅޭގޮތުން އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ، އޭސީސީގެ އެތެރޭގައި ހުރި މައްސަލަތައް ދެނެގަތުމުގެ ދިރާސާކޮށް، އެކަންކަން ދެނެގަތުމުގެ މަސައްކަތް މީގެ ކުރިން އެކަމަނާ ކުރެއްވި ކަމަށާއި، އެހެން ނަމަވެސް، މަޤާމުގެ ޒިންމާއާ ޙަވާލުވެ، އެކަންކަމަށް ޙައްލު ހޯދުމުގައި އަމަލީ ގޮތުން މަސައްކަތް ކުރެއްވުން މުޅިން ތަފާތު ކަމަށެވެ.

އޭގެ އިތުރުން، އޭސީސީން ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިއުނާ ވިދާޅުވީ، އޭސީސީން ބަލަމުންދާ 8 މައްސަލައެއްގައި ދައުވާ ކުރަން ފޮނުވާފައިވާނެ ކަމަށެވެ. އަދި 28 މައްސަލައެއް މިވަގުތު ޑިއުޓީ ޕްރޮސެކިއުޝަން މަރުޙަލާގައި ވާކަން ޝިއުނާ ފާހަގަ ކުރެއްވިއެވެ.

ކޮމިޓީގައި ވާހަކަ ދައްކަވަމުން އޭސީސީގެ މެމްބަރު އަލީ އަޝްރަފް ވިދާޅުވީ، 9 ސެޕްޓެމްބަރު 2019 ގައި އޭސީސީގެ 5 މެމްބަރުން މަޤާމާ ޙަވާލުވިއިރު ކޮމިޝަނުން ތަހުޤީޤު ކުރަމުންދާ (ޕެންޑިންގ) މައްސަލަތަކުގެ އަދަދަކީ 548 ކަމަށެވެ. އަޝްރަފް ވިދާޅުވީ، އޭގެ ތެރޭގައި 2010ށް ނިސްބަތްވާ 7 މައްސަލައަކާއި، 2011ށް ނިސްބަތްވާ 7 މައްސަލަ، 2012ށް ނިސްބަތްވާ 17 މައްސަލައާއި، 2013ށް ނިސްބަތްވާ 27 މައްސަލައާއި، 2014ށް ނިސްބަތްވާ 37 މައްސަލައާއި، 2015ށް ނިސްބަތްވާ 33 މައްސަލައާއި، 2016ށް ނިސްބަތްވާ 37 މައްސަލައާއި، 2017ށް ނިސްބަތްވާ 61 މައްސަލައާއި، 2018ށް ނިސްބަތްވާ 169 މައްސަލައާއި، 2019 ގައި ކޮމިޝަނާ ޙަވާލުވުމުގެ ކުރިން ހުށައެޅިފައިވާ 3 މައްސަލައެއް ހިމެނޭ ކަމަށެވެ.

އޭގެ އިތުރުން، މިއަދު އޭސީސީއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މިފަދައިން މައްސަލަތައް ޕެންޑިންގ ގައި ހުރިކަން އަޝްރަފްގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ.

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
18 ޖެނުއަރީ 2017

ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި

18 ޖެނުއަރީ 2017
ކުރީގެ ވޯކްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ކޮރަޕްޝަނުގެ ދައުވާކުރަން ފޮނުވައިފި
14 ޖެނުއަރީ 2017

ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި

14 ޖެނުއަރީ 2017
ޓެރަރިސްޓް ޖަމާއަތެއްގެ އިސް މީހެއް ކަމަށް ބުނެ ހައްޔަރުކުރި މީހާގެ މައްޗަށް ދައުވާ ކޮށްފި
14 ޖެނުއަރީ 2017

މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު

14 ޖެނުއަރީ 2017
މިހާރު ކުރާ ކެމްޕެއިންއަކީ އެމްޑީޕީ އިތުރަށް ވަރުގަދަ ކުރަން ކުރާ މަސައްކަތް: ހަސަން ލަތީފު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު