Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެދަނޑުވެރިންގެ ދުވަސް ފާހަގަކުރުން

ދަނޑުވެރިންގެ ދުވަހުގެ ޚާއްސަ ފޯރަމް ފަށައިފި

14 އޮކްޓޯބަރު 2020 | ބުދަ 08:34

މިފޯރަމްގެ ތެރެއިން އާންމުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަކޮށްދެވޭނެ

އަމްނާ އިމާދު
އަމްނާ އިމާދު | 14 އޮކްޓޯބަރު 2020 | ބުދަ 08:34
ދަނޑުތަކުގައި ބައެއް އާންމުން

ދަނޑުތަކުގައި ބައެއް އާންމުން

ދަނޑުވެރިކަން ކުރިއެރުވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ''ދަނޑުވެރިންގެ ދުވަހުގެ ޚާއްސަ ފޯރަމް'' ފަށައިފިއެވެ.

ދަނޑުވެރިކަމާ ބެހޭ މިނިސްޓްރީން ބުނީ ފޯރަމްގެ މައިގަނޑު މަގުސަދަކީ މިނިސްޓްރީގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ދަނޑުވެރީންނަށާއި އާންމުންނަށް ފޯރުކޮށްދެމުންދާ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް، ކަމާ ގުޅުންހުރި ފަރާތްތަކުގެ ޚިޔާލާއި މަޝްވަރާ ހޯދުން ކަމަށެވެ.

Advertisement - newsAdvertisement

ޒޫމް މެދުވެރިކޮށް އޮންލައިންކޮށް ކުރިއަށް ގެންދާ މި ފޯރަމްގައި ދަނޑުވެރި ރަށްރަށުގެ ކައުންސިލް މެންބަރުންނާއި، ދަނޑުވެރިންގެ މަންދޫބުންނާއި، ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަން ކުރަން ދޫކޮށްފައިވާ ފަޅުރަށްތަކުގެ މަންދޫބުން އަދި ދަނޑުވެރިކަމާ ގުޅުން ހުރި ދައުލަތުގެ އެކި މުއައްސަސާތަކާއި ދަނޑުވެރި ކޯޕަރޭޓިވްސްތަކާއި ދަނޑުވެރި ކަމަށް ބޭނުންވާ ތަކެތި ވިއްކުމުގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ޖުމްލަ 45 ފަރާތަކުން ބައިވެރިވެފައިވެއެވެ.

މިނިސްޓްރީން ބުނީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ފޯރަމްގައި އަލަށް އުފައްދާފައިވާ ޕެސްޓިސައިޑް ގާނޫނާއި ގަވާއިދުތަކުން ދަނޑުވެރިކަމުގެ ވައްޓަފާޅިއަށް އަންނާނެ ބަދަލުތަކާއި، މިނިސްޓްރީގެ އެގްރިކަލްޗަރ ޑިޕާޓްމަންޓުން ދޭ އާންމު ޚިދުމަތްތަކާއި، ދަނޑުވެރިކަން ކުރިއެރުވުމަށް މިނިސްޓްރީން ހިންގަމުން ގެންދާ މަޝްރޫއުތަކާއި ބެހޭ ގޮތުން މަޝްވަރާ ކުރާނެ ކަމަށެވެ. އަދި މި އަހަރު ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ސަރުކާރުގެ %100 ހިއްސާވާ ކުންފުނީ، އެގްރޯ ނެޝަނަލް ކޯޕަރޭޝަން އިން ދަނޑުވެރިންނަށް ފޯރުކޮށްދޭނެ ޚިދުމަތްތަކާއި ބެހޭ މައުލޫމާތު ހިއްޞާކޮށް، އެ ޚިދުމަތްތައް އިތުރަށް ފުރިހަމަ ކުރުމަށް ފޯރަމްގެ ބައިވެރިންގެ ޚިޔާލު ހޯދާނެއެވެ.

ދަނޑުވެރިންގެ ދުވަސް ފާހަގަ ކުރުމަށް މިނިސްޓްރީގެ ފަރާތުން ދަނީ ތަފާތު ހަރަކާތްތަކެއް ހިންގަމުންނެވެ. މި ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ ދަނޑުވެރިކަމުގެ މައުލޫމާތު ދިނުމުގެ އޮންލައިން ސިލްސިލާ ޕްރޮގްރާމް 5 އޮކްޓޯބަރ އިން 13 އޮކްޓޯބަރަށް ވަނީ ކުރިއަށް ގެންގޮސްފައެވެ.

މީގެ އިތުރުން މިނިސްޓްރީން ބުނީ އާންމުންނަށް ބައިވެރިވެވޭނެހެން ފޭސްބުކް ޕޭޖް މެދުވެރިކޮށް 13 އޮކްޓޮބަރުން 15 އޮކްޓޫބަރުގެ ނިޔަލަށް، ދުވަހާ ގުޅޭ ޚާއްސަ ކުއިޒް މުބާރާތެއް މިހާރު ކުރިއަށްދާ ކަމަށެވެ.

ދަނޑުވެރިންގެ ދުވަހު، ހއ. މޮޅަދޫ، ވަށަފަރު އަދި އުލިގަމުގައި ގަސް ބެހުމުގެ ޙަރަކާތެއް ކުރިއަށް ގެންދިއުމަށާއި ރާއްޖޭގެ ރުއްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ރުކުގެ އައު ޖިލެއް އުފެއްދުމަށް ބޭނުންވާނެ މުޑުވައް އުފެއްދުމަށް ޚާއްސަކޮށް ހަނިމާދޫ އެގްރިކަލްޗަރ ސެންޓަރުގައި 100 ރުކުގެ ރުއް ދަނޑެއް އެޅުމަށް ވަނީ ހަމަޖެހިފައެވެ.

މި ހިނގާ 2020 ވަނަ އަހަރުން ފެށިގެން ކޮންމެ މީލާދީ އަހަރެއްގެ އޮކްޓޯބަރ މަހުގެ 15 ވަނަ ދުވަހަކީ ދިވެހި ރާއްޖޭގެ ދަނޑުވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ނިންމަވާފައެވެ.

މި އަހަރުގެ ދަނޑުވެރިންގެ ދުވަހު ބޭނުން ކުރުމަށް ކަނޑައަޅާފައިވާ ޝިއާރަކީ "ފަރުދީ ދަނޑުވެރިކަން - ކާނާގެ ޔަގީންކަން" މި ޝިއާރެވެ.

އެންމެ ހިނގާ

1

ފްލައިޓް ލަސްވެގެން ވީއައިއޭގައި ޗައިނާ ފަތުރުވެރިންނާއި ފުލުހުންގެ މެދުގައި ހިނގި ހަމަނުޖެހުމުގެ ފަހަތުގައިވަނީ ކޮންކަމެއް؟

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

4

އެއްބަސްވުމެއް ހެދުން، ނޫނީ "ފަނާވުން" ނޫން އިތުރު ގޮތެއް އީރާނަކަށް ނޯންނާނެ: ހެގްސެތު

5

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
26 ޖެނުއަރީ 2017

ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު

26 ޖެނުއަރީ 2017
ބަނގުރާ ކޮންޓްރޯލް ކުރުމަށްޓަކައި ޚާއްސަ ޤާނޫނެއް ހެދުމުގެ މަސއްކަތް ދަނީ ކުރަމުން: ހޯމް މިނިސްޓަރު
23 ޖެނުއަރީ 2017

އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި

23 ޖެނުއަރީ 2017
އަރަބި އިސްލާމީ ތައުލީމް އުނގަންނައިދޭ މުދައްރިސުންނަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
16 ޖެނުއަރީ 2017

ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި

16 ޖެނުއަރީ 2017
ހަތަރު ޤައުމެއްގެ ސިފައިން ބައިވެރިވާ ކޯސްޓްގާޑު ބޭސިކް ޑައިވިންގ ކޯހެއް އެމްއެންޑީއެފް އިން ފަށައިފި
15 ޖެނުއަރީ 2017

ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި

15 ޖެނުއަރީ 2017
ސީރިއާއަށް އެހީވުމަށް ކެމްޕޭނެއް ފަށައިފި
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް