Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހަކުރުބަލީގެ ޑޭޓާބޭސްއެއް ތައްޔާރުކުރުން

މުޅި ރާއްޖޭގެ ހަކުރުބަލީގެ ޑޭޓާބޭސްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ނެޝަނަލް ޑައެބެޓީސް ސެންޓަރ

14 އޮކްޓޯބަރު 2020 | ބުދަ 16:39

ކުރިއަށް އޮތް 3-4 މަސްތެރޭ އެމަސައްކަތް ނިމޭނެ

އަޒްލިފާ އަބްދުﷲ
އަޒްލިފާ އަބްދުﷲ | 14 އޮކްޓޯބަރު 2020 | ބުދަ 16:39
ނެޝަނަލް ޑައެބެޓީސް ސެންޓަރ

ނެޝަނަލް ޑައެބެޓީސް ސެންޓަރ

މުޅި ރާއްޖޭގެ ހަކަުރުބަލީގެ ޑޭޓާބޭސްއެއް ތައްޔާރު ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އިންދިރާގާންދީ މެމޯރިއަލް ހޮސްޕިޓަލްގެ ނެޝަނަލް ޑައެބެޓީސް ސެންޓަރ އިން ބުނެފިއެވެ.

އަންގާރަ ދުވަހުގެރޭ ރާއްޖެ ޓީވީގެ "ފަލަ ސުރުޚީ" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އައިޖީއެމްއެޗްގެ ޑިރެކްޓަރ އޮފް މެޑިކަލް ސާރވިސަސް ޑރ އަލީ ނަޒީމު ވިދާޅުވީ ރާއްޖޭގައި ގައިން ގަޔަށް ނާރާ ބަލި ތަކުގެ ތެރެއިން އެންމެ އާންމު އެއް ބައްޔަކީ ހަކުރު ބަލި ކަމަށެވެ.

Advertisement - newsAdvertisement

އަލަށް ހުޅުވުނު ނެޝަނަލް ޑައެބެޓީސް ސެންޓަރަކީ ވަން ސްޓޮޕް ޝޮޕެއް ކަމަށާއި އެ ސެންޓަރުން ހުރިހާ ޚިދުމަތްތަކެއް ލިބިގެންދާނެ ކަމަށެވެ.

ޑރ ނަޒީމް ވިދާޅުވީ ހަކުުރުބަލީގެ އަލާމާތްތަކާއި، ހަކުރުބަލި ދެނެގަންނާނެ ގޮތްތަކާއި، ހަކުުރުބަލިން ލިބޭ ގެއްލުންތަކަށް އާންމުން ހޭލުންތެރިވެފައި ވީނަމަވެސް ބަލިމީހާ ބައިވެރިވެގެން ފަރުވާ ދެވޭނެ އިންތިޒާމްތައް އިތުރަށް ފުޅާކުރަންޖެހޭ ކަމަށެވެ.

ހަކުރުބަލީގެ ސެންޓަރެއް ޤާއިމް ކުުރުމުގެ އެންމެ މުހިއްމު މަޤްސަދަކީ މިހާރަށްވުރެން ވެސް ބޮޑަށް މީހުން ހޭލުންތެރި ކުރުވުމާއި މި ބަލީގައި ދިމާވާ ތަކުލީފުތައް ވީހާވެސް ބޮޑަށް މީހުންނަށް އިނގޭނެ ގޮތް މެދެވެރި ކޮށްދިނުންކަން އޭނާ ފާހަގަ ކުރެއްވިއެވެ.

މަސައްކަތް ކޮށްފިނަމަ މާލޭގެ އިތުރުން އަތޮޅު ތެރޭގެ ހޮސްޕިޓަލް ތަކާއި ހެލްތް ސެންޓަރު ތަކުގައި ވެސް ވަރަށް ގިނަ ޚިދުމަތްތައް ފުޅާކޮށް ކުރިއަށް ގެންދެވޭނެކަން މި ކޮވިޑް ތެރޭގައި ވެސް ކަށަވަރު ވެގެން ގޮސްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ނަޒީމް ވިދާޅުވީ ކުރިއަށް އޮތްތާނގައިވެސް ގައުމީ ސެންޓަރުން އަތޮޅު ތެރޭގެ ހޮސްޕިޓަލްތަކުގައި ޚިދުމަތްތައް ފުޅާ ކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ހާލަތަށް ރިއާޔަތްކޮށް ޓެލެމެޑިސިން މިހާރުކުރިއަށް ގެންދިޔަ ނަމަވެސް ކުރިއަށް އޮތްތާނގައި ސެންޓަރުތަކަށް ޒިޔާރަތްކޮށް ސްކްރީނިން ޕްރޮގްތާމުތައް ހިންގުމާއި އެންމެ ފަހުގެ ދިރާސާތަކަށް ބަލައި ހުރިހާ އުމުރުފުރާއެއްގެ ހުރިހާ ލެވެލްއެއްގެ މީހުން ތަމްރީން ކުރުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

މީގެ އިތުރުރެން އެލްޖީއޭ މެދުވެރިކޮށް ކައުންސިލްތަކާއި މަޝްވަރާކޮށް ހަކުރުބަލީގެ ޑޭޓާބޭސް އެއް ތައްޔާރުކުުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވިއެވެ. އެ މަސައްކަތް ތިން ނުވަތަ ހަތަރު މަސް ތެރޭގައި ފުރިހަމަ ކުރެވޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

26 ޖެނުއަރީ 2017

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް
24 ޖެނުއަރީ 2017

މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް

24 ޖެނުއަރީ 2017
މުޅި ޤައުމުގައި އޮތީ އަބްދުﷲ ޔާމީންގެ ނުފޫޒް: ފައްޔާޒް
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
20 ޖެނުއަރީ 2017

އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!

20 ޖެނުއަރީ 2017
އެމްޑީޕީ ސަރުކާރުގައި ކަނދުފަތި ތައްޔާރުކޮށް ސެކިއުރިޓީ ބަލަހައްޓަން ދިނުމުގައި ކޮރަޕްޝަނެއް ނެތް!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
09 ޖެނުއަރީ 2017

އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ

09 ޖެނުއަރީ 2017
އޭޕްރީލް 8 ގައި ބާއްވަން އިއުލާން ކޮށްފައި އެވަނީ މުޅިން އާ އިންތިޚާބެއް: އެމްޑީޕީ
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
06 ޖެނުއަރީ 2017

2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ

06 ޖެނުއަރީ 2017
2016 ވަނަ އަހަރަކީ މުޅި ނިޒާމް ހަލާކޮށް، ރައްޔިތުން ނިކަމެތިކޮށްލި އަހަރެއް: އެމްޑިޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް