Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތް: ހާއްސަ އިސްކަމެއް ދީގެން 30 މީހެއްގެ މައްސަލަ ބަލަނީ

ތަހުގީގުކޮށް، ދައުވާ ކުރުމަށްވެސް ފޮނުވާނީ ވަކި ވަކި މީހުންގެ މައްޗަށް

އުމްނާ އިސްމާއިލް
އުމްނާ އިސްމާއިލް, ރާއްޖެ އެމްވީ | 14 އޮކްޓޯބަރު 2020 | ބުދަ 08:24
އެމްއެމްޕީއާރްސީ ހިޔާނާތް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައި

އެމްއެމްޕީއާރްސީ ހިޔާނާތް ހިންގާފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގެ ދައުރުގެ ތެރޭގައި

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ހިޔާނާތުގެ މައްސަލައިގައި ޝާމިލުވާކަމަށް ތުހުމަތު ކުރެވޭ 30 މީހެއްގެ މައްސަލަ، ހާއްސަ އިސްކަމެއް ދީގެން ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ހާމަކޮށްފިއެވެ.

މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ބައްދަލުވުމުގައި ބޮޑު ހިޔާނާތުގެ މައްސަލަގެ ތަހުގީގު ގޮސްފައިވާ ހިސާބާ ގުޅިގެން މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން އެ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ ވިދާޅުވީ އަދިވެސް މި މައްސަލައިގެ ތަހުގީގު ނިންމާލެވޭނެ ތާރީހެއް ބުނަން ދަތި ކަމަށެވެ.

Advertisement - newsAdvertisement

އޭނާ ވިދާޅުވީ މި މައްސަލައިގެ ތުހުމަތު އެތައް ބައެއްގެ މައްޗަށް ކުރެވޭއިރު، ތަހުގީގުކޮށް، ދައުވާ ކުރުމަށްވެސް ފޮނުވާނީ ވަކި ވަކި މީހުންގެ މައްޗަށް ކަމަށެވެ. އެހެންކަމުން، ޑެޑްލައިނެއް ދިނުމަށް ވަރަށް ދަތި ކަމަށެވެ. ޝިއުނާ ވިދާޅުވީ މި މައްސަލައިގައި ހިމެނޭ 30 މީހެއްގެ މައްސަލަ، ހާއްސަ އިސްކަމެއް ދީގެން ބަލަމުންދާ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ވާހަކަދައްކަވަމުން އޭސީސީގެ މެމްބަރު އަލީ އަޝްރަފް ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ ބެލުމަކީ މައިގަނޑު މެންޑޭޓު ކަމަށް ކަނޑައަޅާ ރިޔާސީ ކޮމިޝަނެއް އުފެއްދެވިކަން ފާހަގަކުރައްވާފައެވެ. އެސެޓް ރިކަވަރީ ކޮމިޝަން އެކުލަވާލުމުން އޭސީސީގައި މި މައްސަލައާއި ގުޅިގެން ހުރި ހުރިހާ ލިޔެކިއުމެއް އެ ކޮމިޝަނަށް ފޯރުކޮށްދިން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު މި މައްސަލަ އަކީ ތަހުގީގީ އިދާރާތަކާއި ގުޅިގެން ކުރެވޭ 'ޖޮއިންޓް އިންވެސްޓިގޭޝަން' އަކަށް ވާތީ މި މައްސަލަ ނިންމޭނެ ތާރީހެއް ހަމައެކަނި އޭސީސީއަކަށް ނުބުނެވޭނެ ކަމަށެވެ.

ކޮރަޕްޝަން ފަދަ ކުށްތައް ތަހުޤީޤުކޮށް ފިޔަވަޅު އެޅުމަށް ޤާނޫނުން މަތިކޮށްފައިވާ މުއައްސަސާއަކީ އޭސީސީ ނަމަވެސް، އެ ކޮމިޝަނުގެ ޒިންމާތައް އެންމެ ފުރިހަމައަށް އަދާ ނުކުރާ ކަމުގެ ޝަކުވާއަކީ އާންމުންވެސް ކުރަމުންދާ ޝަކުވާއެކެވެ. ހާއްސަކޮށް، އެމްއެމްޕީއާރުސީގެ މައްސަލައިގެ ތަހުގީގަށް ވެސް އެތައް އަހަރެއް ވެފައިވާއިރު، ތަހުގީގު ކޮޅެއްގައި ނުޖެހި ގިނަ ދުވަސް ވަމުންދާތީ މަޖިލީހުން ވެސް އެތައް ފަހަރެއްގެ މަތިން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

މީގެކުރިންވެސް އެ މައްސަލައާ ގުޅޭ ތަހުގީގު ރިޕޯޓު ނެރުން ލަސްވުމުގެ ސަބަބުން ކޮމިޝަނަށް އެތައް ފާޑުކިޔުންތައް އަމާޒުވިއެވެ. އެގޮތުން 2015 ވަނަ އަހަރުން ފެށިގެން އެ މައްސަލައިގެ ތަހުޤީޤު ރިޕޯޓް އާންމު ކުރާނެ ކަމަށް ތަކުރާރުކޮށް އޭސީސީން ބުނަމުން ދިޔަ ނަމަވެސް، ރިޕޯޓް އާންމު ކުރެވުނީ އޭގެ 4 އަހަރު ފަހުންނެވެ. އެންމެ ފަހުން މިހާރު އެ މައްސަލަ ކުރިއަށްދަނީ ދައުލަތުގެ މުއައްސަސާތައް ގުޅިގެން ޖޮއިންޓް ތަޙުޤީޤެއްގެ ގޮތުގައެވެ.

އެމްއެމްޕީއާރްސީ ބޮޑު ހިޔާނާތުގެ މައްސަލައިގައި މިހާތަނަށް ހުކުމެއް ކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އެކަންޏެވެ. ނަމަވެސް މި ހިޔާނާތުގައި ދައުލަތުގެ މުއައްސަސާތަކުގެ ވެރިންނާއި، މަޖިލިސް މެމްބަރުންނާއި ފަނޑިޔާރުންގެ ބައިވެރިވުން އޮތް ކަމަށް ވަނީ ހާމަކޮށްފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

ރަނގަޅު ވެރިކަމެއްގައި މިސަރުކާރުގެ ބޮޑުން ތިބޭނީ ޖަލުގައި: ނާދިރާ

20 ޖެނުއަރީ 2017
ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

ސަރުކާރުގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހައުސިން ޔުނިޓްތަކެއް އަޅަން އަމީން ކޮންޓްރަކްޝަންސްއާ ހަވާލު ކޮށްފި

20 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

12 ފެބުރުއަރީ
ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި
20251 އަހަރު ކުރިން
ރާއްޖެ

ހިތަދޫ އުުތުރު ދާއިރާގެ މެމްބަރު ސިނާންގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައި ދިނުމަށް ސުޕްރީމް ކޯޓަށް ހުށަހަޅައިފި

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!
20242 އަހަރު ކުރިން
މީހުން

އެންމެވެސް ބުނީ އޭނާ ހުރެގެން ރަށަށް ތަށި ނުލިބޭނެ ކަމަށް!

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!
20233 އަހަރު ކުރިން
ރިޕޯޓު

ޑރ. މުހައްމަދު އަލީގެ ދުލުން: އެންމެ ހަށިގަނޑެއް ނަގަން ވެސް 7 ގަޑިއިރު މަސައްކަތް ކުރި ވާހަކަ އެމީހުން ބުނި!

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން
20224 އަހަރު ކުރިން
ސިއްހަތު

ހިތްހަލާކުވަނީ ހަމައެކަނި ލޯބީގެ ސަބަބަކުން ނޫން

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

އިންޑިއާގައި ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި ތިން ޑޮކްޓަރުން ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި
20197 އަހަރު ކުރިން
ރާއްޖެ

އެސްއޯއެފްގެ ބޭންކް ސްޓޭޓްމަންޓެއް ލީކު ކޮށްލައިފި

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު
20188 އަހަރު ކުރިން
ރިޕޯޓު

ދޫނި ރާއްޖެއިން ފޮނުވި ވަފުދަށް ޤައުމުތަކުން ދިން ޖަވާބު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު