Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކަވާނީ އިތުރު އިންތިޒާރެއް ކުރަން ޖެހުން

ކަރަންޓީނާ ގުޅިގެން ކަވާނީއަށް އިތުރު އިންތިޒާރެއް

13 އޮކްޓޯބަރު 2020 | އަންގާރަ 17:13

އަންނަ ހޮނިހިރު ދުވަހުގެރޭ ނިއުކާސަލާ ދެކޮޅަށް ޔުނައިޓެޑް ކުޅޭ މެޗުގައި ކަވާނީއަށް ނުކުޅެވޭނެ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އޮކްޓޯބަރު 2020 | އަންގާރަ 17:13
ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ

ދާދި ފަހުން މެންޗެސްޓާ ޔުނައިޓެޑާ ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީ

އިންގްލެންޑުގެ މެންޗެސްޓާގައި ކަރަންޓީނުވާން ޖެހުމުން ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑް ކުޅޭ މެޗުގައި އެ ޓީމާ ދާދި ފަހުން ގުޅުނު އުރުގުއޭގެ ފޯވާޑް އެޑިންސަން ކަވާނީއަށް ނުކުޅެވޭނެކަން ޔަގީންވެއްޖެއެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ޔުނައިޓެޑުން ރަށުން ބޭރުގައި ނިއުކާސަލާ ދެކޮޅަށް ނުކުންނާނީ އަންނަ ހޮނިހިރު ދުވަހުގެރެއެވެ.

ކޮވިޑް-19 އާ ގުޅިގެން އިނގިރޭސިވިލާތުގެ ސަރުކާރުން ކަނޑައަޅާފައިވާ އުސޫލުތަކުގެ ދަށުން 14 ދުވަހުގެ ކަރަންޓީން ކަވާނީ ފުރިހަމަކުރަން ޖެހެއެވެ. ފްރާންސްގައި ހުރުމަށްފަހު އިންގްލެންޑަށް ކަވާނީ ގޮސްފައިވަނީ މި މަހުގެ ފަސްވަނަ ދުވަހުއެވެ. އެހެންކަމުން އޭނާގެ ކަރަންޓީނުގެ މުއްދަތު މިމަހުގެ 19 ވަނަ ދުވަހު ހަމަވާއިރު، އޭނާއަށް ނިއުކާސަލް މެޗުގައި ކުޅުމަށް ޓީމާއެކު ނުދެވޭނެއެވެ.

އުމުރުން 33 އަހަރުގެ ކަވާނީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުން ހަމަވެފައި އޮތުމުން، ޔުނައިޓެޑާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ޔުނައިޓެޑާއެކު އޭނާ ވަނީ އެއް އަހަރުގެ އެއްބަސްވުމެއް ހަދާފައެވެ. އެކަމަކު އެއްބަސްވުމުގެ މުއްދަތު އިތުރު ކުރުމުގެ ފުރުސަތު އޮންނާނެއެވެ.

ކަވާނީ ޔުނައިޓެޑަށް ސޮއިކުރިއިރު، މީގެ ކުރިން މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ލީޑްސް ޔުނައިޓެޑުންވެސް ވަނީ ކަވާނީއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

އިޓަލީގެ ނާޕޮލީން 2013 ވަނަ އަހަރު ޕީއެސްޖީއާ ގުޅުނު ކަވާނީ އެ ކުލަބު ދޫކޮށްލާފައިވާއިރު، އޭނާ ވަނީ ޕީއެސްޖީއާއެކު ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން ޕީއެސްޖީއަށް ކުޅެދިން 301 މެޗުން 200 ލަނޑު ޖަހައިދީފައިވާ ކަވާނީ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ހަ ފަހަރު ހޯދާފައެވެ. އަދި ވަނީ އެ ކުލަބާއެކު ފްރެންޗް ކަޕް ހަތަރު ފަހަރު އަދި ފްރެންޗް ލީގު ކަޕް ފަސް ފަހަރު ކާމިޔާބުކޮށްފައެވެ.

އެންމެ ހިނގާ

1

ރައީސް މުއިއްޒު މޭޔަރުކަމަށް ގެންނަން އަމިއްލަ ގޭގައި ކޯލް ސެންޓަރު ހިންގި ފަޒްލާވެސް ވަޒީފާއިން ވަކިކޮށްފި

2

ރައީސް މުއިއްޒުގެ ކޮއްކޮ ހައްސާން އަށް މަސައްކަތެއް ނުކޮށް އެމްއޭސީއެލްއިން މުސާރަ ދޭތާ 4 މަސް!

3

އާޒިމާގެ ފުރަތަމަ ޓާސްކް ފްލޮޕް!

4

އީރާނުން ދެކުނު ކޮރެއާއަށް އިންޒާރުދީފި

5

އީރާނުން އާ މިސައިލެއް ޓެސްޓުކޮށް އެމެރިކާއަށް "ސާފު އިންޒާރެއް" ދީފި

އިތުރަށް ކިޔާލަން

04 މާރިޗު 2017

ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު

04 މާރިޗު 2017
ސެންޓްރަލް ޒޯން ވޮލީ މުބާރާތުގައި ރާއްޖެއާއެކު އިތުރު ތިން ގައުމު
23 ފެބުރުއަރީ 2017

ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް

23 ފެބުރުއަރީ 2017
ސްޕެނިޝް ލީގު: ވެލެންސިއާ އަތުން ބަލިވެ ރެއާލް އަށް އިތުރު ހުރަހެއް
10 ފެބުރުއަރީ 2017

ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ

10 ފެބުރުއަރީ 2017
ވޯލްޑްކަޕްގައި ޔޫރަޕްގެ ގައުމުތަކަށް ޖާގަ އިތުރުކުރަން އެދެނީ
06 ފެބުރުއަރީ 2017

މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި

06 ފެބުރުއަރީ 2017
މިނިވަން ޗެމްޕިއަންޝިޕުގައި ބައިވެރިވުމަށް އިތުރު ހަ ރަށަކަށް ފުރުސަތު ދީފި
03 ފެބުރުއަރީ 2017

ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި

03 ފެބުރުއަރީ 2017
ނިއުރޭޑިއަންޓަށް އިތުރު ބިދޭސީ ޑިފެންޑަރެއް ގެނެސްފި
28 ޖެނުއަރީ 2017

އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް

28 ޖެނުއަރީ 2017
އިތުރު 30 ވޮލީކޯޓް އަޅަންވަނީ ނިންމާފައި: އިރުތިޝާމް
18 ޖެނުއަރީ 2017

ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް

18 ޖެނުއަރީ 2017
ކޮޕާ އިޓަލިއާ: އިތުރު ވަގުތު ކުޅެގެން ބޮލޯނިއާ އަތުން ސަލާމަތްވެ އިންޓަ ކުއާޓާ އަށް
17 ޖެނުއަރީ 2017

މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް

17 ޖެނުއަރީ 2017
މޯލްޑިވްސް ފުޓްބޯލް އެވޯޑް އަންނަ އަހަރު އިތުރުވާނެ: ބައްސާމް
14 ޖެނުއަރީ 2017

ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

14 ޖެނުއަރީ 2017
ސާއިދު އިތުރު ތަމްރީނަށް ޖެމެއިކާއަށް ފުރަނީ
10 ޖެނުއަރީ 2017

ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި

10 ޖެނުއަރީ 2017
ވޯލްޑް ކަޕުން އޭޝިޔާ އަށް އިތުރު ޖާގަތަކެއް ދީފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް